ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ފަތުހުﷲ ޖަމީލް އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަސްމާ ޝަފީއު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަތުހުﷲ އަށް ރުހުން ދިނުމަށް ފާސްކުރީ އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަގާމަށް އަސްމާ ޝަފީއު އަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 81 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވީ މީރާގެ ކުރީގެ ޑިރެކްޓަރު ފަތުހުﷲ ޖަމީލާއި ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނާ އިސްމާއިލް ނާޝިދުގެ ނަންފުޅެވެ.

މީރާގެ މި ދެމަގާމު ހުސްވީ ޓެކްސްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން ގެނައި އިސްލާހަކާ ގުޅިގެންނެވެ. މި ދެ މަގާމުގެ ތެރެއިން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޔަޒީދު މުހަމަދެވެ. އަދި ޑެޕިއުޓި ކޮމިޝަނރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވީ ހަސަން ޒަރީރެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. 19 ނަވާރަ

    މަރުހަބާ ދެކުދިންނަށް

    1
    2
  2. ނޫސްވެރިޔާ

    ތީ ނަމެެއްގައި މީރާއަށް ލީ ދެ ޕަޕެޓުން. މީރާ ހިންގާނީ ސަރުވަޝް އާ ފިނޭންސް މިނިސްޓަރ އަމީރާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް. މީރާގެ ދެން ތިބޭނީ އަޅުން

    6
    2
  3. ސީ

    ތިޔަ ތާކު ނޭތް ހިންގޭނެ އެއްވެސް މީހެއް. ދެމީހުްނ ކުރެ މީހަކީ އަތުން ކަމެއް ކުރަން އިނގޭ މީހެއްނޫން.. ތިޔަ އަސްމާ އަކީ ބޮޑާ ކަމާ ކިބުރު ވެރިކަމުގެ ހައްދު. ތިޔަ ފަތުހުއްﷲ ގެ އޮންނާނީ އެހެންކަމެއް

  4. މަރީ

    އަސްމާ އަށް އިނގޭނެ ސްޓާފުންނާ ޖައްސާލައި ކަނޑާލަން. އޭނައާ އެކު ސްޓާފުންނަށް ހިފަހައްޓާ ނުލެވޭނެ. ސްޓާފުންނަށް ޖައްސާ ހުރިހާ އުދަނގުލެއް ޖައްސާ މީހަކީ އޭނަ އާއި އެޗް އާރް.. އެކަމަކު ނަންވާނީ އެހެން މީހުން