އިސްލާމްދީނަށް ފުރައްސާރަކުރާތީ ސެޕްޓެމްބަރ 10 ވަނަ ދުވަހު ގދ.ތިނަދޫ އިން ހައްޔަރުކުރި މީހާގެ އެއްވެސް މައުލޫމާތެއް ނުދީ، ފުލުހުން އޭނާ "ފޮރުވައިފި" އެވެ.

އިސްލާމްދީނަށް ފުރައްސާރަ ކުރާތީ ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު ފުރަތަމަ އިތުރު ކުރިއެވެ. އޭގެ ފަހުން އޭނާގެ އެއްވެސް މައުލޫމާތެއް ފުލުހުން ނުދިނުމުން ވަރަށް ގިނަ މަސައްކަތްތަކެއްކޮށް، އެތައް ފަހަރަކު ސުވާލު ކުރުމުން ފުލުހުން އޮކްޓޯބަރ 10 ވަނަ ދުވަހު ވިދާޅުވީ ނަފްސާނީ ޓެސްޓްތަކެއް ހެދުމަށް އޭނާ މާލެ ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އިތުރު އެއްވެސް މައުލޫމާތެއް ނުދިނެވެ.

މިހާރު އޭނާ ހުރީ ކޮންތަނެއްގައިތޯ އާއި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ގޮތް ސާފުކުރަން އިއްޔެ އިން ފެށިގެން ތަކުރާރުކޮށް "ވަގުތު" އިން ފުލުހުންނަށް ގުޅުމުން ވެސް އެއްވެސް މައުލޫމާތެއް ފުލުހުން ނުދެއްވިއެވެ. އިއްޔެ "ވަގުތު" އިން ފުރަތަމަ ފުލުހުންނަށް ގުޅުމުން ވިދާޅުވީ މައުލޫމާތު ސާފުކުރުމަށް ފަހު ގުޅުއްވާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ތިން ފަހަރެއްގެ މަތިން އިއްޔެ ފުލުހުންނަށް ގުޅިއިރު ވެސް މައުލޫމާތު ސާފުވި ކަމަކަށް ނުވިއެވެ.

މިއަދު ހަވީރު ފުލުހުންނަށް ގުޅުމުން ވިދާޅުވީ ކުޑައިރުކޮޅެއްގެ ތެރޭގައި މައުލޫމާތު ސާފުކުރެއްވުމަށް ފަހު މައުލޫމާތު ދެއްވާނެ ކަމަށެވެ. ނަމަވެސް އަދިވެސް އެމައުލޫމާތު ފުލުހުން ނުދެއްވައެވެ. އަދި މިހާރު ފުލުހުންގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބެއް ވެސް ނުދެއްވައެވެ.

އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހަކުގެ މައުލޫމާތު ސިއްރުކޮށް، ފުލުހުން އޭނާ ފޮރުވައިގެން ގެންގުޅެމުންދިޔަ ނަމަވެސް ލާދީނީ މީހުންނަށް އިންޒާރުދޭ ކަމަށް ބުނެ ހައްޔަރު ކުރާ މީހުންގެ މައުލޫމާތު ފުލުހުން ދުވަހުން ދުވަހަށް އާއްމު ކުރަމުން ގެންދެއެވެ. އެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށްފަހު އެމައުލޫމާތު ފުލުހުން ޓްވީޓް ކުރެއެވެ.

އިސްލާމްދީނަށް ފުރައްސާރަ ކުރާ މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްސަލަ އާއި ބެހޭ ތަފްސީލް ފުލުހުން ހާމަނުކުރާތީ ގިނަ އާއްމުން ވެސް ގެންދަނީ މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. Anonymous

  ސީރިޔައަށް ފޮނުވާލަބަލަ

  34
  3
 2. ނޯނޯ

  ތިކަހަލަ މީހުން ފޮރުވާފަ ދީން ހިމާޔަތް ކުރަން ގޮވާަލާ މީހުން ހައްޔަރުކޮށް ނޫނީ ފުލުހަށް ގެންގޮސް... ތީ ތަ ވެރިމީހާ ކުރި ހުވަޔަކީ.؟....ޕިސް ޕިސް

