ވަޒީފާގެ ބިރު ދެއްކި ނަމަވެސް އިސްލާމް ދީނާ ޚިލާފު ކަންކަން އެއީ ދީނާ ޚިލާފު ކަންކަން ކަމަށް ބުނެދީ ހާމަ ކުރުން ހުއްޓުވާ ނުލެވޭނެ ކަމަށް އައްޝައިހު އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.

އިލްޔާސް މިހެން ވިދާޅުވެފައި މިވަނީ މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އާ ދެކޮޅަށް ބާއްވާ އެއްވުންތަކުގައި ސިވިލް ސާވިސް މުވައްޒަފުން ބައިވެރިވުން ހުއްޓުވަމަށް އެ ކޮމިޝަންގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައި ވާތީއެވެ.

އިލްޔާސް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިތަންމެ މަތީ މަގާމެއްގައި ހުންނެވި ބޭފުޅަކު ވިދާޅުވި ނަމަވެސް އަދި ވަޒީފާގެ ބިރު ދެއްކި ނަމަވެސް ދީނާ ޚިލާފު ކަންކަން އެއީ ދީނާ ޚިލާފު ކަންކަމޭ ބުނުން ހުއްޓުވައި ނުލެވޭނެ ކަމަށެވެ.

"އިލާހީ ކޯފާއިން ސަލާމަތްވުމަށް ނުބައި ކަންތައްތައް ހުއްޓުވައިދިނުމަށް ކަމާބެހޭ ފަރާތްތަކުގައި ދެންނެވޭނެ." އިލްޔާސް ވިދާޅުވި އެވެ.

އިއްޔެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ ރައީސް ނަޝީދާއި ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުން ބައްދަލުކުރައްވާ ހަމަނުޖެހުމަށް ގޮވާލައި އެއްވުންތަކުގައި ސިވިލް ސާވިސްގެ މުވައްޒަފުން ބައިވެރިނުވުމަށް ސީއެސްސީން ބާރު އަޅާ ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ވާކަމަށެވެ. "އެ ބައްދަލު ކުރެއްވުމުގައި ސިވިލް ސާވިސްގެ މުވައްޒަފުންނަށް އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުރިހަމައަށް ލިބިދޭ ކަން މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވި، ނަމަވެސް ހަމަނުޖެހުމަށް ގޮވާލުމަށް ހިންގާ ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވިސް މުވައްޒަފުން ބައިވެރި ނުވުމަށް ސިވިލް ސާވިސް ކޮމިޝަނުން ބާރުއެޅުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި." ނިއުޝާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހިތްވަރު

    ހަމަނުޖެހުމަށް ގޮވާލާ އެއްވުންތަކުގައި ސިވިލްސާވިސްގެ މުވައްޒަފުން ބައިވެރިއެއް ނުވެއެވެ. އެމީހުންނަށް ލިބިދޭ ޙައްޤު ހަނިކުރިޔަސް ދީނާއި، ރަސޫލާއަށް ފުރައްސާރަ ކުރާމީހުންނާ ދެކޮޅަށް އަޑުއުފުލާ ބަޔަކާ ދެކޮޅަށް އަޑުއުފުލަން ބާއްވާ އެއްވުންތަކުގައި ސިވިލްސާވިސްގެ މުވައްޒަފުން ބައިވެރިވާނެއެވެ. އެމްޑިއެންއާ ދެކޮޅަށް ވާހަކަދެއްކުމަކީ ހަމަނުޖެހުމަށް އަޑުއުފުލުމެއް ނޫނެވެ.

    37
  2. އަޙްމަދު

    މިސަރުކާރަކޭ ނިމިދިޔަ ސަރުކާރަކޭ އެއްވެސް ތަފާތެއްނެތް. އޭރު ގޯސްވި ކަންކަން މިހާރު ރަނގަޅު. ނަޝީދު ހިރެގެން ދުވަހަކުވެސް މިޤައުމު ރަނގަޅު ދިމާލަކަށް ނުދާނެ! އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރު ފޭއިލްވަނީ ނަޝީދުގެ ސަބަބުން. ރަނގަޅު އެއްގޮތް ވެސްނެތް ހުސް އަމިއްލަ އެދުމާއިގެން އުޅޭމީހުން!

