އިންސާނީ މުޖުތަމައެއްގެ، އިންސާނުން ދިރިއުޅޭ ވަޠަނެއްގެ، އެނަޞްލެއްގެ މައިބަދައަކީ ޒުވާނުންކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އއ.މަތިވެރީގައި ނިމުނު މިއަހަރުގެ ހަތަރު ވަނަ ޒުވާން ލީޑަރުންގެ ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި އއ.އަތޮޅުގެ ޒުވާނުންނާ މުހާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ވިދާޅުވީ މުޖުތަމައުއެއް ކޮޅަށް ތެދުވާނީ، އެޤައުމެއް ކުރިއަށްދާނީ ޒުވާނުންގެ މައިބަދަ ނުވަތަ ބެކްބޯންގައި ވަރުހުރި ވަރަކުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިސަބަބަށްޓަކައި ހަޤީޤަތުގައިވެސް އިންސާނީ މުޖުތަމައެއްގެ ކުރިމަގު ބައްޓަންކުރާނީ، ކުރިމަގު ދައްކުވައިދޭނީ ކުރިމަގު ބަލާނެ ދުރިމިއަކަށް، ލޯގަނޑަކަށް ވާނީ އަބަދުވެސް އެވަގުތެއްގައި އެމުޖުތަމައުއެއްގައި ތިބޭ ޒުވާނުންގެ ހާލަތުކަމަށެވެ. އެމުޖުތަމައުއެއްގެ ޒުވާނުން ތިބިގޮތް ފެނުމުން އެމުޖުތަމައުއެއްގެ ކުރިމަގު އިނގޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިސަބަބަށްޓަކައި ހަޤީޤަތުގައިވެސް މުޖުތަމައުއެއްގެ ކުރިމަގު އުފާވެރި، އުޖާލާ، ފާގަތި، ހިތްހަމަޖެހޭ މުޖުތަމައުއަކަށްވާނީ އެމުޖުތަމައުގެ ޒުވާނުންގެ ދުޅަހެޔޮކަމާ ޢިލްމީ ޤާބިލްކަމާ، އެމީހުންގެ ހުނަރާ ފަންނުގެ ނަތީޖާއެއްގެ މައްޗަށް. އެހެންކަމުން އަޅުގަނޑުމެންގެ މިމުޖުތަމައުގެ ޒުވާނުންގެ ދުޅަހެޔޮކަމާ ފަންނާ ހުނަރު އިތުރުކޮށްދިނުން އެއީ މާދަމާ މިޤައުމުގެ މުސްތަޤްބަލް އުޖާލާކުރަން ބޭނުންނަމަ އަޅުގަނޑުމެން އެންމެ ކުރަންޖެހޭކަމެއް. މާދަމާ އަޅުގަނޑުމެން އުފާވެރިވާން ބޭނުންނަމަ، ހިތްހަމަޖެހިގެން އުޅެން ބޭނުންވާނަމަ އަޅުގަނޑުމެން މުޖުތަމައުގައި ތަނަވަސްކަމާ ތިޔާގިކަން އޮންނަން ބޭނުންނަމަ އަޅުގަނޑުމެން އެކަން ފުރަތަމަ ފަށަން ޖެހެނީ އަޅުގަނޑުމެންގެ ޒުވާނުންގެ ކިބައިން" މިނިސްޓަރ ވިދާޅުވިއެވެ.

ފޯރަމްގެ ބައިވެރިންނާ މުހާޠަބުކުރައްވާ މިނިސްޓަރ ވިދާޅުވީ ޒުވާނުންނަކީ މާދަމާ ޒުވާނުންނާ ހަމައަށް އަންނަންތިބި ތުއްތު ކުދިން ބަލާބޮޑުކޮށް އެކުދިންނަށް މިސާލުދައްކައިގެން ގެންނަންތިބި ޒުވާނުންކަމަށެވެ. ފޯރަމްގައި ހޭދަކުރި ވަގުތުތަކަކީ އެކަމަށް، ޤައުމުގެ މުސްތަޤްބަލަށް ހޭދަކުރި އަގުހުރި ވަގުތުތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަދު އިސްކޮށްތިބި މީހުން ރާވާ ހިންގާ ކަންކަން ތަންފީޒުކުރަންތިބީވެސް ޒުވާނުންކަމަށް ޒުވާނުންނާ މުހާޠަބުކުރައްވާ މިނިސްޓަރ ވިދާޅުވިއެވެ.

