ރާއްޖޭގެ މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަކަމަށްވާ އެމްއެމްޕީއާރުސީގެ މައްސަލައިގައި ތުހުމަތު ކުރެވޭ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަންތައް ހާމަކުރައްވުމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ނަޝީދު މިގޮތަށް އެދިވަޑައިގަތީ ދާދި ފަހުން ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާއާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްވަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހިޔާނަތާއި ގުޅޭ މައުލޫމާތު ހާމަ ކުރައްވަމުން، މިހާރުގެ މަޖިލީހުގެ ބައެއް މެންބަރުންނަށްވެސް ފައިސާ ލިބުނު ކަމަށް ވިދާޅުވުމުންނެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި، ހާމަކުރެއްވިގޮތުގައި، 18 ވަނަ ރައްޔިތުން މަޖިލީހުގެ 44 މެމްބަރަކާއި މިހާރުގެ މަޖިލީހުގައި ހިމެނިވަޑާއިގަންނަވާ 16 މެމްބަރަކަށްވެސް އެ ފައިސާ ލިބިފައި ވެއެވެ.

މިއަދު މަޖިލީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ މިއަދު ވިދާޅުވީ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރެވޭ މެންބަރުންގެ ނަންތައް މަޖިލީހާ ހިއްސާކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމައި މަޖިލީހުގެ އަމީން އާއްމު ވާހަކަދައްކަވަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ނިއުޝާ ވިދާޅުވީ މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހެއް ކަމަށާއި މި މަޖިލީހުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށް މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ މެންބަރުން އަދި އަދި މަޖިލީހުގެ އިދާރާ އިން ގަދައަޅާ މަސައްކަތް ކުރަމުންދާ ސަރުކާރެއް ކަމަށެވެ.

"އެ ވާހަކަ ތަހުގީގީ އިދާރާތަކުން ވަނީ ހާމަކޮށްފަ އެހެންކަމުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރި ވެފަިއވާ ކަމަށް ތުހުމަތު ކުރެވޭ، މަޖިލީހުގެ މެންބަރުންގެ ނަންތައް ކަމާގުޅޭ އިދާރާތަކުން ރައްޔިތުންގެ މަޖިލީހަށް އަންގަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދިވަޑައިގަންނަވާ،" ނިއުޝާ ވިދާޅުވިއެވެ.

މި ހިޔާނާތުގެ މައްސަލާގައި ރައްޔިތުން މަޖްލީހުގެ މެންބަރުންނާއި ސަރުކާރުގެ ވަޒީރުންގެ އިތުރުން ކޯޓު ތަކުގެ ފަނޑިޔާރުންގެ ޝާމިލު ވެފައި ވާކަމަށް މާލިއްޔަތު ކޮމިޓީގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ތިނަދޫ ކައުންސިލް

  ރައީސް ނަޝީދުގެ ހިތްވަރަށް އައްސަރިބަހާ ސާބަސް. އަޅުގަނޑުމެން މިތިބީ މަނިކުފާނުގެ ފަހަތުގަ މަނިކުފާނޭ ލާދީނީއޭ ކިޔައިގެން ބަޔަކު ދައްކާހާވާހަކައެއް އަޅުގަނޑުމެން އަޑެއް ނާހާނަން. މަނިކުފާނު ކޮންމެކަމެއްވެސް ކުރައްވާނީ ރަގަނޅަށް މުޅި އެމްޑީޕީ ތިނަދޫ އަންނިއާއެކު. ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް.

  5
  58
  • ހަނީފް

   އަހަރެމެނައް އެނގޭ ރަސޫލާއަށްވުރެ އިސްލާމް ދީނައްވުރެ ކަލެއަށަ އަންނި މުހިންމުވާނެކަން. މަރުވީމަ ކަލޭގެ ޝަފާއަތައް އެދިގެން އަންނިއެއް ނުދާނެ.

   9
   3
   • ދދދދދދ

    އާޚިރަތަށް އީމާންވަނީ މުސްލިމުންނެއްނު. އެސޮރު ގާތަށް އަންނާނީ ހިނި މިހާރު. ހޭރޭނީ މަރުވީމަ.

