(ހދ. ހަނިމާދޫ)ހދ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ކޮޗިންއާ ދެމެދުގެ ދަތުރުތައް މިއަދު ފަށާއިރު،މިހާރު ހަނިމާދޫ އެއާޕޯޓް ތެރޭގައި ފޯރީގައި ކުރިއަށް ދަނީ ކަބަޑު ތަޅުދަނޑި ހޯދުމުވެ.

މިވަގުތު ހަނިމާދޫގައި ތިބި ފަރާތްތަކަށް ހިލޭ ކޮޗިން އަށް ދާން ރަނުގެ ފުރުސަތެއް ދޭން މޯލްޑިވިއަނުން ނިންމުމުން ގިނަ ބަޔަކު މިހާރު ދަނީ އެއާޕޯޓް ތެރޭގައި ތަޅުދަނޑި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ކަބަޑު ތަޅުދަނޑި ހޯދުމުގައި / ވަގުތު އިމޭޖަސް : ރީއާން ރަޝީދު

އެއާޕޯޓުގެ ޑިޕާޗާ ހޯލް ކައިރީގެ ކޮންމެވެސް ހިސާބެއްގައި އެ ތަޅުދަނޑިތައް ފޮރުވާފައި އެބަ ހުއްޓެވެ.

މި ދެކޮޅު ޓިކެޓު ހުރި ކަބަޑު ހުޅުވޭ ފަރާތަތްކަށް ކޮޗިން އަށް ދާން ދެކޮޅު ޓިކެޓު ލިބޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ކަބަޑު ތަޅުދަނޑި ހޯދުމުގައި / ވަގުތު އިމޭޖަސް : ރީއާން ރަޝީދު

ތިން ވައްގަޑުލީ އެ ކަބަނޑު ހުޅުވައިގެން ދެ މީހަކު ޓިކެޓް ހޯދައިފިއެވެ.

މޯލްޑިވިއަން އިން ވަނީ މި ކަބަޑުގެ ތަޅުދަނޑިތައް ހޯދާ ފަރާތްތަކުގެ ތެރެއިން ޓިކެޓް އޮތް ކަބަނޑުގެ ތަޅުދަނޑި ހޯދާ ހަތަރު ފަރާތަކަށް ހަނިމާދޫ-ކޮޗިން ދެކޮޅު ޓިކެޓް ދޭން ނިންމާފައެވެ.

އެ އެއާލައިނުން މައުލޫމާތުދިންގޮތުގައި، ހަނިމާދޫ-ކޮޗިން އާއި މާލެ-ކޮޗިން އާ ދެމެދު ކޮންމެ ހަފްތާއަކު ތިން ދަތުރު ކުރާނެއެވެ. ހަނިމާދޫން ކޮޗިން އަށް ދެކޮޅު ޓިކެޓު އުޅެނީ 199 ޑޮލަރަށެވެ. މާލެ އާއި ކޮޗިންއާ ދެމެދުގެ ޓިކެޓް އަގަކީ ދެކޮޅަށް 150 ޑޮލަރެވެ.

ފުރަތަމަ ޓިކެޓު ހޯދި ފަރާތް

މޯލްޑިވިއަން އިން ބުނީ ކޮޗިންއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމާފައިވަނީ ބޭސްފަރުވާއަށް ދާ މީހުންނަށާއި އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއައުމަށް ފަސޭހަ ފުރުސަތުތަކެއް ހޯދައިދިނުމަށް ކަމަށެވެ.

ހަނިމާދޫ - ކޮޗިންއާ ދެމެދު މޯލްޑިވިއަންގެ ދަތުރު ފެށިިއިރު، އެ އެއާލައިނުން ދަނީ ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރު ކުރަމުންނެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު މަންޒިލްތަކަށް ދަތުރު ކުރުމަށް ތައްޔާރުވަމުން އަންނައިރު، އެ މަސައްކަތުގެ ތެރެއިން އެ އެއާލައިނުން އޭ 330 މަރުކާރުގެ ދެ ބޯޓު ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.