  140
  2
 3. އެމް ސީ

  އެމް ސީ ހަމީދު ބޭރު ކުރޭ

  111
  4
 4. ބޯކިބާ

  އެސޮރަކީ ހުވަދުއަތޮޅު ސޮރެއް. އެސޮރުވެސް މާލޭގެ ކަމުވޮށިގެންވާ ގަބީލާއަކަށް ނިސްބަތްވިނަމަ ހަދަންވީ ނަހަދަންވީ ނޭނގިގެން ދެފައިއޮޅި އަނގަވަތަށް ވެއްޓިފަ ގާނޫނު އޮންނާނީ.

  20
  2
 5. އިންސާފު

  މީމިހާރު މިގައުމުގެހާލަތު ދީނައްފުރައްސާރަކުރާ މީހެއްވިއްޔާ ސިކުނޑީގެއުނިކަންހުރޭ ނޫނީވިއްޔާ ޙިމާޔަަތްކުރަނީ އެކަމަކުލާދީނީބައިގަނޑާދެކޮޅައް އެއްޗެއްބުނާމީހަކުވިއްޔާ ހައްޔަރުކުރަނީ މީ މިނުލިބިގެންއުޅުނުއިންސާފަކީ #ބޭންއެމްޑީއެން

  27
 6. ޓުރޫ

  ޕޮލިހުން ވެސް ހަނދާން ކުރާތި ރަސޫލާ އަށް ފުރަށްސާރަ ކުރުމަކީ އާދައިގެކަމެށް ނޫން. ލާދީނީ އެމް ސީ ހަމީދު ބުނާހާ ކަމެށް ސިޔާސީ ގޮތުން ކުރިޔަސް މީ އާދައިގެ ކަމެށް ނޫން ކަން.

  30
 7. ސީނު

  ވިކިފަ ދޯ

  20
 8. ކިޔުންތެރިޔާ

  ކޮންފަދަ ހިތްގައިމު ދުވެއްޔެއްގަ ދުވަމުން އައި ގައުމެއް މީ! އޭރުގަ ހުރީ ހާދަހާ ރަނގަޅު ހެޔޮ ވެރިޔެކޭ. ވަގުންގެ ޓެގު އަޅުވާ މިހާރު އެ ހުކުމްކުރަނީ ޖަލަށް. 33 އަހަރުން ގައުމަށް ނުގެނެވުނު ތަރައްގީ ހަމަ އެންމެ 5 އަހަރުން ގައުމަށް ގެނެސް ރައްޔިތުން ހަމަޖެހިގެން އޭރު އުޅެމުން ދިޔައީ. 30 ބިލިއަން ފެންފޮދަކާ ނުލާ ދިރުވާލާ ފާޅުގަ ވައްކަންކުރީމަވެސް މިހާރު ވައްކަމަކަށް ނުވޭ. މުޅި އިގްތިސޯދާއި ގައުމުގެ މިނިވަންކަން ރޭޕިސްތާނަށްދީ، ގައުމުގަ އޮތް އިސްލާމްދީން ފޮހެލުމުގެ މަސައްކަތް ހަލުވި ދުވެލީގަ މިހާރު ފެށިގެން މިދަނީ. ރަސޫލާ ދުއާ ދެންނެވިފަދަ ވެރިޔާ ހުންނެވީ ބައްރުތަކުގަ ސެލްފީ ނަންގަވަން. ދެން ހުރި ބޯ ގޯސް ސޮރު ރައްޔިތު މީހާއާއި ހިތާއި ހިތް ގުޅުވައިގެން ސީދާ ލާދީނިއްޔަތު ފެތުރުމުގަ ބިޒީވެފަ. އެމްޑީޕީއަށް ތާއިދުކުރާ މީހުން ހަމަ ގަމާރީތަ؟ އެއްވެސް ނަތީއްޖާއެއް ނުފެންނަ ވެރިކަމަކީތޯ ޑިމޮކްރަސީއަކީ؟ ތިޔަ ބުނާ ޑިމޮކްރަސީއަކީ އިސްލާމްދީނަށް ފުރައްސާރަކުރުން ކަމުގައިވާނަމަ ތިކަހަލަ ތާކުން ތާކު ނުޖެހޭ އެެއްޗެއް މިގައުމަށް ބޭނުމެއްނޫން. ޔާ ﷲ، މި ލާދީނީ ސަރުކާރު ބަލިކޮށް ނިކަމެތިކުރައްވައިފާނދޭވެ. މިބައިމީހުން ފަޟީހަތްކޮށް ނެތިކުރައްވައިފާނދޭވެ. އާމީން.

