ސިޔާސީ ހުޅުރޯކުރަން ދީން ހެދުމުގެ ފުރުސަތު ނުދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ދީނީ އިލްމުވެރިންނަށް ނަސޭހަތްތެރިވެ ވަޑައިގެންފިއެވެ.

ސިޔާސީ ހުޅުރޯކުރަން ބޭނުން ކުރާ ދަރަކަށް ދީން ހެދުމަށް އެއްވެސް ބަޔަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށާއި އިސްލާމީ އަޤީދާގެ މަތިވެރިކަމާއި މޫރައްތެރިކަމަށް ބުރުއާރާފަދަ ކަންކަން މީހުންގެ ސިކުނޑިތަކަށް ވެރިވުމަށް ފުރުސަތު ދެއްވައިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލަން މިއަދު ބޭނުން ވަނީ ސިޔާސީ ހުޅު ރޯކުރަން ބޭނުން ކުރާ ދަރަކަށް ދީން ހެދުމަށް އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާށޭ. އިސްލާމީ އަގީދާގެ މަތިވެރިކަމާ މޫރިއްތެރިކަމަށް ބުރުއަރާފަދަ ކަންކަން މީހުންގެ ސިކުނޑިތަކަށް ވެރިވުމަށް ފުރުސަތު ނުދެއްވާށޭ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ހިތަށް އަރަމުން އަންނަ ކަމަކީ އުފާވެރިކަމާ އެކު ހަމަޖެހިލައިގެން ދިރިއުޅުމެށް ދިވެހިންނަށް އެ ހައްގެއް ނެތް ހެއްޔެވެ. ސުލްހަވެރިކަމަށް ގިނަ މީހުން ބީރައްޓެހި ވެގެން އުޅެނީ ކީއްވެގެންތޯ ރައީސް ސުވާލު ކުރެއްވިއެވެ.

ރައީސް ވަނީ ރާއްޖޭގައި އުޅުއްވާ ސިޔާސީ ބޭފުޅުން އަރިހުން ރައްޔިތުން ހަމަޖެހިލައިގެން އުޅުއްވަން ފުރުސަތު ދެއްވާނީ ކޮންއިރަކުންތޯ ވެސް ސުވާލު ކޮށްފައެވެ. "އަޅުގަނޑުގެ ހިތައް އަރަނީ އުފާވެރިކަމާއެކު ހަމަޖެހިލައިގެން ދިރިއުޅުމަކީ އަޅުގަނޑުމެން ދިވެހިންނަށް ނެތް ހައްގަކީބާވައެވެ. ސުލްހަވެރިކަން އަޅުގަނޑުމެންނާ މިހާ ބީރައްޓެހިވެގެން މިއުޅެނީ ކީއްވެގެންބާ. އަޅުގަނޑު މިއަދު ރާއްޖޭގެ ސިޔާސީ ބޭފުޅުން އަރިހުން އަހާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ރައްޔިތުން ދުވަސްކޮޅަކަށް ނަމަވެސް ހަމަޖެހިލައިގެން އުޅެން ފުރުސަތުދެއްވާކަށް ނުވޭތޯއެވެ." ރައީސް ވިދާޅުވިއެވެ.

ސިޔާސީ ހުޅު ރޯކުރަން ދީން ހެދުމުގެ ފުރުސަތު ނުދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއިރު އެމްޑީއެން އަށް ފިޔަވަޅު ނާޅާ މައްސަލައިގައި އިލްމުވެރިންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

46 ކޮމެންޓް

  1. ރައީސް

    އޭ ހާމާނު، ކަލެ އަށް ބުނެލަން އޮތީ ސިޔާސީ އޭ ކިޔާފަ ބޭނުންހާ ގޮތެއް ބޭނުންހާ އެއްޗެއް ދީނޭ ކިޔައިގެން ގޮވާ، ދީނަށާއި، މާތް ނަބިއްޔާ އަށް ފުރައްސާރަ ކުރަން ފުރުސަތު އަހަރެމެން ނުދޭނަމޭ. ނުދޭނަމޭ، ކުޑަވެސް ނުދޭނަމޭ، ކަލެއާއި، ކަލޭގެ ކާފަރު އައުވާނުން ރާއްޖެ ދޫކޮށް ބަޗާށޭ،

