ހާޓް އެޓޭކެއް ޖެހިގެން ނިޔާވި މީހެއް ކަމަށް ބުނެ ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ދިވެއްސަކު ހޮސްޕިޓަލަށް ގެންދޔައިރު ނިޔާނުވާކަން އެނގުމުން ފަރުވާ ދީގެން ހާލު ރަނގަޅު ވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމަތު ދިން މީހަކު ބުނީ އޭނާ ނައިފަރަށް ގެންދިޔައީ ޅ.އަތޮޅު ރިސޯޓެއްގައި ހުއްޓާ ހާޓް އެޓޭކެއް ޖެހިގެން ނިޔާވުމުން ކަމަށް އޭނާ އާއި އެކު ނައިފަރަށް ދިޔަ މީހުން ބުނާ ކަމަށެވެ.

"ހާޓް އެޓޭކެއް ޖެހި ނިޔާވުމުން މަރު ކަށަވަރު ކުރަން ކަމަށް ވަނީ ހޮސްޕިޓަލަށް ގެންދިޔައީ. ނަމަވެސް ޑޮކްޓަރު ބެލުމުން އެނގުނީ އޭނާ މަރުނުވާކަން. އޭނާގެ ވިންދު ހުރުމުން އަވަހަށް ފަރުވާދޭން ފެށި. މިހާރު އޭނާގެ ހާލު ސްޓޭބަލް ކަމަށް މައުލޫމަތު ލިބޭ،" އޭނާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދެމުން ދަނީ އައްޑޫ ސިޓީ އަށް ނިސްބަތްވާ ފިރިހެނަކަށެވެ.

މިކަމާއި ގުޅިގެން ނައިފަރު ހޮސްޕިޓަލްގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސާދާ

    ރިސޯޓްގައި މީހެއްގެ ވިންދު ހުރިތޯ ބަލަން އިނގޭ ވަރުގެ ޑޮކްޓަރަކު ނެތް މައްސަލަ ވަގުތުން ވަގުތަށް ބަލައި ފިޔަވަޅު އަޅަންޖެހޭ.
    ޢަނބި ދަރިން ނާއި ވަޒަން ދޫކޮށް ފައިސާ ފޮއްޗެއް ހޯދަން ބުރަ މަސައްކަތް ކުރާ މީހުންގެ ސިއްހީ ހާލަތު ކަށަޗަރު ނުވާ ބަޔަކަށް މިލިޔަނަރުން ފެންވަރުގެ ޓްވަރިސްޓުން އަންނަ ރިސޯޓްތައް ހިންގައި ދެވޭނެ ހިދުމަތެއް ނޯންނާނެ.
    ސްޓާފުންނަށް އަޅާ ނުލާ ތަނެއްގެ ހިދުމަތުގެ ފެންޗަރުވެސް ދައްވާނެ.

    132
    4
  2. ޜރ

    ރިސޯޓް ތަކުގެ ސިއްޙީ ކަންކަން ހުރި ދޯހަޅިކަން މިކަމުން އެނގިއްޖެ

    97
  3. ނިހާން09

    ކުރީ ސަރުކާރުގަހުރި ޑޮކްޓަރެއްވެސް އެ ރިސޯޓްގަ، މި ސަރުކާރު އައިފަހުން ގެންދިޔަކަމަށް ވަނީ...

    43
    14
  4. ހުސޭނުބޭ

    ނަސީބެއްނު ވަޅުނުލިކަން!

    80
  5. ނޫނޭ

    ދުނިޔޭގަނެތްފެންވަރުގެ ވަޒީރެއްނުން ލާދީނީސަރުކާރުން ގެނެސްއެ ހެރީ . ރިސޯޓުތަކުގެ ކަންތައް ހުރި ހިސާބު ތިފެންނަނީ . ހެލްތުގެ ވަޒީރުގެ ވާ ހަކަ ރަނގަޅީ ނުދެއްކިއްޔާ . މިސަރުކާރުގެނައިމީ ހުން ކަރާކާލަކާލާ ތިބޭ .

    15
    5
  6. ޖާޒީރާ ބޯއީ

    އަދުގެ ސަރުކާރުވެސް އޮތީ ތިޔަކަހަލަގެ ހާލެއްގައި. %100 މުސްލިމް ގައުމެއްގެ މުސްލިމު ވެރިޔަކަށް ހުރެމެ އިސްލާމްދީނަށާއި އެދީނުގެ މާތް ރަސޫލާ(ސއވ)އަށް ފުރަށްސާރަކުރަމުން ދާއިރުވެސް އެކަމާ ފިޔަވަޅެއްނޭޅި އެބައިގަނޑު ގައުމުން ބޭރަށް ފިލުވާގެން ތިބެނީ.

    16
    1
    • ސާދާ

      100% މުސްލިމް ގައުމެއްނަމަ ތިބުނާ ބަޔަކު މިހާރު އިންސާފުގެ ކުރިމައްޗަށް ގެނެސް އަދަބުދެވިފައި ހުންނާނީ.
      އެހެންނޫނިއްޔާ ސަރުކާރު ހުއްޓުމަކަށް ގެނެސް އެލާޓްގައި އޮންނާނީ. ރަނގަޅުވާނީ 100% ނުކިޔައި މަޑުމަޑުން އަމިއްލަ ހާލައިގެން އުޅެވޭތޯ ބެލިއްޔާ.

  7. ބޯކިބާ

    އާދައިގެ ފަސްޓްއެއިޑުގެ ކުޑަމިންވަރެއް އެނގޭމީހަކު ހުއްޓަސް ވިންދުހުރިތޯ ބަލަން އެނގޭނެ. އެތައްހާސް ފަތުރުވެރިން ގެންނަތަނެއްގައި އެވަރުނެތްކަމީ ލަދުގަންނަންޖެހޭކަމެއް.

    21
  8. Anonymous

    الحمد لله. ތައުބާވެ ހެޔޮ އަމަލްތަށް ކުރުމަށް ﷲ ދެއްވި ފުރުސަތެއް. މި ވަގުތީ ފާލަންމަތީ އަހަރެމެން އަބަދަކު ނުތިބޭނެ. އަހަރެމް ކޮންމެ މީހެއްގެ އަޖަލު ވަނީ ކަޑައެޅިފައިވާ ފޮތެއްގައި ލިޔެވިފައި. އަޖަލު އައުމާއެކު މިދުނިޔޭގެ ސަފްހާ ބަންދުވީ. كل نفس ذاقت الموت. މިއީ حق ކަށަވު ކަމެއް.

    16
  9. އަހްމަދު

    އަލީވަހީދު ބުނީ ހުރިހާ ރިސޯޓްތައް މިހާރުވަނީ އިންސްޕެކްޓްކޮށް ނިމިފަޔޭ. ތިޔައީ ކުރީ ސަރުކާރުގެ ކަމަކަށްވާނީ.

    18
    3
  10. މިޔަރު

    އަލީވަީދުމެންގެ ސަރުކާރުގެނައި މީހުން އުފާކުރޭ . ހުރިހާކަމެއް ވަނީ ބޮއްސުންލާފައި . ހުރިހާ އިސްމަގާމެއްގައި ގަމާރުންވާ ސަރިކާރެއް މިނޫނީ ނުދެކެން

    12
    2