  37
  2
 9. Anonymous

  ވިޓްނެސް ޕްރޮޓެކްޝަންގެ ދަށުން ފޮރުވެނީ ލާދީނީ މީހުން
  އެމީހުންގެ ހައްޤު އޮތީވެސް. ފުރާނަ އަށް ނުރައްކަލީވެސް ދޯ. މުސްލިމަކަށް ވެއްޖެއްޔާ ބުނާ ކޮންްމެ އެއްޗެއް ވަނީ ހޭޓް ސްޕީޗަށް. ލާދީނީ މީހުންނަށް ރާއްޖެއިން މިނިވަންކަމާ ރައްޔިތަކަށްވެވެން އޮތީ މިމީހުން ބޭނުންވާގޮތުގައި.
  ކީއްތަވާނީ ނަރަކައިން ތިމީހުން ސަލާމަތްކުރަން އުޅުނިއްޔާ ތިހާ ހެޔޮއެދި ލޯބިވަންޏާ.

  20
 10. ފަލަޑޭ

  މި ލާދީނީ ސަރުކާރުގެ ބޮޑުން ކަންތަށް ކުރާ ގޮތުން އެމް ޑީ ޕީ ގަ އުޅޭ މުސްލިމުނަށްވެސް ހުތުރު. ދުވަހަކުވެސް ދެން ނުދޭނަން ވޯޓެއް. މި ވެރިކަން ވެއްޓެންދެން ނޫނީ ދައުރު ހަމަވަންދެން ކަލޭމެނަށް ތި ހަޑި ހޭވޭނީ. ނަމަ ނަމަ ވޯޓު ހޯދަން ނާންނާތި ދެން.

  26
 11. ކިޔާން

  ރުސްތުމް ކިޔާ ތިނަދޫ ސޮރެއް

  15
 12. އައިސީ

  ރައްޔިތުން ޤަބޫލެއްނުކުރޭ ފުލުހުން ދައްކާވާހަކަ. ހަހަހަހަހަހަހަހަހަހަހަހަ. ބޭން އެމް.ޑީ. އެން. ޔާ ﷲ ޝަހިންދާފަދަ އަޒުރާފަދަ ނުބައި ނުލަފާ މީހުންގެ ކިބައިން މި އުއްމަތް ސަލާމަތް ކުރައްވާށި. ދެން އަހަރެން ގެ ވެރި އިލާހަށް އަހަރެން ދުޢާ ކުރީމަ އަހަރެން ކުއްވެރިވަނީ ޓެރަރިޒަމްގެ ކިތައްވަނަ ބާބުންތަ؟ ބާރު ކެނޑިފަ ގޮތް ހުސްވެފަ ތިޔަތިބީ. ﷲ ގަންދީ ބުނަން ދެނެއްކަލޯމެންނަކަށް ދުވަހަކުވެސް ވޯޓެއް ނުދޭނަން. އިންޝާ ﷲ!

 13. ހުސެން

  ޖަރުމަނަށް ނައްޓާލީތަ؟މި ސަރުކާރުން ޟަހިންދާވެސް ފުރުވާލީ؟

 14. އެމްޑީޕީ މެމްބަރު

  ކޮން ފޮރުވުމެއް ފޮރުވާކަށް.... ލާދީނީ ބައިގަނޑު އަށް އަދަބުދީ.....