    226
    1
    • ޢަފީ

      ތިބުނެވުނީ އަދި ރަނގަޅަކަށް ނޫން.. މީ ފިރުއައުނު.. ކާރީގަ ހުންނާނާނީ އަންނި ހާމާނު

  2. ގަނޑުފެން

    މީނަގެ ވާހަކަ ދެއްކުމުގެ ސްޓައިލްވެސް މިހާރު ހަމަ އަންނިގެ ސްޓައިލަށް މިހިރަ ބަދަލުވަނީ. އަދިވެސް އެމްޑީއެން އުވާލާނަމޭ ބުނުމުގެ ބަދަލުގައި އެމްޑީއެންއާ ދެކޮޅަށް އަޑުއުފުލާ މީހުން ކުށްވެރިކުރެވޭތޯ އެއުޅެނީ. ނުބައިކަމުގައި ހައްދުފަހަނައަޅާ ބަޔަކަށް ދެވޭނީ މިހާކަންވަރަށް!

    217
    1
    • ކުރި

      ރިޔާސީ އިންތިހާބުގެ ކުރިންވެސް އިބޫއަކީ އަންނި ސްޓައިލަށް ވާހަކަދައްކާ އަންނި ސްޓައިލަށް އުޅޭ ބޭފުޅެއް. ވަރަށް މަޑުމައިތިރި މީހެއްކަމަށް ހެދިގެން އުޅުނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާން ޖެހުނު ހިސާބުން. މަޖްލީހުގައި ގަޔާއި އެމްޑީޕީ ލީޑަރޝިޕްގައި އުޅުނުދުވަސްވަރު މީހުންގެ އަބުރުކަތިލުމަށާއި އެއްޗެހި ގޮވުމަށް އަރާހުރި ބޭފުޅެއް. އަންނި ދީނާއި ދެކޮޅަށް ވާހަކަދެއްކި ދުވަސްވަރު އަންނި ދިފާއުވެސް ކުރެއްވި. އެވަރުންވެސް ދިވެހިން ވޯޓުއެޅީ ހަމަ އިބޫއަށް. އިބޫއަށް ވޯޓުއެޅި ހުރިހާ ރައްޔިތުންނަށް ދީނަށްވުރެ ރައީސް ޔާމިނުގެ ވެރިކަން ނިންމާލުން މާ މުހިއްމު. އިބޫއަށް ވޯޓުއެޅި ރައްޔިތުންގެ ތެރެއިން އިސްލާމްދީން ގަބޫލުކުރަނީ ކިތައްމީހުންތޯ ބަލަން ސާރވޭއެއްހަދަންވެއްޖެ.

  3. އަހް

    ޢިސްތިއުފާ ދެއްވާ ނުވިއެންނު

    172
    1
  4. އަހް

    ކުރީސަރުކާރު ކުރީސަރުކާރު! ޝަހިންދާ މައްސަލަޔާ، މިސަރުކާރުން އިސްލާމްދީން ފުނޑާލަން މިހާރު މިކުރާކަންތައްވެސް އެއީ ކުރީސަރުކާރުގެ ކަމެއްދޯ؟ ބަލަ ކުރީސަރުކާރު ބޭރުކޮށްފަ ރައްޔިތުން ބޯކާލައިގެން މިސަރުކާރު ގެނައީ ކުރީސަރުކާރުގެ ކަންކަން ރަނގަޅުކުރާކަށް ނޫންތަ؟ އަދިވެސް ކަމެއް ގޯސްވާއިރަށް ކުރީސަރުކާރު! މުސީބާތެެއްނުމީދެން! އިސްތިއުފާ އިސްތިއުފާ

    158
    2
    • އަން

      ކުރީސަރުކާރުގަ ލާދީނީ ބައިގަޑާމެދު ފިޔަވަޅު ނޭޅީމަ އިބޫކީއްވެ އެއިރު އެވާހަކަ ދައްކާ އެމާ އިހްތިޖާޖް ނުކުރީ؟ އެހެނެއްނޫން ލާދީނީ ވެގެން މިއުޅެނީ ހަމަ ނަމުންސޯލިހު ފިރުއައުނު.

