ރައްޔިތުން މަޖިލީހުގެ މެންބަރުން، އެދާއިރާއެއްގެ ރައްޔިތުންނާއި ބައްދަލު ކުރަން ބޭނުންވާނަމަ، މަޖިލީސް ކުރާގޭގައި އެކަން ކުރަން ކުރެވޭނޭ އިންތިޒާމް ހަމަޖައްސާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެެވެ.

މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން އާންމު އައިމިނަތު ނިއުޝާ ވިދާޅުވީ މަޖިލީސް ކުރާ ގޭގައި ދާއިރާގެ ރައްޔިތުން، މެންބަރުންނާއި ބައްދަލު ކުރެވޭނޭ އިންތިޒާމެއް ހަމަޖެހިފައި ވާކަމަށާއި މިކަމުގެ ސަބަބުން މެންބަރުންނާއި ރައްޔިތުންނާއި ދެމެދުގައިވާ ގުޅުން ވަރުގަދަވެގެން ދާނޭ ކަމަށެވެ.

އަދި ހަމަ އެޔާއިއެކު ބައްދަލުވުން ކުރިޔަށް ގެންދިޔުމަށް ބޭނުންފުޅު ވާކަމުގައި ވާނަމަ އެ މެންބަރަކު މަޖިލީހުގެ އިދާރާގެ ސާވިސް ސެކްޝަނުގައި އެކަމަށް އެދިލެއްވުމުން އެކަންތައް ހަމަ ޖައްސައިދޭނެ ކަމަށް ވެސް ނިއުޝާ ވިދާޅުވިއެވެ.

"މެމްބަރުން އެ ބައްދަލުވުން ބާއްވަން އެދިވަޑައިގަތުމުން މެމްބަރު ސާވިސް ސެކްޝަނުން އެ ހުރިހާ އިންތިޒާމުތަކެއް ފަހިކޮށްދޭނެ،" އަމީންއާންމު ވިދާޅުވިއެވެ.

މަޖިލީހުގެ މެންބަރު ކަމަށް އިންތިހާބުވެ ވަޑައިގަތުމަށްފަހު މެންބަރު ދާއިރާ ރައްޔިތުންނާ ބައްދަލުނުކުރާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަބޭ2019

    ރައިއްޔަތުންނަށްފައިދާހުރިގިނަމަސައްކަތްތަކެއް ރެޔާދުވާލުހުއްޓުމެއްނެތިކުރަށްވަމުންގެންދަވާއިރު އިންޓަވަލްގަޑީގަ ހިތްއުފާކޮށްލަންއަނބިދަރިންނަށް ތިތާތިބެވޭނެގޮތްހަމަޖައްސަވާދެއްވުންއެދެން 19ތަފާތުވާނީއޭރުން