އެޗްއައިވީ އަށް މީގެ އަހަރުތަކެއް ކުރިން ޕޮޒިޓިވްވި ދިވެހި އަންހެނަކު އެކަން ސިއްރުކޮށްގެން ހުރެ ކައިވެނިތަކެއް ކޮށްފައިވާކަމަށް "މިހާރު" ނޫހުން ރިޕޯޓް ކޮށްފިއެވެ.

އެނޫހުގައި ބުނެފައި ވަނީ މިހާރު އުމުރުން 40 އާ ގާތްކުރާ، މާލެ އަށް އުފަން މި މީހާ އަށް އެޗްއައިވީ ޖެހުނީ މީގެ ފަސް އަހަރު ކުރިން، ކައިވެނި ކޮށްގެން ހުއްޓަ އެވެ. އެޗްއައިވީ ޖެހުމުން އޭނާ ވަކިކުރި ކަމަށައި ވަރިކުރުމުން ކައިވެނިތަކެއް ކުރީ އޭނާ އަކީ އެޗްއައިވީ ޖެހިފައި ހުރި މީހެއްކަން ސިއްރުކޮށްގެން ހުރެ ކަމަށް، އޭނާ ދަންނަ މީހަކު ކިޔައިދީފައިވެއެވެ.

އަދި އަންހެން މީހާ ކައިވެނިކުރަން އުޅުނު މީހަކަށް، އަންހެން މީހާގެ ހަގީގަތް އެނގުމުން، އެންމެ ފަހު ވަގުތު ކައިވެނި ކެންސަލް ކުރިކަން ވެސް އެނގިފައިވެ އެވެ.

އެޗްއައިވީ ޖެހިފައިވާ އެހެން މީހުންނަށް ރާއްޖޭގައި ފަރުވާ ދޭ އުސޫލުގެ ތެރެއިން މި އަންހެން މީހާ އަށް ފަރުވާ ދެމުން އައިސްފައިވެ އެވެ.

އަންހެން މީހާގެ ކުރީގެ ފިރިމީހާގެ ހާލަތެއް ނޭނގޭ ކަމަށާއި ނަމަވެސް ފިރިހެން މީހާ ވެސް ކައިވެނިތަކެއް ކޮށްފައިވާކަން ވަނީ އެނގިފަ ކަމަށް ނޫހުގައި ބުނެފައި ވެއެވެ.

ރާއްޖޭގައި އެޗްއައިވީ އަށް ޕޮޒިޓިވް ވެގެން ފާއިތުވި 36 އަހަރުގެ ތެރޭގައި ރިޕޯޓުކޮށްފައިވަނީ 25 މީހުންނެވެ. އޭގެ ތެރެއިން 12 މީހަކު ވަނީ މަރުވެފަ އެވެ.

ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ކުއްލިއަކަށް ގިނަ އަދަދެއްގެ މީހުން އެޗްއައިވީ އަށް ޕޮޒިޓިވް ވެދާނެ ކަމުގެ އިންޒާރު ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ދެއެވެ.

އަވައްޓެރި ބައެއް ގައުމުތަކަށް ދިވެހިން ގޮސް އުޅޭ ގޮތުން އެފަދަ މީހުންނަށް ފަސޭހައިން އެޗްއައިވީގެ އަސަރު ކުރުމުގެ ފުރުސަތު ބޮޑުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އައިސީ

    ކިހާ ބޮޑު މުސީބާތެއް. އެޗް އައި ވީ އަށް ޕޮޒިޓިވް ވީމަ ދެންވެސް އެހެންމީހުންނަށް އެކަން ޖައްސްންތަ އުޅެންވީ؟؟؟؟.

    130
    4
    • އެއިޑްސް

      ދެން ޖެހޭނީ ކަލެއަށް

      13
      92
      • ފާދިގު މަކުނު

        ދެން ޖެހޭނީ ކަލެއަށް

        5
        31
        • ކުރަގި

          ދެން ޖެހޭނީ މަށަށް

  2. ދޫނި

    މީނަދޯ އެންމެނަށް އެއިޑްސް ޖައްސަމުން މިދުވަނީ ލަދުކުޑަ އަންހެނާ.

    84
    2
  3. ސޮނިފުހޭ

    ޕަބްލިކަށް އެފަދަ މީހުން އެގެންޖެހޭ އެހެންމީހުންގެ ސަލާމަތައްޓަކައި

    125
    1
  4. މީހާ

    ޕޮޒިޓިވް ވީމަވެސް މިމީހުން ތިބެނީ މުޖުތަމައުއަށް ދޫކޮށްލާފަތަ؟ އެމީހަކު ބޭނުން މީހަކަށް އެއިޑްސް ޖައްސަމުން ބުވަން ފުރުސަތުދީފަ މިއޮންނަނީ!

    106
    3
  5. ކާފަ

    މައްސަލައަކީ ސަރުކާރުން މިފަދަމީހުން ސިއްރުކުރާކަން، ކޯޓުތަކުން ނުވަތަ ޑީއެންޢާރުން ނޮވަތަ ހެލްތުން މިފަދަމީހެއްތޯ ޗެކްކުރެވޭނެ އިންތިޒާމް ހަޖެއްސުން ވަރަށް ރަނގަޅުވާނެ.

