މިނިވަންކަމުގެ ނަމުގައި ދަނީ އިސްލާމްދީނަށް ކުޑައިމީސް ބަަސް ބުނަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ 21 ވަނަ ޤަރުނުގެ ދުވަސްތައް އަޅުގަނޑުމެން ގުނަމުން އަންނައިރު، މީގެ ކުރިން އަޅުގަނޑުމެންގެ ތެރޭގައި ހިފެހެއްޓިފައި ހުރި އެތައް މިނިވަންކަމަކާއި، ކިތަންމެ ޙައްޤެއް، މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނުއަސާސީން އަޅުގަނޑުމެންނަށް ލިބިއްޖެ ކަމަށެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމުގެ އިތުރުން ކިތަންމެ ޙައްޤަކާއި މިނިވަންކަމެއް މިވަނީ ލިބިފައި ކަން އެމަނިކުފާނު ފާހަގަ ކުރެއްވެވިއެވެ.

އޭގެ ރަނގަޅު ފައިދާ އަޅުގަނޑުމެންނަށް އިންތިހާއަށް އެބަ ލިބޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "ނަމަވެސް ބައެއް ފަރާތްތަކުން އެ މިނިވަންކަން އެއްވެސް އިމެއް މިނެއްނެތި، ނާޖާއިޒު ގޮތުގައި ބޭނުންކުރަން ފެށި. މިއަދު ހިތާމައާއެކު ދަންނަވަން ޖެހެނީ، އެކަމުގެ ނުރަނގަޅު އަސަރު އަޅުގަނޑުމެންގެ ޤައުމިއްޔަތަށް އަދި ޢާންމު ދިރިއުޅުމަށްވެސް ފޯރާފައިވާ ވާހަކަ. މިއީ ފެންނަން އޮތް ޙަޤީޤަތެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބައެއް މީހުން މިނިވަންކަމުގެ ނަމުގައި، އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ، މާތްވެގެންވާ އިސްލާމްދީނަށާއި، މިއުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ކުޑައިމީސްވާގޮތަށް، ކަނޑައެޅިގެން ބަސް ބުނަމުން އެބަދާ ކަމަށެވެ.

"ދީނީ މިނިވަންކަން ނެތުމަކީ، އިންސާނީ ޙައްޤަކުން މަޙްރޫމް ކުރުން ކަމުގައިވެސް އެބަ ބުނޭ. އަނެއް ބަޔަކު ދީނުގެ ނަމުގައި ހައްދުފަހަނައަޅައި ގޮސް، ހަރުކަށި ފިކުރަށް މީހުންގެ ވިސްނުން ބަދަލުކުރަމުން އެބަދޭ." ރައީސް ވިދާޅުވިއެވެ.

މި ޤައުމުގައި އިސްލާމްދީނަށް ފުރައްސާރަކޮށް، މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ކުޑައިމީސްވާގޮތަށް ވާހަކަ ދެއްކުމުގެ ފުރުޞަތު، މި ސަރުކާރުން ނުދޭނެކަމުގެ ޔަޤީންކަން، ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރުވާކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަލީ

    އިސްލާމްދީނަށް ކުޑައިމީސްކޮށް ކަންކުރަނީ އިބޫ ސޯލިހު.

    88
    3
  2. ޢަޒްރާ ޢަލީ

    ދެން ކީއްވެ ތިބާރުގަ ތިއަނގައިން ބުނެ ބޭން އެމް ޑީ އެން އުވާނުލެވިގެން ތިއުޅެނީ ރައްޔިތުން ވާވައްދާފަ

    59
  3. ނަސްމާލް

    އަހަރެމެންނަ ޚަބަރު ކިޔާދޭކަށެއް ނޫނޭ ވީކީއެއް.. ރާއްޖޭގައި ހިނގާކަންކަން ދިވެހީންނައް ނޭނގޭކަމައްތަ ހީތިކުރަނީ.

