ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ހުންނެވީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ދަށުގައި ތާށިވެފައި ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
އިޔާޒް މިހެން ވިދާޅުވީ ގައުމީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައި ރައީސް ޞާލިހް ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.
އިޔާޒް ވިދާޅުވީ ރައީސް ޞާލިހް އިލްމުވެރިންނަށް އިލްތިމާސް ފޮނުވި ނަމަވެސް އެމަނިކުފަނަށް ޒިންމާއިން ރެކިވަޑައިނުގެންނެވޭނެ ކަމަށެވެ.
"ގާނޫނާއި ހިލާފުވެފައިވާ ޖަމިއްޔާއެއްގެ ދަށުގައި ތާށިވެ ވަޑައިގެން ހުންނަވައިގެން ދީނީ އިލްމުވެރިންނަށް އިލްތިމާސް ފޮނުވިޔަސް މަނިކުފާނުގެ ޒިންމާއިން ރެކިވަޑައިގެންނެވުނީކީ ނޫންކަން ހަނދާނުގައި ބަހައްޓަވާތި. މަނިކުފާނު ވައުދުވިގޮތަށް ކަންތައް ކޮށްދެއްވާ." އިޔާޒް ވިދާޅުވިއެވެ.
ރައީސް ޞާލިހް ވެރިކަމަށް ގެންނަން އެންމެ ވަރުގަދައަށް މަސައްކަތް ކުރެއްވި އިލްމުވެރިންގެ ތެރޭގައި ހިމެނޭ އިޔާޒް ވަނީ ރައީސް ޞާލިހް ގައުމީ ދުވަހުގެ ޖަލްސާގައި ދެއްކެވި ގިނަ ވާހަކަފުޅުތަކަށް ރައްދު ދެއްވާފައެވެ.
ސިޔާސީ ހުޅުރޯކުރަން ބޭނުން ކުރާ ދަރަކަށް ދީން ހެދުމަށް އެއްވެސް ބަޔަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށާއި އިސްލާމީ އަޤީދާގެ މަތިވެރިކަމާއި މޫރައްތެރިކަމަށް ބުރުއާރާފަދަ ކަންކަން މީހުންގެ ސިކުނޑިތަކަށް ވެރިވުމަށް ފުރުސަތު ދެއްވައިގެން ނުވާނެ ކަމަށް ރައީސް ޞާލިހް ރޭ ވިދާޅުވުމުން އިޔާޒް ވިދާޅުވީ ބަޔަކު މީހުން ސިޔާސީ ހުޅު ރޯކުރަން ދަރު އަޅަނީ ފިޔަވަޅު އަޅަން ޖެހޭ ފަރަތްތަކުން އެކަމުގައި ފަހަތު ފަޔަށް ބުރަވެފައި ތިބީމަ ކަމަށެވެ. "އެކަން އެގޮތައް ވެދާނެކަން ދީނީ އިލްމުވެރިން ވާނީ ތަފާތު ގޮތް ގޮތައް މަނިކުފާނަށް ދައްނަވާފައި." އިޔާޒް ވިދާޅުވިއެވެ.
ރައީސް ޞާލިހަށް ފާޑުވިދާޅުވަމުން އިޔާޒް ރޭ ވިދާޅުވީ މިރާއްޖޭގެ އެންމެ އިސްވެރިޔާ އަށް ދީނީ އިލްމުވެރިން އަދާކުރަމުން ގެންދާ ބުރަ މަސްއޫލިއްޔަތު އޮޅިވަޑައިގެންކަމީ ހިތާމަ ހުރިކަމެއް ކަމަށެވެ. "އެއްވެސް އިރެއްގައި އެއްވެސް ބަޔަކު ދީނީ އިލްމުވެރިންގެ ކިބައިން ނާޖާއިޒް ފައިދާއެއް ނެގުމަށް ފުރުސަތު ދެވިފައި ނުވާނެ. ނުވެސް ދޭނަން." އިޔާޒް ވިދާޅުވިއެވެ.
