އިންކަމް ޓެކްސް ނަގަން ތާއިދު ކުރައްވާ ކަމަށާއި ނަމަވެސް ޓެކްސްތައް ނަގަން ވާނީ ވިޔަފާރިވެރިންނަށް ދަތި ނުވާނެ ގޮތައް ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އޭދަފުށީ ދާއިރާގެ މެންބަރު ރެޑްވޭވް އަހްމަދު ސަލީމް ވިދާޅެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ އިންކަމް ޓެކްސްގެ ބިލަށް ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.

ސަލީމް ވިދާޅުވީ މިހާރު ނެގެމުން މިދާ ޓެކްސް ނެގެމުން މިދަނީ ރަނގަޅަށްތޯ ބަލަން ޖެހޭ ކަމަށެވެ. "މިހާރު ނެގެމުން މިދާ ޓެކްސް ނެގެމުން މިދަނީ ރަނގަޅަށްތޯ. ދޮންނަ މެޝިނަކުން 20 އެއާކޯނަކުން 20 ޕަސެންޓް ކުޑަކުދިންގެ ނެޕީ އިން އެބަ ނަގާ 25 ޕަސެންޓް ޑިއުޓީ އެބަނަގާ. މިއިން ކޮންމެ އެއްޗަކީ ވެސް އެއާއި ނުލައި ނޫޅެވޭ ވަރުގެ އެއްޗެހި. އަދި ޖީއެސްސީ ނަގާ، ޕްރޮފިޓް ޓެކްސް އެބަ ނަގާ. އަދި މިހާރު މިދަނީ އިންކަމް ޓެކްސް ނަގަން ތައްޔާރުވަމުން." ސަލީމް ވިދާޅުވިއެވެ.

އޭގެ އިތުރުން ސަރުކާރު އިމާރާތްތައް ވެސް ކުއްޔަށް ދެނީ ވެސް އަގުބޮޑުކޮށް ކަމަށާއި އެންމެ ފަހުން ހުރިހާ ބުރައެއް އުފުލަން ޖެހެނީ ވިޔަފާރިވެރިން ކަމަށް ސަލީމް ވިދާޅުވިއެވެ.

"ވިޔަފާރިވެރިން ތިބީ ޓެކްސްތައް ދައްކަން ތައްޔާރަށް. އަދި ޑިވިޑެންޑުން ޓެކްސް ދައްކަން ޖެހުނު ނަމަވެސް ޓެކްސް ދައްކާނެ. ނަމަވެސް އެއްވެސް ސަރުކާރަކުން ވިޔަފާރިވެރިންނަށް މާބޮޑު އެހީއެއް ނުވޭ. އެމީހުން ކުރާ ބުރަ މަސައްކަތުން ސަރުކާރުގެ އާއްމުދަނީ އިތުރުކޮށްދޭން މިޖެހެނީ." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވަނީ މުދަލު ޒަކާތް ނެގުން މަޖުބޫރުކޮށް ޤާނޫނެއް ފާސްކުރަން އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެ އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ސަލީމް ވިދާޅުވީ ޒަކާތް ނެގުމަށް އިސްލާމްްދީނުގައި އަންގަވާފައި އޮތް ނަމަވެސް އެކަމާއި ބެހޭ ޤާނޫނެއް ގެންނާކަށް އެއްވެސް ސަރުކާރަކުން އިސްކަމެއް ނުދޭ ކަމަށެވެ.

މުއްސަނދިންގެ މުދަލަތުގައި ނިކަމެތިންގެ ހައްޤު އެކުލެވިގެންވާ ކަމަށާއި އެހެންކަމުން އެކަމަށް ވިސްނަން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖާޒީރާ ބޯއީ

    ވިޔަފާރީ ވެރިންނޭ ތިކިޔަނީ އެއީ އަލެފަހެ މަތިންފައިބާ ތިބިބައެއްތަ. ދިވެހި ނިކަމެތި ރައަޔިތުންނަށް ދަތިކޮށްގެންނުވާނެ ވިޔަފާރީކުރެވޭނީ ދައްކަންޖެހޭ އެންމެހާ ޓެކަސްފައިސާ ދައްކާގެން.

    8
    1
  2. ސައްދާމް

    ކޮންމެ ސަރުކާރެއް އަޔަސް ހިހޫތަނުން ކާލާގެން އުޅޭ ބައިގަނޑެއްގެ ތިޔަބުނާ ވިޔަފާރީވެރިންނަކީ. ވިޔަފާރީ ވެރިންނަށް ޖެހޭނީ ހަމަ ޓެކްސްގެ ނިޒާމު ވަރުގަދަކުރަން.

    9
    1
  3. ޒާބިރު

    އަހަންނަށް ހެޔޮ ކޮންމެ ޓެކުހެއް ވިޔަފާރިވެރިން އަތުން ނެގިޔަސް އަހަރުމެން ނިކަމެތި ރައްޔިތުން އަނގައާ އަތާ ދިމާކުރެވެނިކޮށް. އަދި ވިޔަފާރިތަކުގަ މަސައްކަަތް ކުރާ މުވައްޒަފުންގެ މުސާރައާ ކުޅެގެން ނުވާނެ. ވެރިމީހާގެ ޖީބަށް ވަންނަވަރު ކުޑަކުރަންވީ

  4. ހުސޭނުބޭ

    ރައްޔިތުން ފެލައިގެން އަލިފާން ކާ މީހުންގެ އަތުން ގަދަޔަށް ޓެކްސް ނަގަންޖެހޭނެ! ތީގައި ރައްޔިތުން މަޖިލީހުގެ މެމްބަރުން ހަމަ ކޮންމެހެންވެސް ހިމެނެންވާނެ!

    1
    1