ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރަން ސިޓީ ފޮނުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމެޓީން ބަލަން ނިންމައިފިއެވެ.

އެ ކޮމެޓީން މި މައްސަލަ ބަލަން ނިންމާ މިއަދު މެންދުރު 14:30 އަށް މި މައްސަލަ ވަނީ ތާވަލުކޮށްފައެވެ.

އެ ކޮމެޓީގެ އެޖެންޑާގައި ވާގޮތުން ފުރަތަމަ އޮތީ ޓްރާންސްޕޯޓް އޮތޯރިޓީން ވަކި ކުރުމަށް ނޯޓިސް ދީފައިވާ މުވައްޒަފުންނަށް ފޮނުވާފައިވާ ސިޓީތައް ދިރާސާ ކުރުމެވެ.

އެ މައްސަލަ މަޖިލީހުން ބަލަން ނިންމިއިރު، އެ މިނިސްޓްރީން ވަޒީފާ އިން ވަކިކުރަން ނިންމި ގިނަ އަދަދެއްގެ މުވައްޒަފުންނަށް މިހާރު ދަނީ ޗިޓް ފޮނުވަމުންނެވެ.

މުވައްޒަފުން ވަޒީފާއިން ވަކި ކުރަން ފޮނުވި ދެ މަސް ދުވަހުގެ ނޯޓިސް ގައި ބުނެފައި ވަނީ އެ މުވައްޒަފުން ވަޒީފާއިން ވަކި ކުރަނީ ހާޒިރީއަށް ފަރުވާ ކުޑަވެގެން ކަމަށެވެ.

އެ މިނިސްޓްރީގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަން އުޅޭ ކަމަށް ބުނެ އެ ތަނުގައި މަސައްކަތް ކުރާ 40 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ޕެޓިޝަނެއްވެސް ހުށަހެޅުއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެންދެރި

    ސަރުކާރު ގިނަ މުވައްޒަފުން ފަރުވާ ކުޑަ އެވެ.

    3
    1
  2. މުހައްމަދު

    ތި އަރަތެއްނު. ޓްރާންސްޕޯޓް މިނިސްޓްރީން އަލާ ފިޔަވަލަށް އަހަރެންތާއީދު. ރައްޔިތުން އަތުންކަޓް ނަގާ، ގަޑިއަށް ހާޒިރު ނުވާ، ފަރުވާ ކުޑަ، މުވަށްޒަފުންނަަށް ފިޔަވަލު އެލެންޖެހޭ. ވަކިވެސް ކުރެވެންޖެހޭ. ކުންފުނީގެ މިނިސްޓަރުގެ ޒިންމާ އޮތީ ތިބުނާ މަޖިލީހަށް ހާޒިރުކުރިއިރު ބުނެފަ. ދެން އިތުރަށް މަޖިލީހުން ސަރުކާރަށް ފިއްތުން ތައް އިސްކުރަނީ ކީއްވެ؟ ޖެއްސުންތައް ޖަށްސަން ތިއުލެނީ ކީއްވެ؟ އިސްލާމްދީނާ ހިލާފް ވާހަކަ ދެއްކި ފަރާތްތައް ކުއްވެރި ނުކުރަށްވާ ރިޔާސަތުގަ އިނދެ (ކޮސް)ގޮވަނީ ކީއްވެ؟ ސުޕްމެޖޯރިޓީ ވާ ކަމެއްހަރާން.