      25
  5. އަލީ ނާޒިމް

    ދީނާ ސިޔާސަތު ވަކި ނުކުރެވޭނެ! ވަކި ކުރުމަކީ ސެކިލަރިޒަމް! ސިޔާސީ ހުޅު ރޯކުރީ އެމްޑީއެންގެ ހިމާޔަތުގައި ޤާނޫން އަސާސީއާއި ޤާނޫނުތަކާއި ދިވެހި އެންމެހައި ރައްޔިތުންގެ ގޮވާލުމާ ޚިލާފަށް ލާދީނީ ބަޔަކު ހިމާޔަތްކޮށް ބާރުވެރިކުރުވަން މިސަރުކާރުން މަސައްކަތްކުރާތީ!

    141
    2
  6. Anonymous

    ޢިލްމުވެރިންގެ ވާހަކަ ދައްކަން އަނގަހުޅުވޭވަރުގެ މީހެއްނޫންތީ.

    149
  7. ބަކަރި

    ކޮންކަހަލަ ވެރިން

    129
    1
  8. ޏަރަ

    ހޮލިޑޭ ނިންމާލާފަ އައިސް މޮޅު އެއްޗެއް ބުނެލީދޯ. ބަލަ މޑނ އުވަލާފަ އެމީހުންނައް ފިޔަވަޅުއަޅާ. ބޭކާރުވާހަކަ ނުދައްކާ.

    142
    1
  9. ާަަްއަހަރެން

    ސިޔާސީ ބޭނުމުގަ ދިވެހިންގެ ތެރެެއިން އިސްލާމް ދީން ފުހެލަން ބަޔަކު އުޅުއްވާކަން މަނިކުފާނައް އެގި ނުލައްވަނީތޯ؟

    136
    2
  10. ާއދ.

    މިހެރެ މޮޔަ އިންސާނާ ކަލޭގެ ކޮއްގެން ހުރު ހުވަޔާ އެއްގޮތައް ކަލޭގެ ވާޖިބު އަދާކޮއްބަލާ ގައުމުގެ ރައްޔަތުން ގޮވަމުން އެދަނީ އެޖަމިއްޔާ އޮވާލަން އޭގާ ބައިވެރިވާ އެއްމެނައް ހައްގު އަދަބުދޭން އެކަންނުކޮއް ދޮގުބަހަނާ ދައްކާ އޭގާހިމެނޭ އެތައްބައެއް އެތހިބެ އުޅެނީ ސަރުލާރުގެ މަތީވަޒީފާތަކުގާ އެއްވެސް ހާސް ކަމެއަނެތި ރައްޔަތުން އެދޭކަންތަން ފުރަތަމަ ފުރިހަމަ ކޮއްބަލާ އޭގެފަހުން އަގަ ތަޅާބަލާ

    131
  11. އަޒޫ

    މީ ހާދަ ލަދު ހަޔާތް ވެސް ކުޑަ މީހެކޭ.

    28
  12. ފުއްކޭ

    ޢޭމިހިރަ ވާނުވާ ނޭންގޭ މީހާޔާ ކަލެއަކަށް ނެނގޭތަ ހުޅުރޯކޮށް ފިތުނަ އުފަށްދަނީ ސަރުކާރުން ކަމެތް. ކަލޭމާ މާތް މީހަކަށް ވާން އުޅޭނެކަމެތް ނެތް އި ސްލާމް ދީނާ ދެކޮޅަށް މިހިންގާ ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭ މީހަކީ ކަލޭ . ﷲ ތައާލާގެ ދީނައް ނަ ސްރު ނުދެވުނު ވެރިއަކަށް މިގައުމުން ޖާގައެތް ނެތް . ޢިތުރަށް މީހުންގެ ދުލުގަ ހިފަގެން ނުދަމާ އި ސްތިފާ ދީބަލަ .