ކަލޭ ހާދަ އަނގަގަނޑު ގަދަވެގެން ތި އުޅެނީ. ރަނޑު އަންހެނެކޭ އެއއ އްގޮތޭ. ކޮންމެ ދުވަހަކު ކޮންމެސް ފިތުނަ އެއ އް ފެތުރުމުގަ. ތީ އެންމެ ހެޔޮދީނީ އިލްމުވެރިންގެ ނަމޫނާ އެއ އް.
ރަނޑު އަންހެނުންގެ ފާޑަކީތީ. ފިލާތިބެ ކޮމެންޓް ކުރަނީ. ޑރ.އިޔާޒު ނުކުތް ފަހުން ތިޔައުޅެނީ ލާދީނީ ބައިގަނޑު ސަލާމަތް ނުވެގެން.
އަދި ކިރިޔާތަ އެނގުނީ ނަމުން ޞާލިޙް ކަމުން މުނާފިޤެއްކަން! ކަލޭވެސް އަސްލު ހުރީ މަކަރުވެރި ލާދީނީ ބައެއްގެ ދަށުވެފައި! ދެންބަލާ ސަލާމަތްވެވޭތޯ!
ނަމާ އެއްފަދަ ސޯލިހެއްނު އެއީ. ރުޅިއަރުވަން ނޫޅެ މައިތިރިވެގެން ހުރޭ ކަލޭ. ޗަކިންދާއާއެކު ކަލޭވެސް ހައްޔަރުކޮށް އެއްގޮޅިއަކަށް ދެގޮލާ ލާންވީ.
ކަލޭ ތިހުރީ ކޯ އްޗެ އްގެ ދަށުވެ ތާށިވެފަ؟ ލަދެ އް ނުގަނޭތަ މީހުންގެ ވާހަކަ ދަ އްކާކަށް
އަމި އްލަ ނަފްސަށް ގޮވާ ގޮވެ އްޔެ އްތަ؟ ތިމާ ތާށިވެފަ އިހުރީ އެއ އަށްވުރެ ބޮޑު ބަންދެ އްގަ އިކަން ލޯގަނޑު ކުރިމަ އްޗަށް އެރީމަ ފެންނާނެ.
އިޔާޒުމެން ތިބީ އެބުނާ ވައްކަމަށްވެރު އިސްލާމްދީން ނެތިކޮށްލަން ކުރިންވެސް މަސައްކަތްކޮށް ވެރިކަމުން ބޭލި ސަރުކާރު އަނބުރާ ވެރިކަމަށް ގެނައުން އެއީ މާރަނގަޅުކަމަށްދެކިގެން އެކަމުގަ ތާށިވެފަ
އޭރުކުރި ވައްކަމަށް ވުރެ މާބޮޑުމިހާރު ދައުލަތުގެ ބަޖެޓްންބަހަމުންދާ އަދަދު. އެމީހުންކުރީއަކީ ވެސްރަނގަޅުކަމެއްނޫން އެކަމަކު މިއައްވުރެ ކުޑަބަޖެޓް ތަކުން ރައްޔެތުންގެ ބޭނުންތައް ދިޔައީ ފުއްދައިދެމުން، މިހާރުމިވާވަރަކީ ގާތްރައްޓެހިންނަށް ބައިއަޅާފަ ކިރިޔާ މުސާރަކޮޅުދީފަ ބަޖެޓްގެ ބަޑުބައެއް ސަރުކާރު ދަތުރުތަކަށް ޚަރަދުކުރެނެނީ،
ރައީސް ސާލިޙް ވެރިކަމުގަ ހުރުމުގެ ޤާނޫނީ އެއްވެސް ޙައިސިއްޔަތެއްނެތް ޤާނޫނު އާސާސީއާޚިލާފުވެއްޖެ. ޙުވަޔާޚިލާފުވެއްޖެ. އަމިއްލައެދުމުގަ މަޤާމުގެ ދަހިވެތިކަމުގަ ޤައުމުގެ މިނިވަންކަމާ އިސްތިގުލާލު ގެއްލުވާލާ ޤައިމު އަޅުބެތި ކުރުމުގެ ފުރުސަތު އިންޑިޔާއަށް ދީފި. ޢިސްތިޢުފާދީ
