ޝަރަފްވެރިކަމުގެ ގައުމީ އިނާމް އަވަހާރަކޮށްލާފައިވާ ޑރ.އަފްރާޝީމް އަލީ އާއި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.އަބްދުލްމަޖީދު މަޖީދު އަބްދުލްބާރީގެ ހަނދާނަށް އަރުވައިފިއެވެ.
މިރޭ އޮތް ގައުމީ އިނާމު ދިނުމުގެ ޖަލްސާގައި ދެބޭފުޅުންގެ ހަނދާނަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު އެރުވީ އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިންނެވެ.
ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަވަހާރަވީ ޝްރީލަންކާގައި އޮތް ބައްދަލުވުމަކަށް ވަޑައިގެން އުޅުއްވަނިކޮށް ކުއްލި އާލާސްކަންފުޅެއް ޖެހިވަޑައިގެން، ފަރުވާ ދެމުން ގެންދަނިކޮށެވެ. 22 މޭ 2018 ގައި އެމަނިކުފާނު އަވަހާރަވިއިރު އުމުރަކީ 56 އަހަރެވެ.
އަފްރާޝީމް އަވަހާރަކޮށްލީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭ ގައެވެ.
ޝަރަފުވެރިކަމުގެ ޤައުމީ އިނާމެއް، އަލްމަރްޙޫމް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ އާއި އަލްމަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީގެ ހަނދާނަށް އެރުވުމަށް ނިންމެވީ، އެބޭފުޅުންގެ އިޚްލާޞްތެރި ޚިދުމަތްތައް މިއަދާ ހަމަޔަށްވެސް ޤައުމީ ފެންވަރެއްގައި ބަލައިގަނެވިފައި ނުވުމާއި، އެބޭފުޅުން ކުރައްވާފައިވާ ޚިދުމަތްތަކަށް ބަލާއިރު، އެ ޚިދުމަތްތަކަކީ ޤައުމީ ފެންވަރެއްގައި ބަލައިގަނެ އަގުވަޒަންކުރުން ޙައްޤު ޚިދުމަތްތަކެއް ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މިލާދީނީ ސަރުކާރުންދޭ ހަދިޔާއެ އެވޯޑެ ތިދެބޭފުޅުން ދިރި ދުނިޔޭގަ ތިބިނަމަ ހަމަޔަގީން ނުހިފާނެކަން.. އެބޭފުޅުންގެ އާއިލާއިން ގަބޫލުކުރިޔަސް..
ދެންމިހާރު ދުނިޔެ ދޫކުރަށްވާފައިވާ ދެ ޝޭޙުންނަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު އެދެއްވީ ދަޅަދައްކަން ރައްޔިތުން ގުނބޯހައްދަން
މާބޮޑަށް އިސްލާމްދީނަށާ ޝޭހުންނަށް ހެޔޮ އެދޭކަން ދެއްކުމަށާ އަދި އެމް.ޑީ.އެންގެ ލާދީނީ ރިޕޯޓްގެ ވާހަކަ ވަޅުޖައްސަން އެކަމަކު ހިލާ އެކަމެއް ނުކުރެވޭނެ އިރާދަކުރެއްވިއްޔާ ރައްޔިތުން މިހާރުމިތިބީ ހޭލާ ސަމާލުވެގެން
ކޮބާތަ ތަހުގީގު، ކޮބާތަ އިންސާފް
ޝޭޚު އިލްޔާސަށްވެސް މުސާރަ ނުދޭ ވަޒީފާއެއް ދެއްވާފަޔޯވަނީ. މިދެބޭފުޅުންނަށްވެސް އެކަހަލަ ވަޒީފާއެއް ދެއްވަންވީ ނޫންތޯ އެބޭފުޅުންގެ އަގު ވަޒަން ކުރުމުގެ ގޮތުން.