މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މައްސަލައިގައި ފިޔަވަޅު އެޅުން ލަސްކަމަށް ބުނެ ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކުރީ ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ އިއްޔެ އަކު މިއަދަކު ފެށުނު ކަމެއް ނޫންކަމާޢި އެއީ އެތައް ދުވަހެއް ކުރިން ފެށިފައި އޮތް ކަމެއް ކަމަށެވެ.

އޭރު ވެރިކަން ކުރެއްވި ބޭފުޅުން ކޮބައިތޯ ރައީސް ޞާލިހް ސުވާލު ކުރެއްވިއެވެ. އޭރު ވެރިކަމުގައި ތިބި ފަރާތްތަކުން މިއަދު ފިޔަވަޅު އަޅަން ގޮވާލާއިރު އެފަރާތްތަކުގެ އިހްލާސްތެރިކަމާއި މެދު ސުވާލު އުފެދޭ ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

"މިކަންކަން ފެށިގެން އައިއިރު، މި ރާއްޖޭގެ ވެރިކަމުގައިވެސް ބަޔަކު ތިބި. ނަމަވެސް އޭރު އެއްވެސް ފިޔަވަޅެއް ނާޅުއްވައި ދެލޯ މަރާލައިގެން ތިއްބެވި ސިޔާސީ ބޭފުޅުން، މިއަދު ފިޔަވަޅު އަޅަން ގޮވާލައި އިޙްތިޖާޖް ކުރަން ފެށްޓެވުމުން، މިއީ ޙަޤީޤަތުގައިވެސް، އިޚްލާޞްތެރިކަމެއް ހުރެގެން އުފުލާ އަޑުތަކެއްތޯ ސުވާލުކޮށްލަން އެބަޖެހޭ. މިއީ މިއަދު އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަމިއްލައަށް ވިސްނާލަންޖެހޭ ކަމެއް." ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން މިކަންކަމާ ދޭތެރޭގައި އޭރު އޮތް ސަރުކާރުން ފިޔަވަޅު ނޭޅިޔަސް، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތުގެ ދިފާޢުގައި، ކުރަންޖެހުނު ކޮންމެ ކަމެއް، އަދި ދީނުގެ ނަމުގައި ހަރުކަށި ޢަމަލުތައް ހިންގުން ހުއްޓުވުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް، މިސަރުކާރުން ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު މިއަދު ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށް މިއަރުވަނީ، މީގެ ކުރިން މިކަންކަމާ ދޭތެރޭގައި އޭރު އޮތް ސަރުކާރުން ފިޔަވަޅު ނޭޅިޔަސް، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތުގެ ދިފާޢުގައި، ކުރަންޖެހުނު ކޮންމެ ކަމެއް، އަދި ދީނުގެ ނަމުގައި ހަރުކަށި ޢަމަލުތައް ހިންގުން ހުއްޓުވުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް، މާތް ﷲގެ ވާގިފުޅާއެކު، މި ސަރުކާރުން ކުރާނެކަން." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ޓިނު

  ބަލަ އެބޭފުޅުން ކަމުނު ދާތީނޫންތޯ ތިބޭފުޅާ ހޮއްވެވީ ވެރިކަމަށް އެޖަމުއްޔާ އުވާލުމައް ކީއްވެގެންތޯ ނުކުޅެ ދިގެން މިއުޅެނީ

  129
  2
 2. ބަސީރު

  ބޯގޯސް އަދިވެސް އިއްޔެގެ ވާހަކައޭ މި ދައްކަނީ.. ބަލަ މިއީ އިއްޔެއެއްނޫނޭ. މިހާރު މިކަމައް ފިޔަވަޅުނާޅާ ހުންނަނީ ކަލޭ..

  113
  3
 3. ފަލަޑޭ

  މީހަކު އަޅޭ ހޭބަލި ވެދާނެ.