ކަލޭގެ ގޮވެލި އަޑު އަހާނެ މީހުން މިޤަ އުމުގަ މިހާރު މަދު. މީސްތަކުން ތަހުޒީބުވެ ހޭލުންތެރިވެ އްޖެ. އަމި އްލަ ނަފްސާ ސިކުނޑީގެ ޝިކާރަކަ އްވެ ބިރުވެރިކަމެ އްގަ އަމި އްލަ އަށް އަތްފަ އި ބަނދެވިގެން ހުރީ ތިބާ
އެމްޑީޕީގަ ހަމަ ނުތިބޭނެ ތިނޫން ބައެއް. އެއީ ހަމަ އެއްބައެއް. އެއް ފިކުރެއް. ބައްލަވާ އިލްމުވެރިންގެ ބޮލުގަ އެ އެޅުވި ނުބައި އިލްޒާމް. އިލްމުވެރިން މިފެނުނީ ސިޔާސީ ހުޅު ރޯކުރަން އުޅޭ ބައެއްގެ ގޮތުގަ. އިލްމުވެރިން އެކުރައްވާ މަސައްކަތަކީ އެއީތޯ؟ ހެޔޮނުވާނެ.
ފަންޑުކުރަނީ ދޮންމީހުން، ނުކެރޭނެ އެކަހަލަ ވާހަކައެއް އިނގިރޭސީން ދައްކާކަށް. އަދިވެސް ރައްޔިތުން ގުބޯހައްދަން މިތެޅެނީ. ސޯލިހުއަކަށް ކެނެރީގޭ ބުއްޅަބޭއާ އިދިކޮޅަށް ރައްޔިތުން ނަށް ހެޔޮވެރިކަމެއް ނުކޮށްދެވޭނެ. އޭނައެހެރީ ނަޝީދުއާ، ލާދީނީ ބައިގަނޑާދޭތެރޭ ފެންޑަރަކަށްވެފަ.
އިނގިރޭސިބަހުން ނުލިޔެފިއްޔަކާ ނޭނގޭނެތަ؟ ހާދަ ގަމާރޭ. ދިވެހިން ލިޔުނަސް ހަމަ ވަގުތުން އެމީހުންނަށް އެނގޭނެ. ގޫގަލް ޓްރާންސްލޭޓް ހުންނަނީ ކަމަކު ނޫންތަ؟
ލޮޖިކަލް ވެގެން ރިޕްލައި ކުރިގޮލާ އަތައް ގޮވީ ދޯ؟ ގޫގަލް ޓްރާންސްލޭޓަރ ގައި ދިވެހިބަސް ނުހިމެނޭ. އަދިވެސް މޮޅު ރިޕްލައި ކުރެވޭތޯ ބަލާތި.
އަދި ދިވެހިބަސް ކަލޭމެންގެ ގޫގަލް އިން ޓްރާންސްލޭޓް ކުރެވޭ ހިސާބަށް ތިލަ ނުވަނީއޭ. އެމަސައްކަތް ފުނުގައި ދަނީ ހިނގަމުން. އަދި އަންނާނެ އިނގޭ. ކެތްކޮށްލާ. ތާނަ ލިޔެވޭ ގޮތް ހެދީވެސް ކަލޭމެންނެއް ނޫން. ބަޔަކު ފޮންޓްތައްޔާރު ކޮށް ނެރެ ދެއްކީމަ އެވެސް ކަލޭމެންނަށް ލިބިފައި ތިޔަ ވަނީ
ތާނަ ނުވަތަ ދިވެހި އިނދޭތަ
ދިވެހިވެސް ގޫގަލްއިން ޓްރާންސްލޭޓް ކުރެވޭ ދޯ؟ ރީނދޫ ބާގައި ތިވެބީ ހުސް ތިކަހަލަ މޮޅެތި މީހުން. ތަނެއްދޮރެއްވެސް ނުމެއެނގޭނެ. ފާޑުފާޑު ނަންނަން މީހުން ކިޔާ އަޑު އިވުނީމަ ދެން މާ އެނގިފަ ތިބެނީ.