    23
  13. އިކްރާމް އަބުދުއްސައްތާރު

    ބަލަ ތިވާހަކައޭ މަގޭ ގޯތި ހަސަންބެވެސް އެކިޔަނީ..؟ އަހަރުން ނޫޅެމޭ ސިޔާސީވާން

    ދެންނިންކަން ފިޔަވަޅު އަޅާ ބަލަ.. ވެރިކަން ހަވާލު ވީއިރު ކުރި ހުވާ މަތީން ހަދާންކޮށްބަލަ..

    އޭރުން މި ހުރިހާކަމެއް ހަމަޖެހުނީއެއްނޫތޯ؟

    އެންމެން ބޭނުންވަނީ އެމްޑީއެން އުވާން ދެން އުވާލާފައި ހުރީމަވީއެއްނު..

    18
  14. ސުފުރާ

    މީގެކުރިން ޔާމިނުވެރިކަމުގަ މުޅިގައުމު ހަލަބޮލިކޮށް އަންދާ އަޅިޔައްޖަދާލި މިހާރު ކޯނެޗއްކިޔާކައް

    18
  15. ތިޔަ ދިޔައީ

    ވަަރަށް ފޭކު ކަލޭ ހީކުރާގޮތެއް ނުވާނެ
    އެން ޑީ އެން އަށް ފިޔަވަޅު ނާޅާއިފި ނަމަ
    ދެން ވާގޮތް ﷲ އިރާދަކުރެއް ވިއްޔާ ލަހެއް ނުވެ ފެނިދާނެ މުޅިރާއްޖެ ނުކުން ނާނަން
    އަހަރެމެނާއި އެކު ﷲ ވޮޑިގެން ވާނެ
    ތިބައިގަނޑާ އެކު ޝައިތާނާ އިނގިދާނެތާ
    ﷲ ގެނަ ސްރު ވަނީދާދި ގާތުގަ

    20
  16. ޅަތީފު

    ކޮންމެސް .. މޮޅުވާހަކައެެއް
    ދައްކާލަނީ އޭތި.....ނުކެރޭނެ ..ފިޔަވަޅު އަޅާކަށް.....

    17
    1
  17. ކިނބޫ

    އިސްލާމްދީނުގެ ހުޅުކޮޅު ނިއްވަން ބަޔަކު އުޅޭތީ އެހުޅުކޮޅު ނިއްވިޔަ ނުދޭން ދަރު އަޅަނީ. ދަރު އެޅިޔަނުދިނުމަށް އެމީހުން ކޮއްޕާ ދުރަށް ލާން ނަހައްދަވާ. ނޫނީވިއްޔާ ސަލާމަތްތެރިކަންދޭ ހުޅުކޮޅު ނުރައްކާތެރި އަލިފާންގަނޑަކަށް ބަދަލުވެދާނެ. އެހެން ނަހައްދަވާ. ދީނުގެ ހުޅުކޮޅަށް ހޭހަން ކުރުމުގެ ފުރުސަތު ބަންދު ނުކުރައްވާ.

    15
  18. ކެޕްޓަން އަލީ

    ސޯލިހު މީހާ ވަރަށް ސާފުކޮށް އެބުނީ، ދީނޭ ކިޔައިގެން މުރުތައްދުވެފައިވާ މީހަކާ ނުބެހި، އަދި އިސްލާމް ދީނުގެ ހިމާޔަތުގައި އެއްވެސް ގޮތަކުން ސަރުކާރަށް ޕްރެޝަރު ނުކުރައްޗޭ، އެކަމަކުވެސް އަހަރެމެން (ސޯލިހު ރައީސްމެން) އެމްޑީއެންގެ ދިފާއުގައި ތެދުވެތިބޭނަމޭ، ޔަގީންކަން މުޅި ދުނިޔެއަށް އިއުލާން ކުރަމޭ، ދިވެހިރާއްޖޭގެ މުސްލިމުން މީސްތަކުންނޭ ސޯލިހު ގެ އެ އެންގެވުމާ ހިލާފުވާށެވެ. ދިވެހިރާއްޖެ އަކީ އިސްލާމާ އަގީދާ އާއި ދެކޮޅު މުރުތައްދުވެފައިވާ މީހުންގެ ހައްގުތަކަށް ވަކާލާތުކުރާނެ ބައެއްނޫނެވެ
    މުނާފިޤުންނާއި މުރުތައްދުން ފިޔަވައެވެ.