  99
  3
 4. ސުލޯލިހު

  ޢެސަރުކާރު ގޯސްވީމައޭ ކަލޭއާއި ވެރިކަން ހަވާލުކުރީ، ކަމެއް ވާއިރަށް ކުރީ ސަރުކާރުގެ ކަމެކޭ ކިޔައިގެން ބޯ ދަމައިގަންނަން ނުހަދާ، ކަލޭ ގައި ތިބީ ހުސް އޭގެ މީހުން އަންނި އަކީ އޭގެ މީހެއް ކަލޭގެ ވަށައިގެން ތިބީ އެމީހުންތައް... ކަލޭއަށް ފިޔަވަޅެއް އަޅަން ނުކެރު ފަހަތު ފަޔަށް ބުރަ ތިވަނީ އެހެންވެ... އަބަދުވެސް ކަލޭމެން ޖެހޭނީ ޔާމީން އޭ ކިޔަ ކިޔާ ތިބެން... މިހާރު ޔާމިން ގެނެވުނު ނަމަ ތަރައްޤީ ހުއްޓުމެއް ނެތި އަންނާނެ.... ސޯލިހު އިސްތިއުފާ ދީފައި ގެޔަށް ދޭ

  102
  5
 5. ޙފ

  މިހާރު ވެރިކަމުގަ ހުރިމީހާ ކޮބާ؟ މިތަނުގައި މިހާރު ވެރިކަމެއްނެތީތަ؟ ކޮންމެ ފަހަރަކު ކުރީސަރުކާރޭ ކަރަކަންދާއްޔޭ މިކިޔަނީ...

  102
  3
 6. ޔާމިން

  އަޅެފަހެމިހެރަމަރުމޯލްދައްކާވާކަކަބަލާ

  88
  2
 7. މާރިޔާ

  މީބީތާވެފާހުރި މހއްޗެއްތަ

  86
  1
 8. ބާބޫ

  މީބީތާއެއްދޯ މިވަރުކަމެއް މިގައުމުގަ ހިނގައިފިނަމަ އޮތީ ފިޔަވަޅުއަޅާފަ
  މޮޔަ، މީނާ އަކީ ވެރިކަމަށް ކުފޫހަމަވާ މީހެއްނޫން

  86
  1
 9. ލަދުކޮބާހޭ

  ތިބުނާ ޒަމާނުއްސުރެ ދީނަށް ފުރައްސާރަކުރަމުންދަނީ ކޮންބައެއްތޯ.. އެމީހުންގެ ނަންތަ މަނިކުފާނަށް ވިދާޅުވެވިދާނެތޯ. މަނިކުފާނު ދީނަށްފުރައްސާރަ ކުރިމީހުންގެ ލިސްޓުގަ ރމައުމޫނުގެ ނަން ރޔާމީންގެ ނަން އެބައޮތްތޯ.. މަނިކުފާނުގެ ބެސްޓްފުރެންޑް ނަޝީދު ދީނަށް ފުރައްސާރަކުރިއިރު މަނިކުފާނު ހުރީ އަތްޖަހަން.. އެހުރީ ވީޑިއޯތަ.. މަނިކުފާނުގެ ލަދުހަޔާތްކޮބާ.. މަނިކުފާނުގެ އަހްލާގުގެ ކަންފުޅެވެސް ދައްކަބަލަ.. ދީނަށް ފުރައްސާރަ ކުރަމުންދާ މީހުން މަނިކުފާނު ވެރިކަމަށް އައިއިރު ނޭގޭތަ.. އެއްމެންނަށް ވަޒީފާދީފަ ކައިރިއަށްލައިގެން ރައްޔިތުންގެ ބައިތުލްމާލުން މުސާރަދީގެން ހައްޕުކިޔައިގެން ތިހުންނަނީ ދީނީކަމުންތަ..

  82
  2
 10. Anonymous

  ތިއީ މިގައުމުގަ ހުރި އެންމެ އިޚުލާސްތެރިމީހާ، މިހުރިހާ ކޮސްވާހަކައެއް ދައްކާފަވެސް އެމްޑީއެންއަށް ފިޔަވަޅު އަޅާނެވާހަކަ އެންމެފަހަރަކުވެސް ނުބުނޭ، ޖައްބާރު ވެރިއެއް.