    72
  6. އެންދެރި

    އެޗްއައިވީ ޖެހިފަހުރި މީހަކާ ކައިވެނި ކުރެވިދާނެއެވެ . ކުރީން ބެލޭނެ ގޮތެއް ނެތެވެ.

    46
  7. ހޯރަ

    ކިހާދެރެ ކަމެއް ތީ ސަރުކާރުގެ މައްސަލަ އަދިވެސް އޭނަ އެއީ ކަަލުލަމެއް ހެން ފޮރުވަން ވީ އޭރުން ގިނަ ރައްޔިތުންމަށް އަސަރުލުރާނީ

    35
    3
  8. ޒީ

    މީ ހާދަހާވާ ނުބާ ބަޔެކޭ.
    އެނގިތިބެ ގަސްދުގަ މީހުންނައް އަނިޔާދެމުން އެދަނީ ކީއްވެބާ؟
    އެކައިވަނި ތަކައް ދަރިންލިބިފަވާނަމަ އަންނަން އޮތްޖީލު ފަނާކުރަން ހުޅު ރޯކުރުުުުުމައްނުުުުުވާނެތޯ!
    މާދަމާގެ ޅަޖީލް ހަލާކައް ވައްޓާލަނީ ކީއްވެ؟
    މިމީހުން ކައިވެނި ކޮއްދޭއިރު އިތުބާރުކުރެވޭފަދަ ލިޔުމެއް އޮވެގެން ނޫން ގޮތަކައް ކައިވެނި ނުކުއްދީ!

    17
  9. މުހާ ސައްތާރު

    އެހެންއެވަނީ އެ މީހުންސިއްރުކުރާތި ، ހުރިހާ މުއައްސަސާއަކަށް އަދިހުރިހާ ރައްޔިތުންނަށް އެބައެގެންޖެހޭ މިކާކުކަން މ މުޅިންވެސް ސިއްރުކުރުން . .

    26
  10. ޔާރާ

    ނުބާމަގުން ދަރިން ދިއުމަށް ފުރުސަތު ނުދެއްވާ!
    މިނުބާ ޖަރީމާ ކުއްވެރިކުރަން!
    ކުއްނުކުރާބަޔަކައްވެސް މިޖެހުމުގެ ފުރުސަތު މިހެންވުމުން އެބަލިބޭ!
    ޒިނޭ ނުކުރާ ސާފު ތޯހިރު ބަޔަކައް ކައިވަނި ކުރުމުން މިބަލި ޖެހޭގޮތް މި އޮތީވެފަ!
    ސަރުކާރުން މިކަން ހައްލު ކުރުމައް މަސައްކަތް ކޮއްދެއްވުންއެދެން!

    15
  11. މަނީލާ

    މަޗާ އޭޑުސް .. ވަގުތީ އުފަލުގެ އެކުވެރިޔާ އޭޑުސް.

    18
  12. ޓަކަފިރޯށި

    ތިހިރީ ކަންކުރާގޮތް އެން މެ މީހެއްގެ މަސްލަހަތައްޓަކާ އެތައްބަޔެއް ނުރައްކަލުގެ ތެރެއައް ވައްޓާލީއެވެ. ހޭދެބައި ވެފަ ގާނޫނުހަދާ މީހުނާ ގަވައިދު ހަދާ މީހުން ހީވަނީ މިމ މުޖުތަ މައު ނުވެސްދަންނަ ބަޔަކީހެން

    23
  13. ޞޮދުކނެއް

    އެހާ ބޮޑު ބައްޔެއް ޖެހުނީމަ ވެސް އޭނާގެ މައުލޫމާތު ސިއްރު ކުރަން ޖެހޭ ވިއްޔަ. ދިވެހިންނަކީ އެއެއް މިއެއް ނުބަލާ ޒިނޭ ކުރަމުންދާ ބައެއް ކަން މި ރާއްޖޭގެ ސިއްހީ ދާއިރާއަށް ނޭނގި ނުހުންނާނެ. އަހަރެން ކިތައްމެ ރަގަޅަށް އުޅުނަސް އަހަރެންގެ ފިރިމީހާ އެމީހާއާ ޒިނޭ ނުކޮށް ހުންނާނެއެކޭ ބުނަން ވެސް ނޭނގޭނެ. ޢެފަދަ ރާއްޖެއެއް މީ! ބިރުކުޑަ ދިވެހިން.

