މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތީރިޓީ (މީރާ) އަށް ދައްކަން ޖެހޭ ޓެކްސް ނުދައްކައިގެން ޓްރޭޑް ޔުނިއަންގެ ކުރީގެ ރައީސް ފުއާދު ޒާހިރު ޖަލަށްލާން ހުކުމް ކޮށްފިއެވެ.

އޭނާ ޖަލަށް ލާން ހުކުމްކޮށްފައި ވަނީ ދެ މަސް ދުވަހަށެވެ.

މީރާށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން މީގެ ކުރިން ސިވިލް ކޯޓުން ވަނީ ފުއާދުގެ މައްޗަށް މީރާއަށް ދައްކަން ޖެހޭ ލާރި ދެއްކުމަށް ހުކުމް ކުރި އެވެ. އެހެން ނަމަވެސް އޭނާ އެ ފައިސާއެއް ދައްކާފައެއް ނުވެއެވެ.

އެ ހުކުމާއި އެއްގޮތަށް ފުއާދު އަމަލުކޮށްފައި ނުވާތީ، ދެ މަސް ދުވަހަށް އޭނާ ޖަލަށް ލާން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އޭނާ ޖަލަށްލާން ހުކުމް ކުރީ ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުއާމަލާތްތަކުގައި އަމަލު ކުރަންވީ ގަވައިދުގެ ދެވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ.

އެހުކުމުގައި ވަނީ އެއީ އޭނާގެ މައްޗަށް ފައިސާ ނުދައްކައިގެން އަދަބު ކަނޑައެޅި ދެވަނަ ފަހަރުކަންވެސް ފާހަގަކޮށްފައެވެ.

ޓެކްސްއަށް މަކަރު ހެދުމުގެ މައްސަލައެއްގައި މީރާއިން އެންމެ ފުރަތަމަ ދައުވާ ކޮށްފައިވަނީ ފުއާދުގެ މައްޗަށެވެ. އަދި މީރާގެ އޮޑިޓަށް ދަތިކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ދައުވާ ކޮށްފައިވަނީ ވެސް ހަމަ އޭނާގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލޮލް

    ޖާބިރު ގެ ޓެކްސް ނުދައްކާ ހުރި އަދަދު މިހާރު ބިލިޔަނަކަށް ވުރެ ގިނަ. މީ ދޮގެއް ނޫން.

    31
  2. Anonymous

    މީރާއިން ތި ނަގަމުންދާ ޓެކްސް އަކީ ހުއްދައެއްޗެއް ނޫން. ޙަރާމް ވާނެ. މީހަކު ބުރަ މަސައްކަތުން ހޯދާ ލާރި ސަރުކާރައް ހަލާލް ވާނެ އެންމެ ގޮތެއްވެސް ނެތް. ޒަކާތް ނުދައްކައިގެން ނަމަ ރަނގަޅު. ޒަކާތް ނުދައްކާ މީހުން ދޫކޮއްލާފައި ދައްކަން ނުޖެހޭ އެއްޗެއްގެ މައްޗައް ހުކުމް ކުރުމަކީ ސަދޫމްގެ އުސޫލު. ކޯޓޭ މި ލާދީނީ ސަރުކާރުން މި ގޮވަނީ. ޔާމީން ހުރި އިރު މާ ރަނގަޅު.

    34
    4