ސިވިލް ސާވިސް މުވައްޒަފުން ނުރަސްމީ ގަޑި ތަކުގައިވެސް ފިތުނަ އުފެދޭ ގޮތަށް މަސައްކަތް ނުކުރަށް ސިވިލް ސާވިސް ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.

މި ކޮމިޝަނުން މިފަދަ އިލްތިމާސެއް ކޮށްފައި މިވަނީ "ޤައުމީ ދުވަހުގެ އިލްތިމާސް" މި ނަމުގައި އެ ކޮމިޝަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ނެރުނު ނޫސް ބަޔާނެއްގައެވެ.

"ރަސްމީ ގަޑީގެ ބޭރުންވެސް ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށާއި ބައިބައިވުމާއި ދެބަސްވުންތައް ނުވަތަ ފިތުނައާއި ފަސާދަ އުފެދޭގޮތަށް ފުރުސަތު ނުދިނުމަށާއި ކަންބޮޑުވުމާއި ނުތަނަވަސްކަމަށް ފަހިވާގޮތަށް ޖާގަނުދިނުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން އެންމެހާ ސިވިލް ސަރވިސް މުވައްޒަފުންނަށް އިލްތިމާސް ކުރަމެވެ" އެ ކޮމިޝަނުގެ ބަޔާނުގައި ވެއެވެ.

އެ ކޮމިޝަނުން މިފަދަ ބަޔާނެއް ނެރި، ނުސީދާ ގޮތެއްގައި މުވައްޒަފުންނަށް އިންޒާރެއް ދީފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ކޮމިޝަނުގެ މެމްބަރުންނާއި ބައްދަލު ކުރައްވައި އެމްޑީއެން އާއި ދެކޮޅަށް ބާއްވާ އެއްވުންތަކުގައި ސިވިލް ސާވިސް މުވައްޒަފުންގެ ބައިވެރިވުން ހުއްޓުވަން މަޝްވަރާ ކޮށްފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

"ޙިޔާލު ތަފާތުވުމާއި ދެބަސް ބަހުސް އުފެދޭ ކަންކަމުގައިވެސް، ރުޅި އިސްނުކޮށް ކެތްތެރިކަމާއި، ހެޔޮ ވިސްނުމުގެ ބޭނުންހިފައި ޤައުމާއި ރައްޔިތުންގެ މެދުގައި ބައިބައިވުމާއި، ފިތުނަ ފަސާދަ އަށް ޖާގަ ނުދެވޭ ގޮތެއްގެ މަތިން ބަސްމަގާއި އަމަލުތައް ގެންގުޅުމަކީ މިފަދަ ކަންކަމުގައި ކަންކުރަން އޮންނަ އެންމެ މޮޅު ގޮތްކަމާއިމެދު ޝައްކެއްނެތެވެ. އެހެންކަމުން، މީހަކު ބުނީތީ ކަމުގެ ދެކޮޅު ބެލުމެއްނެތި، ކަންކަމުގައި ޝިއާރުފާޅުކޮށް ހަރުކަށި އަމަލުތައް ހިންގުމަށް ހިތްވަރުދީ ހެދުމަކީ ސިވިލް ސާރވަންޓުންގެ ސުލޫކީ މިންގަނޑާއި ޙިލާފުވާ ކަންކަމުގައި ވެސް ހަނދާންކޮށްދެމެވެ" އެ ބަޔާނުގައި އިތުރަށް ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން ބައެއް އާއްމު ރައްޔިތުން ދަނީ މުހައްމަދު ނަޝީދު ސިވިލް ސާވިސް ކޮމިޝަނަށް ނުފޫޒު ފޯރުވަމުން ގެންދާ ކަމަށް ތުހުމަތު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކޮއި

    މީޙަކުބުނާއިރައް ތިޔަބުނަނީީނަށާށޯ ޠިއޯބޮޑުވަރު

    18
  2. ނައިބު

    އެމީހަކު ދީނޭ ކިޔާގެން ކޮންމެ ވާހަކައެއް ދެއްކިޔަދް އޯކޭ އެހެން އިސްލާ ދީނޭކިޔައިފިނަމައެވޯގޯ

    13
  3. ނަޖު

    ބަލަގަ ތިޔައަޅަނީ ކަޑަޢެޅިގެންއިސްލާންދީނައް ހުރަސް މިގަުގަ ގިނައީމުސްލިމުން އެމީހުންއިސްލާންދީނުގެ ހިމާޔަތުގާ އަޑުއުފުލާނެ ވަޒީފާގެ ދަހިވެތިކަމުގާ މުސްލިމުންގެ އަގަމަތީ އަތް އަަޅަން އުަޅެނެކަމެނެއް އެކަމެނުވާނެ މީހުން މަގުނުފުރެދުމައް ގޮވާލަން # ބޭން އެމްޑީ އެމް

    19
    1
  4. ހުސައިން

    ފުރަތަމަ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފިތުނަ އުފެއްދުން ހުއްޓުވާބަލަ.

