މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލްގެ ފޮޓޯއެއް ފޭސްބުކަށް ލުމުން ހައްޔަރުކޮށްފައިވާ ޝައްމާނަށް އަދިވެސް އޭނާގެ އަނބިމީހާ އާއި ބައްދަލު ކުރުމުގެ ފުރުސަތު ފުލުހުން ނުދޭކަމަށް "ވަގުތު" އަށް މައުލޫމާތު ލިބިއްޖެއެވެ.
ޝައްމާން ހައްޔަރު ކުރިތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.
ޝައްމާނަށް އަނބިމީހާއި ބައްދަލު ކުރުމުގެ ފުރުސަތު ދީފައި ނުވާއިރު އަނބިމީހާ އެދިގެން ފޯނު ކޯލެއް ވެސް އަދި މިހާތަނަށް ފުލުހުން ހަމަޖައްސައިދީފައެއް ނުވެއެވެ. ޝައްމާންގެ ހަތް މަހުގެ ދަރިފުޅު ބަލިވެ އުޅޭތީ ފޯނުން ޝައްމާން އާއި ވާހަކަދައްކާލުމުގެ ފުރުސަތު ދިނުމަށް އޭނާގެ އަނބިމީހާ ފުލުހުންގެ ކިބައިން އެދުމުުން ފުލުހުން ވަނީ މިއަދު ފޯނުން ޝައްމާނާއި ވާހަކަ ދެއްކުމުގެ ފުރުސަތު ދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް އެފުރުސަތު މިއަދު ދީފައެއް ނުވެއެވެ.
ޝައްމާނާއި ބެހޭ އެއްވެސް މައުލޫމާތެއް އަނބިމީހާ އަށް ވެސް އަދި އާއިލާ އަށް ވެސް ދޭން ނުޖެހޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް "ވަގުތު" އަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.
ޝައްމާން ބަންދުގައި ބަހައްޓަން ކޯޓުން ދީފައިވާ 15 ދުވަހުގެ މުއްދަތު ހަމަވާނީ ނޮވެމްބަރ މަހުގެ 04 ވަނަ ދުވަހަށެވެ.
އޭނާ ކައިވެނި ކުރީ 2017 ޖުލައި މަހު އެވެ. ދެމަފިރިންނަށް ލިބުނު އަލަތު ދަރިފުޅަށް އަދި ވީ ހަތް މަހެވެ.
ޝައްމާން ފޭސްބުކްގައި ޝެއާކުރި ފޮޓޯ އިން ފެންނަނީ ކުޑަކަކޫ މައްޗަށް މީހަކު ތިރިކޮށްފައި ކައިރީގައި މީހަކު ވަޅި ހިފައިގެން ހުއްޓައެވެ. ކުޑަކަކޫ މަތީގައި އިންނަ މީހާގެ މޫނު އެޑިޓްކޮށް ވަނީ ޝަހިންދާގެ މޫނު ފެންނަ ގޮތް ހަދާފައެވެ. އެފޮޓޯ ޝައްމާން ޝެއާ ކުރި ނަމަވެސް އެއީ އެހެން މީހަކު އެޑިޓްކޮށް، އާއްމުކޮށްފައިވާ ފޮޓޯއެކެވެ.
ތީ މަސްތުވާ ތަކެތީގެ މައްސަލައެއް ނަމަ މިހާރު ދޫކޮށްލައިފީސް
ހެޔޮފުޅު ސަރުކާރުން ލާއިންސާނީ އަ މަލު ހިންގާނެ ތަ؟ އޮޅިއްޖެ މިހާރު.
މިހާރު ދެން ހުރިހާވެސް މީހަކީ ސަކިންދާ އެހެންނުން.
އަނިޔާ. ކޮބާތަ އަނިޔާ އާ ދެކޮޅަށް ކަރެޕްޝަނާ ދެކޮޅަށް ބޭރުޤައުމުތަކާ ޑ.ގުޅުންކެޑުމާދެކޮޅަށް ރައްޔަތުންގެ ހައްޤު ހޯދާދޭން، ލޯނު ނެގުމާދެކޮޅަށް، މިއަދު އާސް އޮތް ސަރުކާރުކާރު. މިހާރު އަނިޔާދެމުންދަނީ ކުރިޔަށްވުރެ މާބޮޑެތިއަނިޔާ އަދި އަނިޔާދެނީ ނިކަމެތިންނަށް.ހިމާޔަތްކުރަނީ ލާދީނީ ހައްދުފަހަނައަޅާފަތިބި ޤައުމު ފިތުނަކުރާ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އެމްދީއެންގެ މެމްބަރުން. ރައީސް ސާލިހުވެސް ނަޝީދުވެސް އަދި އެމްޑީއެންގެ މެމްބަރުން ދުނިޔެ އަށް އާއިރުވެސް ރާއްޖޭގައި މާތްވެގެންވާ އިސްލާމްދީންނޫން ދީނަކަށް ދިވެހިން އުޅުމުގެ ހުއްދައެއްނެއް އެހެންވީމަ އެވަރުނުބަލާ ދިވެހިރާއްޖެ އަށް އުފަންވުން އެއީ އެމީހުންގެ މައްސަލައެއް. ޢެއީ ދިވެހިރާއްގެ ރައްޔަތުންގެ މައްސަލައެއްނޫން. މިހާރުވެސް ވަޒީފާ ދޫކޮށްލާފަ ހިޖްރަކުރުމުގެ ފުރުސަތު އެބޮތް އިސްލާމްދީނުގަ ތަނެއްގަ އުޅެންއުދަގޫވެއްޖެނަ ހިޖްރަކުރަންބާރުއަޅާ ރާއްޖޭމީހުން 2000 އަހަރުނެގިޖުމްލޯނަށްވުރެ ޑަބަލް ބޮޑު ލޯނު މިސަރުކާރުން 10 މަސްތެރޭ ނެގިލޯނު. ރައްޔަތުން ދަރުވަނީ . ޢީރާނާއެކު ޑިޕޮލޮމެޓިކް ގުޅުން ޤާއިމްކުރަންވީ ވަޢުދު ކޮބާތަ؟
ހަމަ މިސަރުކާރު އިޙްސާންތެރިކަން! ހިއުމަން ރައިޓްސްއޭ އޭއްޗެކޭ މީޗެކޭ ކިޔާނެ
އޭނަ އާއި ބައްލުކޮށްދީބަލަ ބިރުން ފިލައިގެން އެއުޅޭ ލދނ ސަހިންތާ އާއި...
