ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞޯލިހު އެންމެ ބޮޑަށް އިސްކުރައްވަން ޖެހެނީ ދީން ރައްކާތެރިކުރެއްވުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުން ކަމަށް ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް، މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

ޖަމީލް މިގޮތަށް ވިދާޅުވީ މިއަދު އޭނާ ކުރެއްވި ޓުވީޓެއްގައެވެ. ޖަމީލް ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ދީނަށް ފުރައްސާރަ ކުރުން ކަމަށެވެ.

ޖަމީލް ވިދާޅުވީ، ރައީސް ޞޯލިހު އިސްކަންދޭންވީ ރާއްޖޭގެ ޢިލްމުވެރިންނާއި ކައުންސިލްތަކަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި، ދީން ރައްކާތެރިކުރުމަށް ކަމަށެވެ.

"ދީނާއި ގައުމީ ސަލާމަތާއި ވަކި ނުކުރެވޭނެ". ޖަމީލު ވިދާޅުވިއެވެ.

ބެލެވޭ ގޮތުން ޖަމީލްގެ ޓުވީޓު ބޮޑަށް އަމާޒުކޮށްފައިވަނީ މޯލްޑިވިއަން ޑިމޮކްރެސީ ނެޓުވޯކް، އެމްޑީއެންގެ "ލާދީނީ" ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާ އަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް އެޅިގެން ނުދާތީ، އެކަމުގައި އެ މަނިކުފާނުގެ ހިތުގައި ސަރުކާރާ މެދު ހުރި އުދާސްތައް ބޭރުކުރުމުގެ ގޮތުންނެވެ.

ދިވެހިރާއްޖޭގައި ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ކަމަށް ބުނެ މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ އެމްޑީއެން އިން އިސްލާމްދީނަށާއި، ރަސޫލާއަށް ކުޑައިމީސްކޮށްފަ ނެރެފައިވާ ރިޕޯޓެއް ތިލަވުމާއެކު، ދިވެހި ރައްޔިތުންނާއި، ދީނީ ޢިލްމުވެރިންގެ ކަންބޮޑުވުންތައް އިންތިހާއަށްވަނީ ގޮސްފައެވެ.

އަދި ސަރުކާރުގެ ފަރާތުން އޮތީ މިހާރު އެ ޖަމިއްޔާ "ސަސްޕެންޑު" ކޮށްފައެވެ. ނަމަވެސް އެ ޖަމިއްޔާއަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭކަމަށް ބުނެ، ގިނަބަޔަކު ދަނީ އަޑު އުފުލަމުންނެވެ. އެ ޖަމިއްޔާއާ ގުޅޭ މައްސަލަތައް މިހާރު ދިވެހި ފުލުހުންނާއި ކަމާބެހޭ މުއައްސަސާތަކުން ތަހުގީގު ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަލިބެ

    އިބޫ ސޯލިޙް؟؟؟ އިބޫއަކަށް ނުކެރޭނެ އެއަށްވުރެ އެސޮރު މާ ބިރުގަންނާނެ އަންނި ދެކެ

    17
  2. ލަކީ

    ޙެހެ ޖަމީލޫ

    1
    7
  3. Juhaa

    އަންނިއަށް ތަބާވެގެން އުޅޭ މީހަކު އިސްލާމް ދީނަކަށް ފަރުވާލެއް ނުހުންނާނެ.

    12
  4. ޑަސްބިން

    ތިޔައިގެ ފެންވަރު އެގިއްޖެ، ޗަސްބެއް ނެތް،

    4
    5
  5. އަލްޖިބްރާ

    ޔާމީނުގެ ތައްޕާހުގަ ހުރިއިރު ކަލޭ ދިފާއު ކުރީ އިސްލާމް ދީން ތަ ؟ ނުވަތަ ޔާމީނުތަ ؟ ކަލޭގެ ލަދު ކޮބާ ؟އެހެންމީހުންގެ ނުކުޅެދުންތެރިކަން ފާހަގަ ކުރުމަށްވުރެ ތިމާ އިސްލާހު ވިއްޔާ މާރަގަޅު ވާނެ !

    3
    13
  6. Anonymous

    ނިއްކުރި ހިފައިން ރަށަށްދޭ

  7. ޝަފާއު

    އިބޫއަކީ މިއަދު ނައާމް ސޫއްޕަކީ ތަފާތެއް ނެތް.. ދީނުގެ ދިފާއުގައި ކަމެއް ކުރަން ނުކެރުނު ރައީސަކީ ކުނިގަނޑެއް.. އަވަހައް އިސްތިއުފާދީފަ ގެޔައް ދޭ.. މީނާމީ ރައީސޭ ބުނަން އަހަރެމެން ލަދުގަނޭ..

    3
    1
  8. Anonymous

    ކޮއްބަލަ