    21
  5. ކަމަނަ

    ބަލަ އިސްލާމްދީނުގެ ދިފާއުގާ ދައްކާ ވާހަކައަކީ ފިތުނަ އުފެއްދުންކަމަށް އޮތީ ކޮންފޮތެއްގައިތަ ލިޔެފާ.

    21
  6. ބޭއިންސާފުގެދަތުރު

    މީސްތަކުންނޭ އަހަރެމެންގެމިނިވަންކަން ގެއްލި ނުލަފާބައެއްގެ އަތްދަށުގަ އަޅުވެތިނުވަނީސް މިކަމުންސަލާމަތްވޭތޯބަލާ އެހެންނޫނީ ދުވަސްކޮޅަކުންފެންނާނީ ކޮންމެމީހެއްގެއަނގަމަތި ފަހާފަހުއްޓާ#ބޭންއެމްޑީއެން

  7. އެންދެރި

    އިސްލާމް ދީނުގަ ކަބް އޮތް ގޮތް ހާމަ ކުރުމަކީ އެއްވެސް މީހަކާށް ހުއްޓު ވޭނެ ކަމެއް.ނޫނެވެ. އަދި މުންކަރާތް ނަހީ ކުރަން ޖެގެ އެވެ .

  8. ހުސޭނުބޭ

    ކަލޯގެޔާ! ޖިންނިއެއްތަ ސިވިލް ސާވެންޓުންނާ ފާވެގެން އެ އުޅެނީ! ސިވިލް ސާވެންޓުން ކާގަޑިއާއި، ފެންވަރާ ވަގުތު އެއްދާންކުރާ ވަގުތުއާއި ދަރިންވިހާ ވަގުތުވެސް ޚިޔާލުފާޅުނުކުރުމަށް އިލްތިމާސްމިކުރަނީ ކޮން ގަމާރުންތަކެއް އެތަނުގައި ތިބެގެން! ބޭން އެމްޑީއެން!

  9. ސިވިލްސާވަންޓް

    ތިޔައީ އަޅެ ލާދީނީ ކޮމިޝަނެއްތަ؟ އިސްލާމް ދީނަށް ކޮންމެ ފުރައްސާރައެއް ކުރިޔަސް އަޅާނުލާ ތިބޭށޭތަ ތިބުނަނީ ، ބަލަ ސިވިލްސާވަންޓުންގެ ތެރޭގައިވެސް ދީނަށް ލޯބިކުރާމީހުން އުޅެޔޭ ، ސިވިލްސާވަންޓުނނަކީ އެއިރެއްގަ އޮންނަ ސަރުކާރެއްގަ ތިބޭ ސިޔާސީ މީހުންގެ އަޅުންތަ؟ އެމީހުން ބުނެފިއްޔާ ސިވިލް ސާވަންޓުން ޖެ ހޭ ޤަވައިދާއި ޤާނޫނާ ޚިލާފުވިޔަސް އަދި ދީނާ ޚިލާފުވިޔަސް އެބުނާގޮތަކަށްޢެކަމެއެއް ކުރަން، އެކަމެއް ނުކޮށްފިޔާ ސިވިލްސާވަންޓުން އެއްބާރުލުން ނުދޭކަމަށްވާނި އެހ ހިސާބުން އަވަ ހަށް އެމީ ހަކު ބޭރުކުރަންވީ މި ޢަޖައިބެއްކަހަލަ ކަމެއްނުން ސިވިލްސާވިސްކޮމިޝަނަށް ބުނެލަން އޮތީ ލާދީނީ ބައިގަނޑު ފަ ހަތުން ތިމީ ހުން ދުވިޔަސް އަހަރެމެން މިތިބީ މާތްވެގެންވާ އިސްލާމް ދީނުގައި ސާބިތުވެގެންނޭ ދީނާކުޅޭ ކޮންމެ މީހެއްގެ ފަ ހަތުން ދުއްވައިގަންނާނަމޭ ރަސްމީގަޑިއެއް އެހެ ހެންގަޑިއެއް ނޯންނާނެ ކަލޭމެން ހީނުކުރާތި އަހަރެމެންނަށް ރިޒުޤު ލިބެނެނީ ކަލެމެން ދިނީމަޔޭ ވަޒީފާއަކަށް ބިރެއްނުގަންނާނެ، ލާދީނީ ބައިގަނޑުގެ ޕަޕެޓަކަށްވެގެން ފާޑުފާޑުގެ އެންގުންތައް އަންގާނެކަމެއްނެތް ދީނާ ދެކޮޅަށް އަމުރު ކުރާ ވެރިންނަކަށް ކިޔަމަންވުމެއްނެތް ބޮލެއް ނުލަނބާނަން