ކަލޭ އަނގަމަޑުން ލާން ވެއްޖެއެއްނު ބަޔަކު ކަލޭ ދުލަށް އިސްކޫރެއް ނުޖަހަނީސް
މި ގައުމުގާ ހުރިހާ ކަމެއް ކުރާންޖެހޭގޮތް އެނގޭނީ ވަކި ޝޭހުންތަކެއް ކަމަށް ވެ ނިމިއްޖެ. އެކަން ބަދަލު ކުރާންޖެހޭ. ޝޭހުން ކުރާންޖެހޭ ކަމަކީ ދީނަށް ލޯބި ޖެއްސުން، ސަރުކާރަށް އިންޒާރު ދިނުމެއްނޫން. އިސްލާމިކް މިނިސްޓަރީ އެބަހުރި. އެ މިނިސްޓަރީ އާ ގުޅިގެން ކުރެވޭނެ އެތަކެއް ކަމެއް އެބަހުރި. ނަމަވެސް އެއިން ކަމެއް ނުކޮށް އަބަދު ފާޑު ކިޔުމުގަ. ދިވެހިންނީ އިސްލާމު ދީނުގާ އުޅެން ބޭނުންވާ ބައެއް، ނަަމެވެސް ދީނުގެ ނަމުގާ ނާމާންކަން ފަތުރަން ފުރުސަތު ނުދެވޭނެ. އަލީ ރަމީޒަކީ ކުރިން ލަވަކީ ފަރާތެއް، ނަަމަވެސް މިހާރު ދީނަށް ނުހަނު ލޯބިކުރާ ދިވެހި ދަރިއެއް، އަލްހަމްލިﷲ. އޭރު އަލީ "ބޭން"ކުރިނަމަ މި އަދު ދެކޭ އަލީ ލިބުނީސްތޯ އެއީ ކޮށްލަން ހަމަ ރަނގަޅު ސުވާލެއް.
ނަމުގައިވާ ދަދައިން ދެއްތޯ؟
އިޔާޒު މެން ގެނައި ސާލިހުގެ އަސްލު ސޫރަ އަދިކިރިޔާ ފެނުނުނީ ދޯ ...
އަދިވެސް އަސްލު ސޫރައެއް ނުފެނޭ. އަސްލު ސޫރަ ފެންނައިރު މިގައުމުގަ ފައްޅިއާ މަސާޖްޕާލާހުންނާނެ. ކޮންމެ ދީނަކަށް އުޅުމައް ފުރުސަތު ލިބޭނެ.
މި ވަރަށް ދެފުށްކެހެރި ސިޔާސީ ކަމެއް.
ބަލަ އިސްލާން ދީނުގައި ފާސިގު ވެރިއަކަށްވެސއ ފާފަޔަށް ނުވާ ކޮންމެކަމަކު ކިޔަމަން ވާންޖެހޭނެ. އަދި ވެރިމީހާ އިސްލާން ދީނުގައި މިވެނި ހުކުމަކަށް އިންކާރުނުކޮށް ދުނިޔެވީ ސަބަބުތަކަކަށް ޝަރިއްޔާ ގާއިމް ނުކުރިޔަސް ކިޔަމަން ވާންޖެހޭނެ. ފާޅުވެގެން މިވެނި ހުކުމެއް މިވެނި ގޮތަށް ދީނުގަ އޮތަސް ތަންފީޒް ނުކުރާނަމޭ ބުނެ ފާޅުވެގެން ކުފުރު ނުވާ ހާލަތުގައި ވެރިމީހާޔަށް ކިޔަމަން ވުން ލާޒިމުވާނެ. އަދި އަމުދުން ފިޔަވަޅު އަޅާނެ ކަމަށް ބުނެފަވަނިކޮށް ވެރިމީހަޔަށް އިލްމުވެރިޔަކު ފާޅުގައި ނުކިޔަމަންތެރިކަން ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އިސްލާން ދީނުން ފެންނަނީ ހަމައެކަނި އެއްބައިތޯ ޝެއިހް އިޔާޒް
އިޔާޒްއަށް ހެޔޮވިސްނުނީތީ އުފާކުރަން. ދެންވެސް ލަސްނުކޮށް ކުރިން ހެދުނު ގޯހުގެ ބަދަލު މިވެރިކަމާ ދެކޮޅަށް ތެދުވަންވީ
ކޮއްމެ ވެރިކަމަކަށް ޢަގީދާ ބަދަލުވެ ކުލަ ބަދަލުކުރާ ރިޔާސަތަށާއި ސިޔަސަތަށް ދަހިވެތިވުމުގައި ހައްދުފަހަނަ އަޅާފަ!
