އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމްގެ މައްސަލައެއް ހުށަހަޅައިފިއެވެ.

އޭސީސީއަށް ހުށަހަޅާފައި ވަނީ ބިޝާމް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދީފައިވާ މައްސައެކެވެ. މި މައްސަލަ އޭސީސީއަށް ހުށަހަޅާފައި ވަނީ އަމިއްލަ ފަރާތަކުންނެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރުމާ މެދު އެ ކޮމިޝަނުން އަދި ވަކިގޮތެއް ނުނިންމައެވެ.

މި މައްސަލަ ހުށަހެޅި ފަރާތުން އޭސީސީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ރާއްޖޭގެ މިނިވަން ކަމުގެ ރަންޔޫބީލްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްވި ޖާފަތް ތައްޔާރުކުރުމަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ނިއުޕޯޓާ ހަވާކުރި ކަމުގެ ތުހުމަތުގައި، އޭރު ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ފޮނުވި މައްސަލާގައި އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ދައުވާ ނުކުރުމަށް ބިޝާމް ނިންމަވާފައިވާ ކަމަށެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުގައި މުންދުގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީން ފޮނުވި މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމާފައިވާއިރު، ޕީޖީ ބިޝާމްއަކީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ނިއުޕޯޓާ ހަވާކުރުމަށް ނިންމި ކޮމިޓީގައި މުންދުއާއެކު އެ ނިންމުން ނިންމުމުގައި ބައިވެރިވި ފަރާތެކެވެ.

އެހެންކަމުން އެ މައްސަލައަކީ ޕީޖީ ބިޝާމްގެ މައްޗަށް ތުހުމަތު ކުރެވޭ ގޮތަށް އޮތް މައްސަލައެއް ކަމަށްވާއިރު، އެ މައްސަލާގައި ދައުވާ ނުކުރުމަށް ނިންމި ނިންމުމަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި ހޯދައިދިނުމުގެ އަމަލެއް ކަމަށް ސިޓީގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަނބާ

    އެމްޑީޕީގެ މެމްބަރެއް ނުވަތަ އެމްޑީއެންގެ މެމްބަރަކާ ބެހޭގޮތުން އެއްޗެއް ބުނާ ކޮންމެ މީހަކު ކޮންމެވެސް އެއްޗެކޭ ކިޔާފައެމީހެއްގެ އަބުރު ދުއްވާލާނެއެވެ. އެހެންނޫނީ ކަމެއް އަޅުވާފަ ބަންދު ކުރާނެއެވެ. މީ މިއަދު މިގައުމުގެ ޙާލަތު އޮތް ގޮތެވެ. މިވެރިކަން ދެމިއޮތްހާ ހިނދަކު ކަން އޮންނާނީ މިހެންނެވެ. އިރާދަކުރެއްވިޔާ ލަސްތަކެއްނުވެ މިނުން ދުވަހެއް ފެންނާނެއެވެ.

  2. ނުކިޔާތިހެން

    މީބަޔަކުމީހުން ނުލިބިގެންއުޅުނު އިންސާފުވެރި ވެރިކަމެއްނު

  3. ހޯރަ ބޭ

    އަވަސްކުރޭ ވަކިކުރަންވީ