ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން، އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް މިއަދު ފަށަން ތައްޔާރުވެއްޖެއެވެ.

ހަނިމާދޫން ކޮޗިން އަށް ދެކޮޅު ޓިކެޓު އުޅެނީ 199 ޑޮލަރަށެވެ. މާލެ އާއި ކޮޗިންއާ ދެމެދުގެ ޓިކެޓް އަގަކީ ދެކޮޅަށް 150 ޑޮލަރެވެ.

މޯލްޑިވިއަން އިން ބުނީ ކޮޗިންއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމާފައިވަނީ ބޭސްފަރުވާއަށް ދާ މީހުންނަށާއި އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއައުމަށް ފަސޭހަ ފުރުސަތުތަކެއް ހޯދައިދިނުމަށް ކަމަށެވެ.

އެ އެއާލައިނުން މައުލޫމާތުދިންގޮތުގައި، ހަނިމާދޫ-ކޮޗިން އާއި މާލެ-ކޮޗިން އާ ދެމެދު ކޮންމެ ހަފްތާއަކު ތިން ދަތުރު ކުރާނެއެވެ.

ކޮޗިން އަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ގޮސް އުޅޭ އިންޑިއާގެ ސިޓީއެކެވެ.

ހަނިމާދޫ - ކޮޗިންއާ ދެމެދު މޯލްޑިވިއަންގެ ދަތުރު ފެށިިއިރު، އެ އެއާލައިނުން ދަނީ ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރު ކުރަމުންނެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު މަންޒިލްތަކަށް ދަތުރު ކުރުމަށް ތައްޔާރުވަމުން އަންނައިރު، އެ މަސައްކަތުގެ ތެރެއިން އެ އެއާލައިނުން އޭ 330 މަރުކާރުގެ ދެ ބޯޓު ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮތަރު

    ކޮޗިންއާއި ހަނިމާދޫއާއި ދެމެދު ފްލައިޓްގައި ހޭދަވާ ވަގުތު ލިޔެލިނަމަ......

  2. ސާރާ

    އެގުހެޔޮ ކުރަންވީ މާލެއާ ޓްރިވެންޑްރަމްއާ ދެމެދުގެ ދަތުރުތައް، ދިވެހިން އަދިވެސް ގިނައިން ގޮސް އުޅެނީ އެ އަވަށަށްކަމަށް ވާތީ