  90
 11. ޚުރި

  ކުރީ ސަރުކާރު ނޮހޮވާ ޔާމީނު ހޮވީ އެސަރުކާރު ކަމުނުދިޔާއެއްނު

  51
 12. ފުއްކޭ

  ހަމަ ފައްކާ ބަހުލޫލެއް.

  23
 13. ޓިނު

  އަދިވެސް ތިކިޔެނީ ހަރުކަށި ބައެއްގެ ވާހަކަ އިސްލާމް ދީނަށް ފުރައްސާރަ ކުރަމުން ފާޅުގަ ގަދަބަސް ބުނަމުން ދުވާމީހުންގެ ވާހަކަ ނުކިއިގެން ތިއުޅެނީ އަޅެ ކޮންފަދަ ޖަވާހިރެއް ލިބިގެންތަ؟؟؟

  26
 14. ބުރޯ

  ބޭފުޅާ އެރިޕޯޓަށް ފުރައްސާރަ އިރުރު ކޮށް ލިޔެފަވަނީ 2019 ފެބްރުއަރީތެރޭގާ ކަމަށް ސޯސަލްމީޑިޔާގަ ވަނިކޮށްފެނުނު އެވަނީ ކިހިނެތްބާ ؟

  27
 15. މަނިކިފާނު

  ބައްލަވާ އެންމެ ފަހަރަކު ވެސް މޑނ ކުވެރި ކޮއްލާފަ އެއްޗެއް ބުނެލިނަމަ ދޯ. އޭރުން ހާދަ ސަޅިވީހޭ ހުވާ

  21
 16. މިއަދު

  މިސަރުކާރުން ކުރާނެ ފަށާނެ ލިބޭނެ އަންނާނެ މިއީ މުސްތަގުބަލް މިއަދުދިވެހިންބޭނުންވަނީ ފަށައިފި ކޮށްފިން މިކުރަނީ ލިބިއްޖެ އަތުވެއްޖެ މިފަދައިން ހިނގާކަންތަކާއި ނިންމާފައި ދައްކާކަންތައް

  13
 17. Anonymous

  ހަޔާތެއް ނެތެއްނު ލާދީނީ މުލު ވަގު

  21
 18. އާދަނު

  އެމީހުން ކަމުނުދާޔީނުން ކަލޭ ހޮވީ!

  21
 19. ގައުމީ ބަދަލް

  ބަލަނގަ މިކަލޭގެ އަދިވެސް މިޔަހޫދީގޮއްގަނޑު ދުލެއްނުކުޜޭނު.
  އްދެނެއް ދީނޭކިޔާގެން ދޮގުހަދާނެކަމެއްނެތް.މަކަރުވެރިހިޔަޅު
  މިފަސްގަނޑައް ކީއްކުރަން އިންޑިޔާ
  ސިފައިން ތިގެންނަނީ. ގޮނޑިން ފައިބާގެން ރައްކާވޭ.

  20
 20. ނޫސް

  ކަނބުލޯމެން ހާސްނުވާތި. އިރާދަކުރެއްވިއްޔާ
  ވަރަށް އަވަހައް މިބައިގަޑާ ގާނޫނު އަރާ
  ހަމަކުރާނެ ދެނެއް ފިލާގެން ރައްކަލެއްނުވެވޭނެ.