    53
    1
  4. ގާސިމް

    މީވާ ވަރުގަދަ ރައީސް އެއް ހުރިހާ ކަމަކުން ރެކެން ކޮންމެވެސް ބައެއްގެ ބޮލަށް އިބޫ އަށް ވޯޓް ދެއްވި ދިވެހި ރައްޔިތުން ކަރުނަ އަޅާރޯނެ ބަލަން މިތިބޭ ލާދީނީ ފިކުރު މުޅި ސަރުކާރުގަ

    56
  5. އެމްޑީއެންއުވާލާ

    ދީނަށާ ރަސޫލާ(ސ،އ،ވ)އައްފުރައްސާރަކޮއް މާތްވެގެންވާ އިސްލާމްދީނައްބަޔަކު ހަޖޫޖަހަމުންދާއިރުވެސް ތިބުނަނީ އެކަމަކައްފުރުސަތެއްނުދޭނަމޭ ކީކޭދެންބުނާނީ ހަމަހަޔްރާންވެއްޖެ ހަމަބުނަންނުކެރިގެންދޯ ތިއުޅެނީ އެމްޑީއެންއުވާލައިފީމޭ އެހެންތާވާނީ ޕާޓްނަރު ރުޅިއަތުވެދާނެ #އެމްޑީއެންއުވާލާ

  6. ގަމާރު

    ވެރިކަމަށް ހަވާލުވެ ކަމެއް ދަމެއް ނެތުނީމަދޯ މަޖިލީހުގެ ރައީސްއަކަށްހުރި ގަންޖާބޯގެ މުޅިދެފައި މުޅި ގައުމުގަ ފަތުރާލާނި. ގަންޖާބޯއާ ގަންޖާބޯއަށް ތަބާވާހާ ބަޔަކު މިހާރު ގައުމުގެ އާރެއް ބާރެއްހުރި މުވައްސަސާއެއްވިއްޔާ ލާހަމަކޮށްފި. މިބޭބެއަށް ނޭނގެ ވާނުވާވެސް. މީހާ ހިސާބަށް ވުރެން ގަމާރުވީމަ ދެންވާގޮތް ނުވެސް އިނގޭގެ. ތުނޑުކުނާ ވިޔެގެންނާއި އެންމެ ގިނަ މީހުން ބޮލުން އުކުނާ ލީ ނެގި މީހުންނަށް އިނާމުދީދީ ހުއްޓަ ގައުމުގެ އިސްލާމީ ވަހުދަތު މިއޮށް ނަގާލަނި ޖަލިސްރައިސް ގަންޖާގެ އެޖެންޑާގެ ތެރެއިން.

  7. ޓިނު

    ތިވަރުގެ މީހެއްނަމަ އިސްލާމީ ޝަރިއަތް ނުކުރެވޭ ތަނެއްގެ ވެރިއަކަށް އަންނަކެރުނީތީ ތިދައްކަވާ ވާހަކަތަށް ވަރަށް ސާފް

    8
    1
  8. އަދިކިރިޔާ

    އަދިކިރިޔާތޯ މަނިކުފާނަށް ރޭކާތިިލީީ؟

    7
    1
  9. ބޮއްލަބެ

    މަނިކުފާނު ކީޅެން ފަރިއްސަށްވެ ފަރިހި ރައިވަރަށްވެ ރައިވަރު ބަނޖަށްވެ ބަނދި ލަވައަށްވެ ނިމިއްޖެ......

  10. ކާފަ

    2 އަނގައިން ވާހަކަ ނުދައްކާ، މުނާފިގުކަން ފާޅުވުން ނޫން އިތުރު ކަމެއް ނުވާނެ

    8
    1
  11. އަހްމަދު

    މާތްވެގެންވާ އިސްލާމް ދީނަށާއި، މިއުންމަތުގެ މާތް ނަބިއްޔާއަށް ކުޑައިމީސް ވާގޮތަށް ކަނޑައެޅިގެން އެބަދާކަމަށާއި، އެކަންކުރަނީ ކޮން ބައެއްކަންވެސް ކަނޑައެޅިގެން ރައީސް ސޯލިހަށްއެނގޭ އިރު އެމީހުނާދޭތެރޭ އެއްވެސް ފިޔަވަޅެއް ނާޅުއްވާ ތި ހުންނަވަނީ އެމީހުންނަކީ މަނިކުފާނުންގެ އެންމެ އެކުވެރި އެންމެގާތް މީހުންނަށް ވާތީތޯ؟ މިމީހުންގެ ތެރޭގައި މަނިކުފާނުންގެ އަނބިކަނބަލުން ފަޒުނާގެ ތިމާގެ ބޭފުޅުން ތިއްބެވީމާތޯ؟ ފޮނިބަސްތަކެއް އަޑުއަހާކަށް ރައްޔިތުން ބޭނުމެއްނޫން. އަމަލުން ދައްކަވާ.