    12
  19. ފަހަރިވަޒީރު

    ފުރައިގެން ދާންއުޅޭ. ދެދުވަސް ވެއްޖެނު މިތާ ހުންނަތާ. މާގިނަވެއްޖެ. އަވަސްކުރޭ. ފާޑުފާޑު އަނގަ ތަޅަންޏާ އަނެއްކާވެސް ބޮލުގަ އެ ޖައްސަން ޖެހިދާނެ.

    14
  20. ބުރޯ

    މަރުގެ އިންޒާރު ދޭމީހުނަށް ހަރުކަށިކޮށް ހިތުމަކީ ގޯހެއްކަމަށް މިރޭ ނަސީދު ވިދާޅު ވުމުން އެމް ޑީއެންގެ ރިޕޯޓް ގައިވާފުރައްސާރަ ދެމެހެއްޓުމަށް ނަސީދު ނެރުއްވާ ބަޔާންތަކަކީ ސާލިހްގެ ސަރުކާރުގެ އަގު ވައްޓަލަން ނަސީދު ކުޅުއްވާ ކަމެއްހެން ހީވާންފަށައިފި . ސާލިހް މިކަމަށް ވިސްނަވަން ނުވޭތޯ ؟

  21. ފިލާވަޅު

    ސިޔާސީ ގޮތުން މިހާު ފެއިލްވަނީ ތި، އެއްވެސް މަސައްކަތެއް ނުފެށޭ ފައިސާއެއްނެތް ކައިރީގަ ތިބި މީހުން 75 މިލިއަނުން 50 މިލިއަނުން ރައްޔިތުންގެ ޓެކްސް ފައިސާ ދަވާލަނީ "ބަދަލުހޯދުމުގެ ނަމުގަ" މިޔައްކިޔަނީ ހަމަވައްކަން. ފްލެޓްތައް އަގުހެޔޮކުރާށޭކިޔާފް ދަޑިފަނުން އެޅޭވަރަރައް އަދުހަދާ ކުރީސަރުކާރުްނ ކުރީ އަގުބޮޑޮކޮށްށޭ ކިޔާ މާކެޓް ރޭޓް ވައްޓާލާ މިހަދަނީ. ފައިސާ ނުލިބިގެން ސަލާންޖަހާއިރު މިމީހުންނައް ބައިނާޅާގޮތަކައް ސަރުކާރައް ޕްރޮޕޯޒަލް ގަޑެއްވެސް ނުލެވޭ. ބޮސްކާލިސްއާ އަނެއްބަޔަކައް ހިތހުރި އަގަކައަދީގެން ތިބެނީ ބޮޑުވަރު ހަމަވަގުން ހުސް ރައްޔޮތުންނައް މަންފާކުރާނެ ކަމެއް ކުރާނެބައެއް ނޫންކަން ހާމަވަނީ

    14
  22. ފޒލ

    މީނަ އެމްޑީ އެން އޮވާލަން ވިސްނާކަށް ނުވޭތަ' އަސްލު މަސްއަލަ ބާއްވާފާ ކޮންވާހަކަ އެއްދައްކާކަށް...

    12
  23. ކެޔޮޅު

    މީނާގެ ބުއްދިހުރީ ސަލާމަތުންބާ! މިގައުމުގައި މިދެކެވޭ ވާހަކަ މީނާއަށްވެސް ނޭގޭހާ އަދިމުސްކުޅިއެއްނޫން،

    11
  24. ާާާޢަލީ

    ވެރިކަންވެއްޓިދާނެތީވެ ބިރުގަތީދޯ..ކަލޯ މާތްﷲއަށްވެރެ ބާރުގާދަ ހަ މައެއްވެސް ފަރާތެއްނުވޭ..ޝަހާދަތުގެ މާނަވެސް ނޭނގޭކަހަލަ....ޖާހިލާ މާތްﷲ ތިޔަ މީހާވެސް ބެރިކަ މުންވެއްޓު މަށް މެދުވެރިކުރެއްވީ މަ ލަހެއްފަހެއް ނުވާނެ....