    3
    1
  • މަ ޅިފަތި

   މލާރިން ވައްކަން ކުރުމަށްވުރެ ނުބާކަން ބޮޑީ ﷲ ރަސޫލާ އިސްލާ މްދީނަށް ފުރައއސާރަކުރުން މިކަމަކީ ދެދުނިޔޭން ގެއްލުން ވަށް ކަން ކުރީ މަ އެކަމަށް ލިބެންޖެހޭ އަޒާބް ލިބޭނީ. އެ މްއެންޕީ އާރުސީ އޭ މިކިޔަނީ އެމް އެންޑީ އެންގެ އަޑުކަޑުވާލަންހެޔޮ ވައްކަންކުރިޔަސް ދެނެއް ގުބޯ.ނެހެއްދޭނެ ނަސީދު އަޑީގަ ހުރެގެން އެ މް އެންޑީ އެންގެ ރިޕޯޓް އޮއއބާލަން މިކަލޭގެ ޖަހާ މަޅި މީ

   8
   1
 2. ދިރާސާ

  އެންމެ ފުރަތަމަވެސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ނަން އެލިސްޓްގަ ހިމަނަންޖެހެނެ މަށަށް އެނގޭ އަދީބު އެފައިސާ އިބުރާހީމް މުޙައްމަދު ޞާލިޙަށް ދިންކަން

  33
  2
 3. މޮޔަބެ

  ބަލަ ޓިޕެކްސް ޖެހިނަމެއްވޭތޯ؛ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށް ބަދަލް ގެނައުމަށް 18 ވަނަ ރައްޔިތުންގެ މަޖްލިސް މެންބަރުން ވޯޓް ދެއްވި އިރު އެމްޑީޕީފެ މެންބަރުންގެ ތެރެއިން ސާފްކަމަށް ބުނަނީ އީވ އާއި އިނތ އެވެ. އެހެންވީމަ އަދީބް އަތުންއތަށް ދިނީ ސޯލިހު ކިޔާ ބޭފުޅަކު އަތަށޯ ކިޔާ... މިކަންބަލާވެސް ފިޔަވަޅު އެޅޭތޯ ބަލަންޖެހޭތާ.....

  26
  1
 4. މުގޫ

  ކޮނމެހެން އެ މްއެންޕީ.އާރުސީ އޭކިޔާފަ އެ މްޑީ އެންގެ ރިޕޯޓް ފޯކަސްގެއްލުވާލން ނޫޅޭ އެމްއެންޕީއާރުސީޔޭކިޔާގެން ރައްޔިތުންގެ ބޮލަށް ޗިޕްޖަހާގެން ވާވައްދާގެން ވެރިކަން ފޭރިގަތީ މަޖްލިސް އިންތިހާބް ފޭރިގަތީ ވައްކައްކަ މާ ހިޔާނާތަށްވުރެ މާބޮޑް ކަ މެއް ﷲއާރަސޫލާ އިސްލާ މްދީނަށް ފުރައްސާރަކުރުން މިކަންކަ މީ ގިޔާ މަތްދުވަހު ނަރަކައިން ސަލާ މަތް ނުވެވޭނެ ކަްތަށް ވައްކަ މާ ހިޔާނާތަކީ ކަނޑަ އެޅިފައި އޮތް އަދަބެއް ލިބުނީ މަ އެކުން ސަލާ މަތްވާނެ ކަންތަށް ދެން އަހަރެ މެން ކަލޭ ގެ ލާދީނީ މަކަރުވެރި ޙިޔަޅުގެ އަނދަވަޅުގަ ނުޖެއްސޭނެ ހެޔޮ ވައްކަންކުރިޔަސް ލާރިކެޔަސް އެ މްޑީއެންގެ ކަންތަށް ތިހުރިހާކަ މަކަށް ވުރެ މާބޮޑު ތީ މިގުމުގެ މިކަން ތަކުގެ އަޑީގަ ހުރި މުގޫ

