މޯލްޑިވިއަން ޑިމޮކްރެސީ ނެޓުވޯކް، އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާ އާ ދޭތެރޭ ފިޔަވަޅު އަޅަން މި ސަރުކާރުން ނޫޅޭ ކަމަށާއި، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ފެނިގެންދަނީ އެއް ޤައުމުން، އަނެއް ޤައުމަށް ދަތުރުކުރައްވާ މަންޒަރު ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިގޮތަށް ވިދާޅުވީ އެމްޑީއެންއާ ދެކޮޅަށް ފިޔަވަޅު އެޅުމަށާއި، އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ ޕީޕީއެމް-ޕީއެންސީގެ ފަރާތުން މިރޭ ޕީޕީއެމް އޮފީހުގެ ކުރިމަތީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަމުންނެވެ.

މި އެއްވުމުގައި ޕްރޮގްރެސިވް ކޯލިޝަނަށް ނިސްބަތްވާ ގިނަ ލީޑަރުންނާއި އެމްޑީއެން އާއި ދެކޮޅު ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ރައީސް ޔާމީން ސަރުކާރުގެ ހައުސިންގް މިނިސްޓަރު، ޑރ. މުއިއްޒު ވިދާޅުވީ އެމްޑީއެންއާ ދޭތެރޭ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅުއްވަން އުޅޭ ތަން ނުފެންނަ ކަމަށެވެ.

"30ށް ވުރެން ގިނަ ދުވަސްވީއިރު އެއްވެސް ކަމެއް ކުރާތަނެއް ނުފެނޭ. ރައީސުލްޖުމްހޫރިއްޔާ އާއި ފޮރިންގ މިނިސްޓަރު ފެނިގެންދަނީ އެއްޤައުމުން އަނެއްޤައުމަށް ބޭރުގެ ޤައުމުތަކަށް ޤައުމުގައި ތިބި މީހުން، ބައިތުލްމާލު ވަގަށް ނަގައިގެން ދަނީ، އެއްވެސް މަސައްކަތެއް ކުރެވޭ ތަނެއް ނުފެނޭ. ޤައުމުގެ އިޤްތިސާދު އޮތީ އިނދެ ޖެހިފަ. ރައްޔިތުންގެ ޖީބުގައި ފައިސާއެއް ނެތް. އަޅުގަނޑުމެންނަށް އެންމެ މުހިއްމު ކަމަކީ އިސްލާމްދީން. ސަރުކާރުން އިސްލާމްދީން ޙިމާޔަތް ކުރާ ތަނެއް ނުފެނޭ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިއަދުގެ އެމްޑީޕީ ވެރިކަމުން ފެނިގެން ދަނީ އިސްލާމްދީން އަޅުގަނޑުމެންގެ އަތުން ގެއްލިގެންދާތަން ކަމަށާއި، ފާޅުގައި އިސްލާމްދީނަށް ގޮންޖަހާލާ މަންޒަރު ކަމަށެވެ. އެމްޑީއެންއާ ދޭތެރޭ މިއަދުގެ ސަރުކާތުން ފިޔަވަޅު ނާޅުއްވާ ވޭތުކުރައްވާ ކޮންމެ ވަގުތަކީ އެކަމާ ދޭތެރޭ ހިތާމަކުރައްވާ ވަގުތުކޮޅެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މާތް އިސްލާމްދީނަށް ގޮންޖަހާލާ ކޮންމެ ސިކުންތެއް. އެމްޑީއެންއަށް ފިޔަވަޅު އެޅުމުގެ ގޮތުން އެ ޖަމިއްޔާ އުވާލަން ޖެހޭ. އަސްލު މައްސަލަ ހައްލުވާނީ އެމްޑީއެން ރިޕޯޓު ލިޔުނު ފަރާތްތައް، މިހާރު ސަރުކާރުގެ އިސްމަޤާމުތަކުގައި ތިއްބެވި އެ ޖަމިއްޔާގެ ފަރާތްތަކާއި، ބޭރުގެ ޤައުމުތަކަށް ފިއްލަވައިގެން ދިޔަ އެ ޖަމިއްޔާގެ ފަރާތްތަކާ ދޭތެރޭ ހަރުކަށި ފިޔަވަޅުތައް އެޅިގެން، މި ޤައުމުގައި މިފަދަ ކަންތައްތައް ނުހިނގާނެ ކަން ޔަޤީންކުރަން ޖެހޭ." ޑރ. މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުގުރާން

    މިކަހަލަ ރައީސެއް ތަންކޮޅެއްކުރިން އިންޑޮނޭޝިއާގައި ވެސް ހުރި މި ހީވވވވ ވަނީ ރެކޯޑެއް ހަދަން އުޅޭ ބޭފުޅެއް ހެން ޤައުމަކާ ޤައުމެއް؟؟ ހަބޭސް

  2. ވަގު

    ދެރަވީތޯ

    • އެޖެންޑާ 19 ވަރަށް ތަފާތު

      ވަރަށް އުފަލުންނެއްނު ތިހިރީ. ބާރަށް އަތްޖަހާ.

  3. ނިޔަނެތި

    ކަރަކަރައިގަ ތެޅިތެޅިފަ ރާއްޖެ އެރޭ ފަހަރަކު ވިއްޔާ މޮޔަ ގޮވާފަ އަނެއްކާވެސް ފުރައިގެން ދަނީ. .