    12
  25. މިއަދު

    ސިޔާސީ ހުޅުރޯކުރާދަރަކަށް ދީން ހެއްދެވީ ރައިސްސާލިހު ފަހުގެތާރީހުގައި މިރާއްޖެ ދެކެފައިނުވާމިންވަރަށް މިދިވެހިން އިސްލާމްދީނާއި މާތްރަސޫލާއަށް މަލާމާތާއި ފުރައްސާރަ ކުރަން ފުރުސަތުދީފަމިއޮތީ ރައިސްސާލިހު ދިވެހިންގޭގައި ނިދަންތިއްބަ ދިވެހިންމަގުމައްޗަށްނެރުނީ މިހާރުގެރައިސްސާހިލު 2017،2018 މިއަދު ދިވެހިން ތެޅިބާލަނީ ބުރަމަސައްކަތުން ލިބޭމަދު އެތިކޮޅުން ދައްކާ ޓެކުސްފައިސާކޮޅުން ނާޗަރަންގީއަށް އުދުހިނަގަނީ ރައިސްސާލިހުގެ ދެމަފިރިން ބޭކާރުވާހަކަނުދެއްކިއްޔަ ވ ތާހިރުވާނެ

    10
  26. ސައިޓޭ

    ހުރި ހިތާމައެއްގެ ބޮޑު ކަމާއެ! ސޯލިހު ވެސް އެ ނެންގެވީ އިސްލާމް ދީނުގެ އަދުއްވުންގެ ކޮޅު..

    12
  27. ދިވެހިލޭ

    ދިވެހި ރައްޔިތުން ރައީސަށް: ފިތުނައިގެ ހުޅު ރޯކުރަން އެމްޑީއެން އަށް ފުރުސަތުނިދެއްވާ އަވަހަށް ފިޔަވަޅު އަޅައިދެއްވާ

    10
  28. ފިނޑިރައީސް

    އެމްޑީއެން އުވާލާށޭ ވެ ސްކިއިއްޖެޔޭނުން ، މިހާވަރަށް ކީމައި ކުރިޔަ ސް އެއީކީ ކުރީކީ ނޫން .
    #ޑޯންޓްބޭންއެމްޑީއެން ސޭނޯޓުއެމްޑީޕީފޯއެވާ

  29. އަސީ

    އެމްޑީއެންގެ މެންބަރުންނައް ސަރުކާރުގެ އި ސްވަޒީފާތައްދިނީވެ ސް ކުރީ ސަރުލާރުންތޯ ރަންގަޅުވާހަކައެއްބުނަން މިހާރުތިޔަހުރީ ހުރިހާއެއްޗެއް ފިތިފަ.

    11
  30. އަލީ ޒާހިރު

    ދީނުގެހިމާޔަތުގައި އަޑުއުފުލުމައް ގޮވާލަމުންދާތަން ފެންނަނީ ހަމައެކަނި ސިޔާ ސީމީހުންގެ ފުށުންތޯ މަނިކުފާނައް.؟

  31. ފައިޒީން

    ދީނައް ފުރައްސާރަ ކުރާ މީހުންނާއި ބައިގަނޑުތަކައް އެއްވެސް ފިތަވަޅެއް ނާޅާން ދެއްކޭން އޮތް ހުރިހާ ބަހަނާއެއް މީނާ އެބަދައްކާ. މީގެންދޭހަވަނީ އޭނާ އެހެރީ ފުރިހަމައައް އެމީހުންގެ ދިފާއުގައިކަން. ކިހިނެތްތޯ މިކަހަލަ މީހަކައް ގައުމާއި ދީނާއި ވަތަންގެ ހިމާޔަތުގައި ނިންމުންތައް ނިންމަން ދޫކޮއްގެން އަހަރެމެންނައް ތިބެވެންއޮތީ.