އިސްރަށްވެހީންނަށް އަޅާލާ އޯގާވެރިވެ، ހީވާގިކަމާއެކު މަސައްކަތްކުރަން ތިބީވެސް ޒުވާނުންކަމަށް ހަނދާކޮށްދެއްވާ މިނިސްޓަރ ވިދާޅުވީ ޤައުމުގެ އުފާވެރިކަމާ ހަމަޖެހުން ބިނާވާނީ ޒުވާނުންގެ ހަރުދަނާކަމުގެ މައްޗަށްކަމަށެވެ.މިޤައުމު މާދަމާ އެހެން މަރުހަލާއަކަށް ގެންދެވޭނީ ޒުވާނުންގެ ކިބައިގައި ހިތްވަރު ހުރެގެންކަމަށްވެސް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ. އެމަސައްކަތުގައި ޒުވާނުންނަށް އެހީތެރިވުމަށް ސަރުކާރުން ކޮށްދެވެން ހުރި ހުރިހާކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް މިނިސްޓަރ ދެއްވިއެވެ.

އިސްލާމީ ތާރީޚުންނާއި، ރާއްޖޭގެ ތާރީޚުން މިސާލު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދަތި އުނދަގޫ ވަގުތުތަކުގައި ސަލާމަތްކޮށްދެނީ ވެސް ޒުވާނުންކަމަށެވެ.

އއ.މަތިވެރީގައި ބޭއްވި ފޯރަމްގައި 80 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވިއެވެ. ތިން ދުވަހަށް ކުރިއަށްގެންދިޔަ ފޯރަމްގައި ތަފާތު އަށް ދާއިރާތަކުން ފަންނީ އަދި ޓެކްނިކަލް ބޭފުޅުން ސެޝަންތައް ނަންގަވައިދެއްވިއެވެ. ފޯރަމްގައި ބައިވެރިވީ މަތިވެރި، ރަސްދޫ، ތޮއްޑޫ، އުކުޅަސް، ބޮޑުފޮޅުދޫ، މާޅޮސް، ހިމަންދޫ އަދި ފެރިދޫންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    ދައްޖާލު ވަންހާގެ މީހުންނަކީ، އަމިއްލަ ނަފުސާ ޖާހަށްޓަކައި، ތިމާގެ ދީން ވިއްކާލާ ﷲ އަށް އުރެދޭ މީހުން.

    44
    • ޙައްޤު

      ދައްޖާލަށް ވުރެއްވެސް މިމީހުންގެ ފިތުނަ ބޮޑުކަމަށްވޭ..
      ރަސޫލް(ސ.އ.ވ) ހަދީޘްކުރައްވާފައިވަނީ ދައްޖާލުގެ ފިތުނައަށްވުރެއް އެކަލޭގެފާނު ބިރުފުޅު ވަޑައިގަންނަވާކަމަށް މީހުން މަގުފުރައްދާ އިމާމުންގެ ފިތުނައަށް..

      17
  2. ޒާލް

    މިއާދަމުގެ ދަރިޔާއަކީ ހަޔާތެއްވެސް ހުރި އިންސާނެއް ނޫނޭ ދޯ؟ ﷲ އަށް ބިރެއް ނެތްތާނގަ ލަދެއް ހަޔާތެއްވެސް ހުރި ނަމަ ރަނގަޅު.

    47
  3. Anonymous

    ބަލަ މިހިރަ އިމްރާން ކަލޭއަކައް މިއަދު ހަމަ އެމް ޑީ އެން ރިޕޯޓާއި ބެހޭ ގޮތުން ހަމަ އެއްވެސް އެއްޗެއް ބުނަން ނުކެރިގެން ތިއުޅެނީ މިލާދީނީ ސަރުކާރުން ކަލޭ ބްލެކްމެއިލް ކުރަނީ ތަ. ނޫނީ ހަމަ މަދު ލާރިކޮޅަކާއި މަގާމައް ދީނާއި ގައުމުވެސް ވިއްކާލިތި.

