"އެމްޑީއެން ހަމީދު" ފުލުހުންގެ އިސްވެރިޔަކަށް ހުރެގެން ކުރާ ތަހުގީގެއްގައި އެމްޑީއެން އާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅިގެންދާނެ ކަމަކަށް ޤަބޫލު ނުކުރައްވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، އަދި ނައިފަރު ދާއިރާގެ މެމްބަރު، އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް-ޕީއެންސީގެ ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުން އެއްވެސް ޒިންމާދަރު ފިޔަވަޅެއް އެމްޑީއެން އާއި ދޭތެރޭ އަޅާ މަންޒަރެއް ފެނިގެން ނުދާ ކަމަށާއި، އެމްޑީއެން މައްސަލައިގައި ކުރަން ޖެހޭ އިތުރު ތަހުގީގެއް ނެތް ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަން "އެމްޑީއެން ހަމީދު" ހުންނަވައިގެން އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިވާހަކަ ދައްކާއިރުވެސް އެނގޭ މިއަދު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވީ އެމްޑީއެންގައި ޙަރަކާތްތެރިކޮށް އުޅުއްވާފައިވާ ބޭފުޅެއް ކަން، އެބޭފުޅާ އިސްވެ ހުންނަވާ އެ ތަހުގީގެއް ނުހިންގޭނެ. ޕޮލިސް ކޮމިޝަނަރު، އެމްޑީއެން ހަމީދު އެމަޤާމުގައި ހުންނަވައިގެން އެމްޑީއެން އާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅޭނެ ކަމަކަށް އަޅުގަނޑުމެން ޤަބޫލެއް ނުކުރަން. ނުވެސް އަޅާނެ. ސަރުކާރުން މީހަކަށް ފިޔަވަޅު އަޅާނަމަ އެންމެ ފުރަތަމަ ފިޔަވަޅު އަޅަން ޖެހެނީ އެމްޑީއެން ހަމީދު އަށް." ޝިޔާމް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޝިޔާމް ވިދާޅުވީ ރާއްޖެއަށް ފާވެގެން މިއުޅެނީ ވަރަށް ވަރުގަދަ ޖަމާޢަތެއް ކަމަށާއި، އެއީ ދިވެހި ސަރުކާރަށްވުރެ ވެސް ބާރުގަދަ ޖަމިއްޔާ އެއް ކަމަށެވެ. ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން މާދަމާ ރޭވެސް ޕީޕީއެމް އޮފީހުގެ ކުރިމަތީގައި ސުލްޙަވެރިކަމާއެކު އެމްޑީއެންއާ ދެކޮޅަށް އަޑުއުފުލުމުގެ ޙަރަކާތް ކުރިއަށް ގެންދަވާނެ ކަމަށާއި، ހުރިހާ ރައްޔިތުންވެސް މާދަމާ ރޭ 20:30 އަށް ޕީޕީއެމް އޮފީސް ކުރިމައްޗަށް ވަޑައިގަތުމަށް ޝިޔާމް ގޮވާލެއްވިއެވެ.

"އެމްޑީއެން ކުށްވެރިކޮށް އަޅުގަނޑުމެން މިކުރާ މަސައްކަތް ހުއްޓުވޭނެ ގޮތެއް ނޯންނާނެ. އަޅުގަނޑުމެންގެ ސާބިތުކަމަށް އެއްވެސް ބަދަލެއް ނާންނާނެ. އަޅުގަނޑުމެން މިގޮވާލަނީ އެމްޑީއެން އުވާލުމަށް. މިގޮވާލަނީ އެމްޑީއެންގައި ޙަރަކާތްތެރިވި، އަދި ޙަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ސަރުކާރުގެ މުއައްސަސާތަކުގައި ތިބި ފަރާތްތައް މިހާރުން މިހާރަށް އެތަންތަނުން ވަކިކުރަން." ޝިޔާމް ވިދާޅުވިއެވެ.

3 ނޮވެމްބަރު، ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހާ ގުޅިގެން އެ ކޯލިޝަނުގެ ދެ ޕާޓީ ގުޅިގެން ވަރަށް ކުލަގަދަކޮށް ނަސްރުގެ ދުވަސް ފާހަގަކުރަން ހަމަޖެހިފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން ނޮވެމްބަރު 2 ވަނަ ދުވަހުގެ ރޭ، ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސފ

    ހަމީދު އިސްތިއުފާ ދިނުމަށް ގޮވާލަން ރައްޔިތުންގެ ތާއީދު
    ނެތް މީހުން ދައުލަތުގެ އިސްމަގާމްތަކުގައި ތިބުމަކީ ރަގަޅު
    ގޮތެއްނޫން އިނގޭތޯ.

    37
    1
  2. ކުޑަހުސޭނު

    އެމްސީ ހަމީދު ވަގުތުން ވަޒީފާއިން ވަކިކުރުމަށް ސޯލިހުއަށް އިލްތިމާސް ކުރަން .