  32. ޞާލިޙު

    ދީނަށް ފުރައްސާރަ ކުރާމީހުންނަށް އެއްވެސް ފިޔަވަޅެއް ނާޅާތި

    2
    2
  33. އޭތް

    ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ ފުރުސަތެއްނުދޭ އަދި ދިވެހިރައްޔަތުން ބޭނުމެއްނުވޭ ދިވެހިންނަކީ އިސްލާމުންނޫން ގިނަދީންތަކެއް ރާއްޖޭގަ އޮންނާކަށެއް. ޢެކަން މިސަރުކާރުން ޤަބޫލުނުކޮށް ޤައުމުގަ ތި ހުޅުރޯކުރަނީ މަނިކުފާނު. އެމްޑީއެން މިއަދު އުވާލަ. ރައްޔަތުންފާސާއިންމުސާރަދޭ ރައީސްވަޒީފާދީފަ ތިބި އެމްޑީއެންގެ މެމްބަރުވަކިކުރެ. ހުޅުރޯކުރަނީ ރައީސް އިލްމުވެރިންނެއްނޫން. ލޯނު ނަގާތީ ކަންބޮޑުވެގެން އުޅުނުމީހުން 10 މަސްތެރޭގަ ނެގުނުލޯނުގެ އަދަދު އެގޭތަ؟ ޤައުމުގެ މިނިވަންކަމާ އިސްތިޤުލާލު ނަޤާލެވި އިންޑިޔާއަށް ޤައުމު އަޅުވެތިކޮށްގެން އެމީހުންނާއި އިގިރޭސިން ބޭނުންވާހާ ގޮތަކަށް އިސްލާމްދީނަށް ފުރައްސާރަކުރަނީ އިލްމުވެރިންތަ؟ ހުޅުރޯކޮށް ފިތުނަ އުފެއްދުމުގެ އަޑީގަ ހުންނެވީ މަނިކުފާނު. އޮޅުވާނުލަ.

  34. ގައުމު

    ގައުމުގެ ވެރިމީހާވެސް ވަނީ ގާފިލް ނިންނަޖަކުން ނިދާފައެވެ. ސުބްހާނަﷲ

  35. ފައިރޫޒު

    ކުރީގެ ރައީސް ޔާމީން ތިޔަށްވުރެ މާފުރިހަމައަށް މާ ބަލާޣަތްތެރިކޮށް ރައްޔިތުންގެ ގަމަޖެހުމާއި އެއްބައިވަންތަކަމުގެ މައްޗަށް ވާހަކަ ދެއްކެވި. ޢިސްލާމީ އަޤީދާ އާއި ވަހުދަތު ރާއްޖޭގައި ވަރުގަދަ ކުރުމަށައި ޤައުމުގެ އިސްތިޤްލާލް ދެމެހެއްޓުމަށްވެސް ވާހަކަ ދެއްކެވި. ޢެކަމަކު ތި މީހުނަކަށްވެސް ކެތެއް ނުކުރެވުނު. ޢަދި ރާއްޖޭގެ އިޤްތިޞާދު ފުނޑުފުނޑު ކޮށްލުމަށް ކެނޑިނޭޅި ތި މީހުން އޭރު މަސައްކަތް ކުރި

  36. މައްލާ

    އެންމެ ފަހަރަކު ވެސް މީހުން ގެ ވިންދާކުޅޭ ކަންކަން ނުކުރަން އިލްތިމާސް ކުރިންބާ. އެފަދަ ކަންކަން ކުރާން ޖެހޭތަ. އެކަންކަން ކުރީމަ އެކަންކަމާނުކުންނަ މީހުން ގޯސްވާނަމަ ދެން މިކުރެވެނީ ކޮންމަކެއް.

  37. ޖާޒީރާ ބޯއީ

    މީ ދިވެހި ރައްޔިތުންގެ ކުރިމަށްޗަށް އަންނި ނެރެފައިހުރި ޕަޕެޓެއް، މިއަކަށް ނޭގޭނެ މިކިޔެނީކީކޭކަމެއްވެސް. އެކޮޅުން ލާދީނީ ކުޅިކުޅެމުންދާއިރު މިކަލޭގެ ހުންނާނީ ޗާބީދީފައި ދޫކޮށްލާފަ.

