އަންނަ އަހަރު މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުންނަ ސަރުކާރު ސްކޫލްތަކަށް އަލަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކަށް، 2020 ވަނަ އަހަރުމާލެ، ހުޅުމާލެ، ވިލިމާލޭގެ ސަރުކާރު ސްކޫތަކަށް ދަރިވަރުން ވައްދަން އެދޭފޯމް ދޫކުރަން ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ ސްކޫލްތަކަށް އަލަށް ކުދިން ވެއްދުމަށް ދޫކުރާ ފޯމް މިއަދުން ފެށިގެން އެޑިއުކޭޝަން މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެ ކަމަށް އިއުލާނުގައި ވެއެވެ.
ފޯމު ފުރިހަމަ ކުރައްވާ މިމިނިސްޓްރީއަށް ހުށަހަޅުއްވާއިރު ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެޑިއުކޭޝަން މިނިސްޓްރީން އެދެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންނަ އަހަރު މާލޭގެ ސްކޫލްތަކަށް ދަރިވަރުން ވެއްދުމުގައި އަމަލު ކުރާނެ އުސޫލެއް މިހާރު އެކުލަވާލާފައެވެ. އެއުސޫލު ބުނާ ގޮތުން ސްކޫލްތަކަށް ކުދިން ވެއްދުމުގައި ސްކޫލް ހުންނަ ސަރަހައްދުގައި ދިރިއުޅޭ މާލޭ ރަށްވެހި ދަރިވަރުންނަށް އިސްކަން ދޭނެއެވެ.
މާލޭގެ ސްކޫލްތަކަށް ދަރިވަރުން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލު ކުރުމަށް އެކުލަވާލި އުސޫލުގެ ދަށުން އެސްކޫލް ހިމެނޭ ސަރަހައްދަކުން ވީހާވެސް ގިނަ ދަރިވަރުންނަށް ޖާގަ ދެވޭނެ ކަމަށެވެ.
"މިއުސޫލުގެ ތެރެއިން އެކުއްޖަކު ދިރިއުޅޭ ސަރަހައްދުގައި ހިމެނޭ ސްކޫލަކުން ޖާގަ ކަށަވަރު ކުރުމުގެ ފުރުސަތު ގިނަ ކުދިންނަށް ކަށަވަރުވެގެން ދާނެ." އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ސްކޫލްތަކަށް ކުދިން ވެއްދުމުގައި ސްކޫލް ހުންނަ ސަރަހައްދުގައި ދިރިއުޅޭ މާލޭ ރަށްވެހި ދަރިވަރުންނަށް އިސްކަން ދޭން ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
މާލޭ މީހުން ފޯމު ލާ ނިމުނީމަ އަންގާލަދެއްޗޭ. އޭގެ ކުރިން ދެވަނަ ދަރަޖައިގެ ދިވެހިންނަށް ނުލެވޭނެނު ފޯމު.
ހަމަހަމަކަން ގެއްލި ތަފާތު ކުރުން ބޮޑުވެ ޤައުމުގަ ހަމަނުޖެހުން އިތުރުވެ މިބާވަތުގެ ކިޔަންޖެހެނީ ވަބާޓޮލަރެންސް