މަރުގެ އިންޒާރުދޭ މީހުންނަށް ހަރުކަށިކޮށް ހިތުމަކީ ގޯހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަރުގެ އިންޒާރުދޭ މީހުންނާއި ބިރުދައްކާ މީހުންނަށް ފިޔަވަޅު އެޅުމަކީ ބޭނުންތެރި ކަމެއް ކަމަށާއި އެހެން ނަމަވެސް އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަކީ ގޯހެއް ކަމަށެވެ. އެފަދަ ފަރާތްތައް ހައްޔަރުކޮށް ޖަލަށް ލައިފިނަަމަ އެކަމުގެ ނަފްރަތު އުފެދުން ކައިރި ކަމަށާއި ކަމާބެހޭ ފަރާތްތަކުގެ އަމާޒަކަށް ވާން ވާނީ އެފަދަ ފަރާތްތަކަށް ނަސޭހަތްދީ އިސްލާހު ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު މީގެ ކުރިން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މީހުން މެރުމަށާއި އަނިޔާވެރިކަމަށް ގޮވާލާ އެންމެންނާއި މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި އިސްލާމް ދީނުގެ ނަމުގައި މުޅި ރާއްޖެ ހަމަނުޖެހުމުގެ ތެރެއަށް ދާން ދޫކޮށްލުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށްވެސް އެޓްވީޓުގައި ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލައާއި ގުޅިގެން މެރުމަށް ގޮވާލި މީހުންގެ ލިސްޓުގައި ހުދު ރައީސް ނަޝީދު ވެސް ހިމެނިވަޑައިގަންނަވައެެވެ. ރައީސް ނަޝީދުގެ އިތުރުން އެރިޕޯޓުގެ މޭސްތިރި ޝަހިންދާ އިސްމާއިލް އާއި، ކުރީގެ އެމްޑީއެން މެންބަރ އަދި މިހާރު ޕޮލިސް ކޮމިޝަނަރގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު މަލާލުމަށް ސޯޝަލް މީޑިއާގައި ވަނީ ބަޔަކު ގޮވާލައިފައެވެ.

ރައީސް ނަޝީދު މީހުން މެރުމަށް ގޮވާލާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުން އަވަސް ކުރުމަށް ގޮވާލި ނަމަވެސް އެމްޑީއެން ކުއްވެރިކޮށްފައެއް ނުވެއެވެ. އެމްޑީއެން އާއި މެދު ފިޔަވަޅު އެޅުމަށް ޖަލްސާއެއްގެ ތެރެއިން ގޮވާލި ނަމަވެސް އޭގެ ފަހުން އެމަނިކުފާނު ވަނީ އެމްޑީއެންގެ ރިޕޯޓު ކުއްވެރިކޮށް ވާހަކަދެއްކުމުން ރިޕޯޓުގެ މައިގަނޑު މަގްސަދު ގެއްލޭ ކަމަށް ވިދާޅުވެފައެވެ.

އަދި އެރިޕޯޓުގައި ހިމަނާފައިވާ "ލާދީނީ" ވާހަކަތަކަށް ވުރެ ދީނީ އިލްމުވެރިންނާއި ދެކޮޅަށް ދައްކާފައިވާ ވާހަކަތައް ތަހުގީގުކުރުން މުހިއްމު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޑެއިލް

    އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަކީ ގޯހެއް ކަމަށެވެ. ބަލަ އެބުނީ މީގެ އިދިކޮޅުކަމަށް. މީއަޅެ މީނަ ލިޔެގެން އުޅޭ ރިޕޯޓެއްތަ. ރައީސް މީހާއަށް ބޮޑުކަމަކަށް ނުވާ ކަންކަމާއި މީނަ މިއުޅެނީ ކީއްވެ؟؟؟

    23
    2
  2. އެހެންތަ

    ބިރު ވެސް ގަންނަ ސޮރެއް މީ..ނޫނޭ ކަލޭ ވާނެ މީހަކު އެއްްްޗެއް ޝެޔާ ކޮއްލާ އިރަށް.އެމީހަކު އުފުރާލަން

    34
    2
  3. ޓިނު

    ދދެފަހަރު އެކައްޗެއް ކިޔާބަލަ

    25
    1
  4. ހުރާގަނޑު

    އެންމެފަހުން ބިރުގަނެފަ ހުރިވަގުތު މިކަލޭގެއަށް މިހިންބުނެވުނީތީ ނިދާގަޑީގައި ފޯރިހުންނާނެތާދޯ!

    23
    2
  5. ޫތޔތ

    ފިރުއައުނު ނަމުރޫދު ގާރޫނު ހިއްޕެވިފަދައިން މިކަލޭގެވެސް ހިއްޕަވާފާނދޭވެ. ޢާމީން

    41
    3
  6. ތެދު

    ބޮޑު މުނާފިގެއް (މީހުންގެ ބޮލައްސަވާރުވާން ދެއިރު ދެގޮތައް) ނުލަފާ މީހެއް

  7. Anonymous

    ލާދީނީ މުރުތައްދު މީހުންގެ ސިންޕަތީ ހޯދަން ނޫޅޭތި. ކަލެޔަކީ މަކަރުވެރި ހިޔަޅެއް

  8. ޕުރޭނާ

    ބިރުވެސް ފިސާރިގަނޭމަރުދެކެ އެކަމަކު ޖާހިލްކަން ދޫކުރާގޮތެއް މިސޮރުގެ ނެތެންނު!
    ﷲ އާ އެކަލާންގެ ރަސޫލާއަށް ފުރައްސާރަ ކުރާއިރު މީނަ ހިތައް ނާރާދޯ!
    ފުރާނަ ދެއްވަނީ އެކަލާންގެކަމެއް!
    ހާމާނުވެސް އުޅުނެންނު މަރުވިއިރުވެސް މުދާގަނޑު
    ހިފާގެން!
    މިސޮރައްވެސް ވާނީއެހެން ކަންނޭނގެ!
    ހެއްދެވިފަރާތާ ޖަދަލް ކުރެވޭނީ ކާކައް!
    ތިމީހާ ބިރުވެތި ވެބަލަ އެފަރާތުންދެއްވި ނިއުމަތައް ސުކުރުކުރަން ދަސްކޮއް ތައުބާވެބަލަ!