  38. އަލި

    މިއަހަރު ފެބްރުއަރީގައި ގައުމީ ދިދައާއި ބެހޭ އުސޫލު އުވާލީ ކީއްވެތޯ ... އެމް ޑީ ޕީގެ ދިދަ އުހަށް ނުނެގޭތީ ތޯ މި އަހަރުގެ ގައުމީ ދުވަހުގެ އެންމެ ބޮޑު ހިތާމައަކީ ގައުމީ ދިދައަށް ދީފައިވާ ގަދަރާއި އިޚުތިރާމް ނަގާލީތީ މިހާރު މިގައުމުގައި ދިވެހި ދިދަ ނެގިޔަސް ނުނެގިޔަސް އޯކޭ .... ބުނެވޭނެ ބަހެއް ހެދޭނެ ގޮތެއް ނެތް ގައުމެއްގެ ރަމްޒަކީ އެގައުމުގެ ދިދަ އެ ދިދައަށް ދޭންޖެހޭ ގަދަރާ އިއްޒަތް ވެއްޔާލާ މޮޑެލައިފި.... ޕާޓީ ދިދަ ކުރި އަރުވަން

  39. Anonymous

    މުސްލިމު ގައުމެއްގެ ސިޔާސަތަކީ އިސްލާމް ދީން. އެއިން ސިޔާސަތު ކަނޑައެޅޭނީ. ދީނާ ނުލާ ސިޔާސަތެއް ނުވާނެ. އެހެންވީމަ ކަލޭމެން ދިވެހިންމަށް ވިސްނާދިން ދީނާ ސިޔާސަތު ވަކި ކުރުމުގެ ފިކުރަކީ މިނިވަން ފިކުރުގެ ބައެއްކަން އަހަރެމެން ދެނަހުރިން.

  40. ޝާހް، ރ.ވާދޫ

    މި ކާކުތަ ދީން ހަދަނީ؟ ހުޅު ރޯކުރަނީ؟ އިސްލާމްދީނަށް ފުރައްސާރަ ކުރަންޏާ މިދީނުގެ އިލްމުވެރިން އެކަމާ ދެކޮޅަށް ތެދުވާނެ! ތެދު ނުވެވޭ މީހުންނަކީ ބައެއްގެ އަތުން ފަންޑު ހޯދައިގެން އެބައެއްގެ ދަށުވެފަ އެކަމުގަ ރަނގަޅަށް ބަނދެވިފަ ތިބި މިސަރުކާރުގެ ގުނބޯލުން! އިސްލާމްދީނޭކިޔައިގެން ރައްޔިތުންނަށް ދަޅަދައްކަން މިސަރުކާރުން ދައްކާވަހަކަ އިނގިރޭސިން ޓްވީޓްކުރަން ނުކެރުމަކީ އެކަމުގެ ފުރިހަމަ ހެއްކެއް!

  41. އަލީ

    ތިއީ ހަމަ ތިގޮނޑިއަށް އެރީމާ ހިތަށް އަރާގޮތް. މިއަދުވެސް ތިގޮނޑިން ފައިބާއިރު ދެން ތިސުވާލެއް ނުއުފެދޭނެ.

  42. މަރިޔަމް އަނީގާ

    އޭ . ބަލަ ދީނަށް ހަޖޫޖައި ރަސޫލާއަށް ފުރައްސާރަކޮށް ހަޖޫޖަހައި ހެދީމަ އެދީނަށް އުޅޭ މީހުން ރުޅިނާންނާނެތަ؟ އެކަންކުރި އެކްސްޓްރިމިސްޓު ޓެރަރިސްޓުންގެ ދިފާޢުގައި ކޮށްފައި ހުރިހުވަޔާ ޚިލާފަށް ތިހެން ވާހަކަ ނުދެއްކޭނެ މިގައުމުގެ ރައީސަކަށްހުރެ. ހުޅުރޯކރަނީ ސަރުކާރާ އެމްޑީޕީ އަދި އެމްޑީޕީގެ ލާދީނީ ގޮފި އެމްޑީއެން ގުޅިގެން. ރައްޔިތުން މިކިޔަނީ އެމްޑީއެން އުވާލާށޭ އެކަންކުރިމީހުންނަށް ފިޔަވަޅުއަޅާށޭ! އެކަންނުކޮށް ބަހަނާ ނުދައްކާ!!!!

  43. ހުސެން

    ކޮން ހާސާރެއް ތި ދަމަނީ؟