    28
    2
  3. ޖާޒީރާ ބޯއީ

    އިލްޔާސްގެ ވަރަށްބޮޑު ހިއްސާއެއްވާ މިސަރުކާރު ހަމަމަގަށް އަލުވަންޖެހޭނީދެން އިލްޔާސް

    56
    1
  4. ކާފަބޭ2019

    އަޅުގަނޑުމިއަދުވަރަށްއުފާކުރަން މިޤައުމު އަނދަވަޅަކަށްވައްޓަވާލެއްވިއްޖެކަމަށް ޤަބޫލުކުރެއްވުނީތީ ހިތްވަރާއެކުޤައުމުއަމާން މަންޒިލަކަށްގެންދެވޭތޯމަސައްކަތްކުރަށްވާށެވެ. ކެހިކަނޑުލުގެހިތިފިލުވާށެވެ. ޙައްޤުޙައްޤުގެގޮތުގައި ރައިއްޔަތުންނަށްކިޔާދެއްވާށެވެ. ގުދޯގުދޯގޮވާފަރާތްތަކާ ފެއަށްވަޑައިގެންމިދިވެހިޤައުމު ސަލާމަތްކުރެވޭތޯބައްލަވާށެވެ. ސަލާމް

    21
    1
  5. ާިއިއްމަ

    އަސްލު ދީފައި އިން ހެޑްލައިން ރަނގަޅެއް ނޫން. އިލްޔާސް ބުނަންޖެހޭނީ "އަޑުއުފުލިޔަސް ވަޒީފާގެ ބިރު ދައްކާކަށް ނުޖެހޭ" މިހެން. ބުނަން ނުކެރިގެން ތި އުޅެނީ ކަލޭވެސް ވަޒީފާގެ ބިރުން. ހަޔާތްކުޑަ.

    34
    7
    • -----

      100%

      6
      2
  6. ސުޢޫދު

    ވޯޓްދިނީ ސާލިޙްއައް މުޅިރައްޔިތުން ރަޝެއްގެ ތިބި2000 ވޯޓްގެތެރެއިން 500 ވޯޓްލިބުނުމީހަކު ގައުމުގެބަސް ބުނަނީ މިހެންވާނަމަ ރައީސަކު ހޮވުމުގެ ބޭނުމެއްނެއް ހަރަދުކުޑަވާނެ އެކަކު އިސްތިއުފާދިނީމަ މިހާރުވެސް ބަޖެޓްހުސްވެ ވިޔަފާރިދައްވެ މިދަނީ ވީވައުދުތައް ހުރީއެޅި ޕެންޑުރައިވްގަ ދެންއެފުރިގެން ޑިލީޓްވާނީި،

    20
  7. މުދިންބެ

    އިލިޔާސް މެން ގެނައި ސަރުކާރެއްމީ. މިކަން ހަމަމަގަށް އަޅުވަންޖެހޭނީ އިލިޔާސްމެން. އޭރުވެސް ބުނިން މިވާނީހަމަ މިޔަށޭ. އެކަމު އިލިޔާސްމެން ފައިސާގެ ދަހިވެތިކަމުގައި ކުރިކަމެއްގެ ހިތި ނަތީޖާ ފެނަނަމުން މިދަނީ.

    26
    2
  8. އާމިނަ

    ކޮބާތޯ ލަދު ؟ދުޢާދެއްވާފައޭ ކިޔާ ރައްޔިތުން ގުނބޯ ހެއްދީ. ކަނޑުލުން ހިތި ފިލުވާ.
    ރައްޔިތުން ކިބައިން މާފަށް އެދެންޖެހޭ. ޝެއިޚަށް ޖަޒީރާ ރާއްޖެއާ ޒިރޯ ޓްލަރެންސް. މިހާރު ވ. ސާފުވާނެކަމަށް ޔަޤީން ކުރަނީ.

    18
    2
  9. ވިކުނީ

    މީދެން މިހާރު ކާކުތަ؟ މިހާރު އިތުބާރެއް ނުކުރަން. ތިއީ ސިޔާސީ ސޭކެއް.

    12
    2