  19
 21. ކުރި

  އެމްޑީއެންގެ 2019 ގަ ނެރެގެން މިހާރު ރާއްޖޭގެ %99.99 ޕަސެންޓް ރައްޔަތުން ކަންބޮޑުވެގެން މިއުޅޭރިޕޯރޓް 2015 ގަ ނެރުނު ނަމަވެސް ސަރުކާރުން އަޅާނުލިނަމަވެސް ދިވެހި ރައްޔަތުން އަޅާނުލާނުތިބޭނެކަން މިހާރުއެގެއެއްނު. 2015 ގަނެރުނު ރިޕޯޓެކޭ އެއަށް ބައެއްއިތުރުކޮށްފަ ނެރުނީއްޔޭ ކިޔާގެން މިސަރުކާރާ މިރިޕޯރޓާގުޅުން ނެތްކަމަށް ހައްދަވަން އުޅުނަސް ރިޕޯރޓް ނެރެފަވަނީ ރައީސް ސާލިހުއާ ނަޝީދު ގުޅިގެންކަންއެގޭ. އެ ރިޕޯރޓް ނެރުނުމީހުން ރައީސް ދެއްވާ ސިޔާސީވަޒީފާތަކުގަސަރުކާރުގަ މިހާރުވެސް ތިބީ. ޢަދި މިކަމުގެ ވާހަކަދައްކާ ކޮއްމެފަރަކު ދީނުގެނަމުގަ ހަރުކަށިވާމީހުންނަށް ފިޔަވަޅުއަޅާވާހަކަ ވިދާޅުވެ އަމަލީގޮތުން ބިރުދައްކާ ބަންދުވެސްކުރަމުންދަނީ. ރިޕޯރޓް ނެރުނުމީހުން ރަސްމީ އިއްޒަތުގަ ވަޒީފާގަ.

  24
 22. ޚަބީރު

  ބަލަރައީސްވިދާޅުނުވިޔަސް ރަށްޔިތުންނަށް އެކަންއެނގޭތީނޫންތޯ މަނިކުފާނާވެރިކަންހަވާލްކުރީ އަދިވެސްރަށްޔިތުންނަށްވިސްނަދެއްވަންތޯތިއުޅުއްވަނީ ރަށްޔިތުން އުވާލާށޭބުނާއެއްޗެއްއުވާނުލާހުރެގެންކޮން ވާހަކައެއްތޯ ތިޔަގިނަކުރަށްވަނީ ތިޔަހެންހާސަރުދަމާ ނަގޫދިގުކުރަންޏާ ރަށްޔިތުންނިކުމެނަގުލަށްދަމާވަށް ޓާލާނެ

  18
 23. ކުޑަބަޖަރާ

  ބޮޑުތަނުގައި ޖެހުނީ. މިސަރުކާރުގެ އެންމެންގެވެސް މިހުރީ ބޮލުން ނައްޓަލުމުގެ ސިޔާސަތު. ކަންކަން ރަނގަޅު ކުރާނަމޭ ކިޔާގެން އަޔަސް ރަނގަޅު ކުރުމުގެ އެއްވެސް އުރައްޕަތެއްނެތް. ގުދޯ ގުދޯ ގޮވުންނޫންކަމެއް ނުކުރޭ. ދެންކުރާކަމަކީ ބެކާރު ދަތުރުތަކާ ޚަރަދުތައްކޮށް ބައިތުލްމާލު ހުސްކުރުން. މީތޯ ރައީސްސޯލިހުގެ ހެޔޮވެރިކަމަކީ.؟

  19
 24. ނަފާ

  ގަމަަރުކަލޭގެތިކަންނުވަންޏާ އިސްތިއުފާދީބަލަ.

 25. Anonymous

  މުސްލިމު ގައުމެއްގެ ސިޔާސަތަކީ އިސްލާމް ދީން. އެއިން ސިޔާސަތު ކަނޑައެޅޭނީ. ދީނާ ނުލާ ސިޔާސަތެއް ނުވާނެ. އެހެންވީމަ ކަލޭމެން ދިވެހިންމަށް ވިސްނާދިން ދީނާ ސިޔާސަތު ވަކި ކުރުމުގެ ފިކުރަކީ މިނިވަން ފިކުރުގެ ބައެއްކަން އަހަރެމެން ދެނަހުރިން.

 26. ކިޔާމީހާ

  ގޮތްކުޑަމީހާ، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރީމަވެސް ޤައުމުގެ ހަމަޖެހުމޭ މަސްލަހަތޭ އެބަކިޔައެއްނު. މާތްﷲ އިރާދަފުޅުން ރީތި ގޮތަކަށް ނިމޭނެ ތިބައިގަނޑު.

  10