    46
    • ޤާދިރު

      އެއްޗެކޭ ނުބުނެވޭނެދޯ އެހުރީ ބްލެކްމެއިލް ކޮއްފަ ވިއްޔަ

  4. އޭނަ

    އެމްޑީއެން އޭ ކިޔައިގެން އެއްޗެކޭ ބުނަން ނުކެރުނު ދޯ؟ ހަމަ ވަޒީފާއަށް ދަހި ބޮޑީ!

    47
  5. ރޯނު އެދުރު

    ޑަބަލް ޓޭޕް. ކަލޯ ކިތައް އަގައިން ވާހަކަ ދައްކަނީ މަގާމެއްބޭނުންވިޔަސް ތީ ބޮޑުވަރު

    41
  6. އިމްނާ ޓްރޭޑް

    ނޫނޭ ކަލޭ ކުރި މަގު ބަލާލޯގަނޑަކީ މަގާ މާ ފައިސާ.

    37
  7. މިއަނދުހާ

    ގާނޫނު އޮތީވަކިބަޔަކައްތަ!
    އިސްލާމްދީން ހިމާޔައްކުރަން ސިފައިންނާ/ފުލުހުން ނުޖެހެނީތަ!
    ހެޔޮކަންތަައްތަކައް އަމުރުކޮއް/ނުބައިކަންތައްތައް މަނާކުރުމައް/ހެއްދެވިފަރާތުން އަމުރުއާސްފަ ނުވޭތަ!
    މަރުހަނދާން ނުވަނީތަ!
    އިސްލާމްދީންނޫން ދީންތަކަށް މިލޮބުވެތިފަސްގަޑުން އެއްވެސް ޖާގައެއްނުދިނުމައް ފުލުހުންނާއި/ސިފައިންނަށް ގޮވާލަން.
    ދީނައްޓަކައި ގައޮމައްޓަކައި ކެރިގެންޖިހާދުކުރާނަމޭ ފާޅާއިސިއްރާއެއްގޮތައް ހުރިހާކަމެއް ގެންދާނަމޭ
    އަންނާނެތީދެންއުންޑަ ފެނިގެންއަމާޒުވެގެންމެޔައް ގަންނާކުރެއްވިބިރުންފިލަން ދާމީހަކައްމަނުވާނަމޭ.

    25
    1
  8. އިބުލީސް

    އެހެންވެދޯ ޒުވާނުން ހައްޔަރު ކުރަނީ! ލާދީނީ މީހުން ކުޅި ސަމާޖަހަން ދޫކޮށްލާފަ! ނިކަމެތި ޒުވާނުން ހައްޔަރުގަ!

    26
  9. މާރި

    ޒުވާނުން ހަލާކު ކުރި ލާދީނީ ޝައިތާނުން ނަށް ބައިއަތު ހިފައިގެންހުރެ ރައްޔިތުން ލައްވާ ޝޭޚު ކިއުއްވަން ކޮބައިތޯ ލަދު!

    17
  10. ކަނބާ

    އެހެންވެގެން މިމީހުން ބޭނުންވަނީ ޒުވާންޖީލު މަގުފުރައްދާލާށެވެ. މިކަމަށް އެންމެން ހޭއަރައި، މަސައްކަތް ނުކޮށްފިއްޔާ މިޤައުމުގެ މުސްތަޤްބަލް ވަރަށް ބޮޑަށް އަނދިރި ވާނެއެވެ.

    13
    1
  11. ބިރުގަންނާކަށް ނުޖެހޭ

    ކިތައްމެ އާރާ ބާރާ އޮތަސް ހަމަ މަރުވީވަ ދާނީ ފަސްގަނޑު ދަށަށް.

    14
  12. ސަމީ

    ކޮން މޫނެއްގެ ވާހަކަ ދައްކާކަށް ތިޔަ އުޅެނީ، ފުރަތަމަ އެމް ޑީ އެން ގެ ކަންތަށް ނިންމާ ، ދެން އެހެން ވާހަކަ އެއް ދައްކާނީ ، ތިހާ އަމިއްލަ އެދުން ބޮޑުވާކަށް ނުވާނެ