އޭނައެހުރީ ނަމުންސޯލިހުވެފަ ކަނުންޖާހިލްވެފަ މަމެންނައް އެކަން އެނގޭ އެއިރުވެސް ،،
މުނާފިގުކަން އެގުނޭ މާކުރިންވެސް އިސްކުރު ބަރި ހުރި މިސްކިތެއްގަ ވަޅުގެ ދާނި ނަގައިގެން ވުޟޫކުރާ ފޮޓޯއެއްމީޑިއާ އަށްލީމަވެސް ތިޖަމިއްޔަ އުވާލާކަށް ނުކެރޭނެ މި ސަރުކާރަަށްއދ.ނުރުހިދާނެތީ އެއީމަހިތުން ސަރު ކާރުންވެސް ހިތް ވަރު ދީގެންކޮށްފަ އޮތްކަމަކަށް ވާތީ މަކައިރިއަށް ހިނި އަންނަނީ ކޮންމެ ކަމެއް ޔާމީނަށް ފޫޅުކަނޑާތީ ޔާމީނު ކަމުނުގޮސްގެން ނޫންތަ ކިނބޫ ސާލިހަށް ވޯޓް ދިނީ
ސަބާހޭ ސާބަހޭ އިޔާޒް އައް ސާބަހޭ ނުގުޑާފަދަ އަޒުމަކުން ތިޔަހުރި ހިއްވަރަކުން އަހަރުމެނައްވެސް ހިއްވަރު ލިބިއްޖެއޭ މޑނ އުވާލާ ރައީސް ސޯލިހު އިސްތިއުފާ މިހާރުންމިހާރައް
ނޫނޭ އުންމީދާއި ޔަގީންކަން ކަލެއަށް އެބައޮތެއްނު. ދުއާ ދެއްވި މީހާ ރަނގަޅެއްނު ކަންތައް ކުރާލެއް. ކަލޭގެ ހަޔާތްކުޑަކަމުން ވާހަކަ ދައްކަނީ ތި.
އިޔާޒްއެ ހުންނެވީ ހުންނަންޖެހޭ ހިސާބުގާ އިޔާޒްގެ އަޑު ވެރިމީހާ އަށް އިއްވުމަކީ ވާޖިބެއް އެކަން ކޮންމެ ދުވަހަކު އިޔާޒް އެބަ ކުރައްވާ. ކަންފަތުގެ ކަފަޖަހައިގެން އަޑުނާހަން އުޅުނަސް އިއްވަން މަސައްކަތް ކުރުމަކީ ކުރަންޖެހޭކަމެއް. ވާޖިބެއް.