ކިހާ ދެރަ ކަމެއް....
ޝައްމަަާން ދޫކޮށްލަާ އެއީ ފޮންޏެއް ކަނޑަަާލަން އުޅެނިކޮން އަތުލައިގަތް ކުށެއްނެތް ޒުވާނެއް ގައުމުގެ 'އަތާތުރު އަންނިބެ' އެއުޅެނީ ނިރުބަވެރިން އުފެއްދެެެޭތޯ ޒުވާނުން ސަމާލުވޭ .ބޭއިންސާފުން އަދަބު ލިބުނީމަ ވިސްނުމާ ގަބޫލުކުރާ ގޮތްތަކަށް ބަދަލުއައިސް ބަދަލު ހިފުމުގެ ރޫހުގައި އިންސާނުން ތެދުވާނެ ކަން އެންމެހާ ދިވެހިން ދަންނަންޖެހޭ ޒުވާނުން އަންނިގެ ދަންތުރައިން ސަލާމަތްކުރަން ޖެހެޭނެ .އެހެން ގަޓް ހުރި ކަން ދައްކާލަން އެއްޗެއް ލިޔެލަާ އިރަށް ޖަލަށް ގަޅަާލަން ވެއްޖެނަމަ މުޅި ގައުމުގައި ތިބޭނީ ހުސް ނިރުބަ ވެރިން ދެވަނަ ސިިިީރިޔާ އުފަންވިޔަނުދިީ ދިވެހިން ހޭލަަާ އަތާތުރުގެ އާއިލަާ އުޅޭނީ ޔޫރަޕްގައި އުފަލުގައި ބަރުބަާދުވާނިިިިީ ދިވެހިން ދިވެހިންހޭލާ
ބާރު ލިބޭ ދުވަހަކުން ޝަހިންދާ ހައްޔަރުކޮށް އަދި ޤާނޫނު ތަންފީޛު ނުކުރި މީހުންގެ މައްޗަށް ދަޢުވާ ކުރަންކެރޭނެތަ ޕޕއ އަށް.
އެމްޑިއެން ރިޕޯޓާއި އަޅުގަނޑުވެސް ދެކޮޅު. ސަހިންދާ މެންކަހަލަ ފިތުން ފަސާދަ އުފައްދަން އުޅޭމީހުންނަށް ހައްޤު އަދަބު ދިނުމާމެދުވެސް އަޅުގަނޑުވެސް އެއްބަސް. ނަމަވެސް ޝައްމާން ޕޯސްޓް ކުރި ޕޯސްޓަކީ ކަނޑައެޅިގެން ޓެރަރިސްޓް ޖަމާއަތެއް ޕްރޮމޯޓު ވާގޮތަށް އެޑިޓް ކޮއްފައި އިން ޕޯސްޓްއެއް. ޓެރަރިސްޓް ޖަމާއަތެއްގެ ރަސްމީ ދިދައެއް ފެންނަ ގޮތައްވެސް އިން އަޅުގަނޑަށް ފެނުނު ޕޯސްޓްގަ. ވަރަށް ޔަގީން ކަމާއެކު ބުނަން ކެރޭ ސައްމާނުއަކީ އިސްލާމް ދީނޭ ކިޔާފަ އަނގަ ހުޅުވާލެވެން ވެސް އޮތް މީހެއް ނޫނޭ... އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމް ކަންކަން ހަމަ ބުއްދީގަ ހުރެ، އެކަންކަން ކުރި، އަދި ކުރަމުންދާ މީހެއް ސައްމާން އަކީ! މިވަރުން ފުދެންވާނެ ތި މިނިވަން ކުރަން ގޮވާލެވެނީ ކިހަާވަރެއްގެ ޒުވާނެއްކަން.
އޭނާ ދޫކޮށްލާ
ޕޮލިހުން މިހާރު ސަހިންދާއަކީ ފިރުޢައުނު ފަދަ އެއްޗަކަށް ހަދައިފި! މުޅިންވެސް ސަހިންދާގެ ދިފާޢުގައި!
ތިޔަފަދަ ފޮޓޯ ޝެއަރ ކުރާނަމަ ހަމަ ހަދަންވީ ތިހެން. ތިކަހަލަ މީހުން އެމީހުންގެ އަނބިންނަށްވެސް ހެވެއްނުވާނެ.
ކީއްވެ އެކުއްޖާ ހައްޔަރު ކުރީ.... ޝަހިންދާ ހައްޔަރުކުރޭ