    39
    1
  3. ސުޢޫދު

    ޢެމްޑީއެން އުވާލެވޭނީ އެމްޑީޕީ އުވާލުމުން ދެތަނުގަވެސް އިސްކޮއްތިބީއެއްބައެއް ސަރުކާރު އަދިމިނިވަން މުއައްސަސާތަކުގަވެސް ގަސްކަނޑާލިއަސް ގަހުގެމޫތަކާއެކް ސާފުނުކުރަނީސްނުވާނެ އެމްޑީއެން އައް މިބާރުލިބުނީ ސޭޓް ޒައީމް މެންގެ ބުރަމަސަތް ކަތުން ދީނައްޓަކާ ގައުމައްޓަކާ މިނިވަންކަން ނެތިގެން މުޅިދުނީޔޭގަ ދުވިދުވުމުން

    29
    1
  4. އިބުނު ސޯލިހް

    ހަމީދު ކަމިޝަނަރ އަކަށް ހުންނަމީ ޕީޕީއެމް ބޭނުންވެގެންނެއްނޫން އިނގޭ! އެއީ ރަޢީސް ސޯލިހު އައްޔަނުކޮށްދިން ވަޒީފާއެއް! އިސްލާމް ދީނަށް ހުތުރުއަރުވަންއުޅޭ ވަގު ބައިގަނޑެއްތީ!

    2
    27
  5. ފަޑުއްކަ

    ޢެޖެންޑާ 19 ސަޅިވާތަން އަދިވެސް ތިބޭބަލަން! ތިޔާހެން ޗުންޗުން ލެއްވިޔަސް ޑަރުވެސް ހީނުވާނެ! ސަވާރީގައި ކުރަން ފެށިދަތުރު ނިންމާނެ! ނިކަން ފޫގަޅާފަ އެތިބީ! ޢެއްކޮށް މަޖިލިސް ! ޢެއްކޮށް ތިންބާރު! ޥެރިކަން އޮތީ ހިބަކޮށް ދީފަ! ދެމުއްލާ އެތިބީ ސޭޓާ އެކު އޮޑިޔަށް އަރާ ދައްމާނުގައި!

    16
    2
  6. ދަންޑެހިލް

    ބަލަގަ ތިޔަ ވިދާޅުވާ ނަމުން ޞާލިޙްވެސް ވެރިކަމުގަ ހުރެގެން އެމް.ޑީ.އެން ގެ މައްސަލަ ނުބެލުމަށް ނު އެހަރަ ހިތްވަރުދެނީ އޭނާގެ އަނބި ކަނބުލޭގެއަކީވެސް އެޖަމުޢިއްޔާގެ ސޯބެއްނޫންތަ އެހެންޏާފަހެ މިބަލަނީއޭ ދިރާސާކުރަނީއޭ ކިޔާފަ ފޫކަހަނީ އެމައްސަލަ ނުބަލައި ފަސްލައި ވަޅުލުމުގެ މަގުޞަދުގައޭ ނަމުންޞޯލިހު އެއުޅެނީ މިއީ ދިރާސާ ކުރަންޖެހޭ ކަމެއްނޫނެއްނު މިކަންމިއީ ވަގުތުންވަގުތަށް ނިންމަންޖެހޭ ކަމެއްކަން އެންމެ ކުޑަކުއްޖާއަށްވެސް އެބައެނގޭދޯ

    3
    1
  7. އަލް ނޫރު

    ތިބާ މެންނަށް ވުރެ ބާރުގަދަ އުންމަތްތައް ހަލާކު ވެ ދިޔަ އިބުރަތް ތެރި ހާދިސާ ތައް ހިނގި ކަން ހެކިދައްކަވާފައިވޭމާތް ﷲ އަށް ބިރު ވެތި ވޭ... ނިކަމެތި އިންސާނުން....

  8. جلاد

    كذاب حميد كذاب محكمة كذاب مالك كذاب جلاد

  9. ސަޓޯ

    ރަގަޅަށް ތިބުނީ.... އޭނާ ވިކިފަ ހުރި ވަރު ބަލަން ކޮމިޓީއެއް ހަދަން ޖެހިފަ ހުރީ... ހާދަހަޔާތް ކުޑަ މީހެކެއެހަމީދަކީ... ރައްޔިތުންގެ ފައިސާ ކައިގެން ރައްޔިތުންނަށް ހަރާމްކޯރޭ ވަނީ

  10. ސީނާ

    މިކަލޭގަޢަށް ހަލާކުހުރި ..2015 ޔާމީން ވެރިކަމުގަައި ނެރުނެ "މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އިން ނެރުނު ލާދީނީ ރިޕޯޓު" އެދުވަހު ދީނީ އިލްމްވެރިން ކާބާ ؟