 5. 19 ނަވާރަ

  ވާހަކަ ބަދަލު ނުކޮއް ގައުމު އޮތް ހަލަތު ބަލާ. އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުލަތައް ގެއްލިފަ ވާފައިސާއަށްވުރެ ބޮޑުގެއްލުމެއް. ފެބުރުއަރީ 8 2012 ވީކަން ހަނދާންވޭބާ

 6. ފާއިޒް

  ކަލޭ ހުންނާތި މިވެރިކަން ނިމޭއިރަށް ހިޔާނާތުގެ ފައިސާގަ ޖެހިގެން ކަލޭ ކަރުގަ ވާޖަހައިގެން ދަމާނަން އެއީ ދިވެހި ގިނަބަޔަކު މިހާރު އެންމެ ބޭނުންވާ އެއް ކަންތައް....

 7. ދޫނި

  ޤާސިމުގެ ނަން އެންމެ ކުރީގައި އޮންނަންވާނެ

 8. ތުއްރަވާސް

  ސުޢޫދުބެ ހެދިހެން ނުހަދާތި.... ކަމާ ނުބެހޭ މީހުނަށް ރިޕޯޓް ނުފޮނުވާތި....

 9. އިބްރާހިމް

  އެމްޑީފީ ނޫން އެންމެން

  2
  2
 10. މުސާފުޅާ

  ތިނަދޫ ކައުން ސިލަށް :އިސްލާމްދީނަށް ބަދު ބަސްބުނާ ބައކަށް އަހަރެމެން ސަޕޯޓް ނުކުރާނަން. ބަލަ ބަޔަކުމީހުން ކިޔާއެއްޗެއްތަ އެއީ. އެހެރީ ސޯޝަލް މީޑިޔާގައި އެވާހަކަތއް ލައިވްކޮށް.އަނަގައިން ދައްކާފަ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެކަމަށް ބުނަނީ ހަމަ ރަނަގަޅަށް. އިސްލާމް ދީނަށް ހަޖޫ ޖެހީމަ ވެސް ސަޕޯރޓް ކުރަނީ. އިސްލާމް ދީނަށް ވުރެވެސް މުހިއްމީ އޭނާތަ؟.ހިތުނަ ްދެއކީ ވަރަށް ސަޅި ވާހަކަ.އަހަރެމެންނަށް މުހިއްމީ އިސްލާމް ދީން. އެއަށް ވުރެން އހަރެމެން އިސްކުރާނެ އެހންމީހެއް މިއުޑު ހިޔަލުގައި ނުތިބޭނެ. އެހެން ވެގެން އެމްޑީޕީ އަށް ސަޕޯރޓް ކުރާނީ ލާދީން.....................................................................

 11. ރަސީދު

  މަޖިލީހުގެ ތެރޭގައި މެންބަރަކު ގޮވާއަޑު އެހިން އައްނި އައް ތިޔަލާރިން ހަރަދު ކުރިޔޭ އެއްމެން ފުރަތަމަވެސް ބަލަން ވީ އެކަ މެއް ނޫންބާ

 12. ދދދދދދ

  ބޭން އެމްޑީއެން. ބޭން އެމްޑީއެން. ބޭން އެމްޑީއެން. ބޭން އެމްޑީ އެން.ބޭން އެމްޑީއެން. ބޭން އެމްޑީއެން.
  ވާހަކަ އޮޅުވާލަން ދެބޯގެރި ނުދުއްވާ. ނުވާނެ ތިކަމެއް. ހުއްޓާލާ. ހޭކެނޑެން ޖެހޭނީ.

 13. ސަސަ

  ތިލިސްޓުގަ އެމްޑީޕީ އެއްވެސް މީހެްގެ ނަމެއް ނޯންނާނެ. ވަރަށް ސާފު. އެއީ ހުދުކާފޫރު. ލިސްޓެއް ހަދަންޏާ ފުރަތަމަ ދުޢާ ދެންނެވި އިބޫގެ ނަން އެންމެ ކުރީގަ އޮންނާނީ. ޒީރޯރޮޓިލެންސްގެ ދަށުން.