ޕީޕީއެމް އިން އެޕާޓީގެ އޮފީސް ކުރިމަތީގައި އެއްވުން ބޭއްވުން ފުލުހުން މަނާކޮށް، ޕީޕީއެމް އޮފީސް ދޮރުމަތީގައި އިއްޔެ ޓޭޕް ދެމި ނަމަވެސް ރޭ ވެރިކަން ކުރާ އެމްޑީޕީގެ ހަރުގެ ކައިރީ މަގުމަތި ބޭނުން ކުރުމުގެ ފުރުސަތު އެޕާޓީގެ މެންބަރުންނަށް ދިނުމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާޢު އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެމްޑީޕީ ހަރުގެ ކުރިމަތީގައި ރޭ ތިބި މީހުންނާއި އެސަރަހައްދުގައި ހުރި ސައިކަލްތަކެއްގެ ފޮޓޯތަކަކާއި އެކު ޝުޖާޢު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މިއީ އެމްޑީޕީގެ ޖަގަހަ ބޭރު. ޕާކް ކުރުމަށް ހަމަ އޯކޭ ކަމަށް ވަނީ. ޓޭޕް ވެސް ނުދަމާ. އެހެންވީމާ ޕީޕީއެމް އަށް ވެސް އޯކޭ ވާނެ. ހުއްދަ ވާނެ. ވަކަރުގޭ ޤާނޫނު ދޫކޮށްލާ." ޝުޖާޢު ވިދާޅުވިއެވެ.

ގާނޫނާ ހިލާފަށް އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށާއި ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން އިއްޔެ ވަނީ ވިދާޅުވެފައެވެ.

ގާނޫނާ އެއްގޮތަށް ސުލްހަވެރިކަމާއެކު ބާއްވާ އެއްވުންތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި އެފަދަ އެއްވުންތައް އޮންނަ ސަރަހައްދެއްގެ މަގުތަކާ އެނޫން ވެސް ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން އިސްކަންދޭ ކަމަށް ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.

އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް އެއްވުން މަނާ ސަރަހައްދުތަކަށް އެއްވުމާއި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމާއި އުޅަނދުފަހަރުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ހިނގާލުމާއި އުޅަނދުބުރު ބޭއްވުންފަދަ ކަންކަން އިންތިޒާމްކޮށްގެން ބާއްވަމުންދާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިހެން ވިދާޅުވެފައި ވާއިރު އެމްޑީއެން އާއި ދެކޮޅަށް ސައިކަލް ބުރެއް ބާއްވަން ގޮވާލަމުން ދިޔަ ޕިކަޕެއް މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން ފުލުހުން ވަނީ ހުއްޓުވާފައެވެ. އަދި ޕީޕީއެމްގެ މަޖިލިސް މެންބަރުން މުލީއާގެ ކައިރީގައި ބާއްވަން އުޅުނު ނޫސްވެރިންގެ ބައްދަލުވުމަކަށް ފުލުހުން ވަނީ މިދިޔަ ހަފްތާގައި ހުރަސް އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. މިގޭ

  ގުދޯގުދޯ ގުދޯގުދޯ ކިހާތާހިރު . މަގުމަތި ބޭނުން ނުކުރާއެންމެ ދުވަހެއްވެސް އެމް.ޑީ.ޕީއިން ނޯންނާނެ. މިސަރުކާރު އައިފަހުން މީހަކަށް ހަމަލާދީގެން ހައްޔަރު ކުރި ސޮރު ދޫކޮށްލަން އެއްވޫން މބޭއްވީ 15 ދުވަސްވެސް ނުވަނީސް. ގުދޯ ގުދޯ ނުގޮވާ ލަދުންބޯހަލާކު. ލާދީނީވާނީ ހަމަ ލާދީނީއަށް.

  37
  2
 2. ހައްދުންމަތި

  މިއޮތީ ހައްދުންމައްޗައްގޮއްސަ އެމްޑީޕީވިއްޔަ އެއީޤާނޫނަކީ ޤަވާޢިދަކީ މިލާދީނީބައިގަނޑުތަ އަބަދުވެސްތިބޭނީ ޤާނޫނާ ޤަވާޢިދައްވުރެމަތީގަ މީމިޤައުމައްޖެހިފައޮތްމުސީބާތެއް #އެމްޑީއެންއުވާލާ

  15
  • އަހްމަދު

   މިމީހުން ގާނޫނާ ގަވާއިދަށްވުރެ މަތިވަނީކީނޫން. ފުލުހުން ގާނޫނާ ގަވާއިދަށްވުރެ މަތީގައި ތިބީ. އެހެންވެ އެމްޑީޕީ މީހުން ނަށް ހުރަސް އަޅަންނުކުރެނީ. ފުލުހުން ގާނޫނާ ގަވާއިދުގައި ތިބިނަމަ ތިތަނަކަށް އެއްނުވެވޭނެ.

 3. ހުސައިން

  ޕީޕީއެމް ގެ ވެރިކަމުގައި އެމްޑީޕީ އިން ކުރި ކަހަލަގެ ސަކުވާ އެއް އޭރު އޯކޭ ދޮ ވަކަރުގެ ގާނޫން

  2
  12
 4. ތަހުތު

  ވަގުތުކުދީންކޮޅުނޫނީނެތޭތިވަރުވެސް ސޯބެސަރުކާރު ކުރާގޯސްކަންތެކުވާހަކަދައްކާލާބަޔަކުވެސް( ސުކުރީތްޔާވަގުތުކުދީންނައް)

  11
 5. އައި

  ލާދީނީ ސަރުކާރު.އަބުރަހާ ސަރުކާރު.ފިރުއައުނު ސަރުކާރު،،،

  14
 6. އެކަމަކުދޯ

  މިއީ އަނިޔާވެރިސަރުކާރަކީ މިއީ ބޭއިންސާފު ސަރުކާރު މިއީ ދޮގުހަދާ ސަރުކާރު މިއީ ވައު ނުފެއްދޭ ސަރުކާރުމިއީ ކޮރޮޕްޓް ސަރުކާރު މިއީ އަމިއްލަޕާޓީއައް ހުރިހާމަންފާ އެހެންމީހުނައް ގެއްލުންދޭ ސަރުކާރު އެންޑީޕީ..

  17
 7. އަލްޖިބްރާ

  ޔާމީނުގެ ވެރިކަމުގައި އެމް.ޑީ.ޕީ ގެ އެއްވުންތަށް ތަޅާ ރޯނާގަންނަވާލި ގޮތް ހަދާން އެބަހުރިތަ ؟ މިހާރު މިއީ ޔާމީނުގެ ވެރިކަމެއް ނޫން ! ހަމަ މިނެދިން ނާޅިން މިނެދޭނަން !

  2
  14
 8. އެމް

  އެމްޑީއެން ކީއްކުރަންތޯ އެމްޑީޕީވެސް އުވާލާ. 100% އެއީވެސް ލާދީނީ ބައިގަޑެއް