    30
    1
  14. ނަންް

    ކައިވެނި ކުރުމުގެ ކުރިން އެޗްއައިވާ އަދި ތެލަސީމިއާއަށް ޓެސްޓު ކުރަން ޖެހޭ ....ފެމިލީ ކޯޓުން ބަލަންޖެހޭ ވަރަށް ނުބެލޭތީ ވާގޮތްގޮތް

    14
  15. ބޮއްލަބެ

    ޥަރަށް ހިތާމަ ހުރިކަމެއްމީ’ މިއަށްވުރެއް ޒިންމާދާރު ވާންޖެހޭނެ ކަމާބެހޭފަރާތް ތަކުން، ތިކަމުގައި ތިއޮތީ ހަމަރަނގަޅަށްވެސް ހެލްތުމިނިސްތިރީ ފެއިލްވެފަ ނޫނީ މުޅި ދައުލަތްވެސް، ކީއްތޯވާނީ ކައިވެނި ކޮށްދޭ ކޯޓަށް މިކަހަލަ މީހުންގެ މައުލޫމާތު ހާމަކޮށްލަން، ތިމާމެނަށް މިމީސްމީހުން މޮނީޓަރކޮށް ނުބެލެ ހެއްޓޭއިރު، އަދިވެސް ރަތްޔިތުންގެ އަތުން ބޯކޮށް ޓެކްސް ނަގައިގެންވވީ?، މުޅިންވެސް ޜަޓްޔަތުންނަށް އިހުމާލް......... މިކުޑަ އާބާދީ ނެތިދިއުން ވަރަށްގާތް.

    2
    1
  16. Anonymous

    ޥަރަށް ހިތާމަ ހުރިކަމެއްމީ’ މިއަށްވުރެއް ޒިންމާދާރު ވާންޖެހޭނެ ކަމާބެހޭފަރާތް ތަކުން، ތިކަމުގައި ތިއޮތީ ހަމަރަނގަޅަށްވެސް ހެލްތުމިނިސްތިރީ ފެއިލްވެފަ ނޫނީ މުޅި ދައުލަތްވެސް، ކީއްތޯވާނީ ކައިވެނި ކޮށްދޭ ކޯޓަށް މިކަހަލަ މީހުންގެ މައުލޫމާތު ހާމަކޮށްލަން، ތިމާމެނަށް މިމީސްމީހުން މޮނީޓަރކޮށް ނުބެލެ ހެއްޓޭއިރު، އަދިވެސް ރަތްޔިތުންގެ އަތުން ބޯކޮށް ޓެކްސް ނަގައިގަންވީދޯ?، މުޅިންވެސް ރަތްޔިތުންނަށް އިހުމާލް......... މިކުޑަ އާބާދީ ނެތިދިއުން ވަރަށްގާތް.

  17. ޔާރާ

    މިހާރު އިންނާނީ މީ އޮޅިގެން ނެރެފަ އިން ގޭސް ހޮޅިޔަކައް ބަދަލްވެފަ ކަންނޭނގެ!
    ލާދީނީ އޮއްބާލަން ކުރިކަމެއްބާ؟

    3
    1
  18. ބެެއްޔާ

    އަސްލު މިކަމަކީ ވަރަށް ނާޒުކު ބިރުވެރި ކަމެއް.. މީގެ ސަބަބުން އެތައް ބަޔަކަށް މި ބަލި ފެތުރުމުގެ ބިރު ވަރަށް ބޮޑު.ވަކިން ޚާއްސަކޮށް މިހާރު މިއުޅޭ ދަތް ހީލިކަރުވާ ޅަ ކުއްޖަކަށް މިބަލި ޖެހިއްޖެ ނަމަ މަސް ދުވަހު ތެރޭގަ އެތައް ބަޔަކަށް މިބަލި ޖެހުމުގެ ފުރުސަތު ވަރަށްބޮޑު.. ޤާނޫނެއް ފާސްކޮށްގެން ވިޔަސް ސަލާމަތީ ޚިދުމަތް ތަކަށް ގޮވާލަން މިފަދަ ބަލިޖެހިފަ ތިބޭ މީނުންނަށް ޚާއްސަ ސަމާލުކަމެއްދީ މިކަހަލަ މީނުންގެ ހަރަކާތް ތައް ބަލާ އެހެން މީނުން މިކަމަށް ހުށައެޅުނަ ނުދިނުމަށް.. އެހެންނޫންނަމަ ލަސްތަކެއް ނުވެ މިބަލި ފެތުރި ޤައުމު ބިރުވެރި ކަމެއް ތެރެއަށް ހުށައެޅިދާނެ..

    2
    1
  19. ޖިންނި

    ތީ ހަމަ '' ޑިމޮކްރަސީ '' ގެ ބަލާ އެކަހަލަ ނޭއްގާނީ ކޮންމެ ކަމެއްގެ ހިމާޔަތުގަ އޮންނަ ނިޒާމެއް އަކީ

  20. އާމިނަ

    ހެވެންނު ކިތައްމެ ގިނަ މީހުންނަކާ އިނަސް

    ސަރުކާރުން މިމީހުން ސިއްރު ކުރަނީ ވިއްޔަ.

  21. ހަމަހަމަ

    ކައިވެނި ކުރުމުގެ ކުރިން ލޭ ޓެސްޓު ކުރުން މަޖުބޫރު ކުރަންވީ. ޢަދި ގަސްތުގައި ތި ކަހަލަ ކަންތައް ކުރާ މީހުންނަށް އަދަބު ދޭންވީ.