ވިލިމާލޭގައ ހުންނަ މުހިއްޔުދީން ސްކޫލްގެ ފިރިހެން ޓީޗަރަކު އެ ސްކޫލުގެ އަންހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލަ ފެންމަތިވެފައިވާއިރު، އޭނާ މިހާރު ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ.

މި ޓީޗަރު އެ ކުދިންނަށް ޖިންސީ ގޯނާކޮށްފައި ވަނީ އެ ކުދިން ގޮވައިގެން ފުވައްމުލަކު ސިޓީއަށް ދިޔަ ދަތުރެއްގައި ކަަމަށް "ވަގުތު"އަށް މައުލޫމާތު ލިބިފައި ވެއެވެ.

އެހެން ނަމަވެސް މިއީ ކޮން އިރެއްގައި ހިނގި ކަމެއް ކަން އަދި ކަށަވަރެއް ނޫނެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އަހުމަދު އަލީ ވިދާޅުވީ، އެ މިނިސްޓްރީއަށް އެފަދަ ރިޕޯޓެއް ލިބުމާއި ގުޅިގެން އެ އޮންނަ ޕޮލިސީގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި ވާނެ ކަމަށެވެ.

"މިއީ އެފަރަތާއި ހިނގި ކަމެއްތޯ ނުވަތަ ނޫންތޯ އަޅުގަނޑުމެން ކަށަވަރު ކުރުމަށްޓަކައި އަޅުގަނޑުމެން ކުރިއަށް ގެންދަން ޖެހޭ ޖިނާއީ ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި އަޅުގަނޑުމެންގެ ގަވާއިދުގެ ތެރެއިން ކުރަން ޖެހޭ ކަމެއް/ސަސްޕެންޑް ކުރުމަކީ/ އެކަން ކޮށްފައި ވާނީ". އަހުމަދު އަލީ ވިދާޅުވިއެވެ.

އަހުމަދު އަލީ ވިދާޅުވިގޮތުގައި، އެ މައްސަލާގައި ޖިނާއީ ތަހުގީގުވެސް ކުރިއަށްގެންދެވޭއިރު، އެއީ ހިނގިކަމެއްތޯ ނުަވަތަ ނޫންތޯ ކަށަވަރު ވާނީ، މި ތަހުގީގުތަކަށް ފަހުއެވެ.

"މިހާރު އެ ފަރަތަށް ކުރެވޭ ތުހުމަތުތަކެއް މި ހުރީ ދެއްތޯ". ". އަހުމަދު އަލީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޙްމަދު

    އެމްޑީއެންގެ މައްސަކަ އެހެން ދިމާލަކަށް ޑައިވާޓް ކުރަން ކުރާ މަސަތްކަށް ހުއްޓާލާ. އެމްޑީއެން އުވާލަ!!!!

    34
    3
  2. އަލީބަލީ

    މިއީ މިހާރު އާންމު ކަމެއް. އެއްޗެއް ބުނާނެ ޝޭހެއްވެސް، ލާދީނީއޭ ބުނާނެ މީހަކުވެސް ނޫޅޭނެ.

    9
    1
  3. ހެއު

    ހެހެ ގޯސްވީ ޖަމުއިއްޔާ އުވާލީ ޖަމުއިއްޔާ މީހުން ތިބވީ ހެވިފާ