އިބޫއަކީ މާގިނަ ތަރައްގީގެ މަސްރޫޢޫ ގެންނަން ގެނައި ވެރިއެއް ނޫންކަމައް ވަރައް އެތެރޭން ލިބުނު މަޢުލޫމާތެއް!!!، އަދި އިބޫގެ ކެބިނެޓް އެއްމެ އިތުބާރުކުރާމީހުންވެސް އިބޫގެވެރިކަން ކުރިއަރާ މޮޅުކަނަތައްތަކެއް ވިޔަކަ ނުދޭނެ ، ގިނަފަހަރު ފުރުސަތުތައް ލިބުމުން ނުބައި ވިސްނުންދީ އަދި ގަވައިދުތައް އުދަގޫވާގޮތައް ބައްޓަންކޮށް ހަދާތަން ފެންނަނީ.. އިބުރާހިމް މުހައްމަދު ސޯލިހްއަށް މިކަން އެގެންއެބަޖޭހޭ.. ހުރިހާ ދިމާލަކުން ކުރަނީ ވައްކަން ރައްޔިތުންގެ ފައިސާއިން "ބަދަލު ދިނުމުގެ ނަމުގައި" ދެން ތިޔަ ދީނީ ކަންކަން އިބޫގެ ޑިސްޓްރެކްޝަންއަކައް ހަދައިގެން އެއުޅެނީ ފޯކަސް ގެއްލުވާލަން... މުޅި ދަޢުލަތް ކަހާލަނީއެ ކޯލިޝަން ޕާޓްނަރުން އެބަޖެހޭ މިކަމައް ސަމާލުވާން .. ޙާއްސަކޮށް އިބޫ ފެއިލް ކުރަން މަސައްކަތް ކުރާ ބަޔަކު އެބަޢުޅޭ ކައިރީގަ
ކަލޭ ތިހުރީ ޕީއެންސީ އަދި ޕީޕީއެމް ދަށުވެފަ ދޯ ؟
އިޔާޒްއަށް ހެޔޮވިސްނުނީތީ އުފާކުރަން ތައުބާވެ ރައްޔިތުންގެ ކިބަިން މާފާށް އެދުމަށް އަވަސްވެގަންނަވާ
މީ ކޮންކަހަލަ ޝޭޙުންނެއްތަ؟
ދީން ކިޔަވައިގެންއައިސް ދީނުގެ ޝަރުއީ ޢިލްމު މީސްތަކުންނަށް އުނގާއްނައިދީ މީސްތަކުން އިސްލާޙް ކޮށް ދީނުގެ މައްޗައް ތަރުބިއްޔަތު ކުރުމުގެ ބަދަލުގައިމިބައި މީހުންގެ މަސައްކަތަކަށް ވެފައި މިއޮނަނީ ފާސާދަކުރުމެވެ.
ރައީސަށް ވިސްނޭނެކަމަށް ހީކުރަން ރައްޔިތުން މި ދައްކާވާހަކަ އެމް ޑީ އެން އުވާލައި މާތްރަސޫލާއަށާ ދީން ފުރައްސާރަ ކުރި މީހުން ހައްޔަރުކުރަން ދޯ ރައްޔިތުން ގޮވަނީ އެކަމަކު ރައީސް އެދިލައްވަނީ ހައްޔަރު ކުރަން ބުނުމަކީ އެއީ ސިޔާސީ ކަމެކޭ ދިވެހިރައްޔިތުންނަށްޓަކައި އަދި އެއްފަހަރު ޤާނޫނު އަސާސީ ކިޔާލަންފެނެއި އޭރުން އަގަގަދަ މީހުން އެނގޭނީ
ޝަހިންދާގެ ދަށުގަ ތާށިވެފަހެން ހީވަނީ އެހެންނާ ފަހެ ކީއްވެތަ ޖަމިއްޔާ އުވާނުލެވެންވީ
ރައީސް އަކީ އެމަނިކުފާނުގެ ނަމުގައި ވާފަދައިން ޞާލިހް ބޭފުޅެއްކަން އެނގިއްޖެ – އިޔާޒް
ބިރުދެއްކިޔަސް ނަބިއްޔާގެ ދިފާއުގައި ކުރާ މަސައްކަތަށް ބަދަލެއް ނާންނާނެ - އިޔާޒް
ކުށްކުރާ މީހުންނާމެދު ފިޔަވަޅު އެޅުމުގެ ބަދަލުގަ އެވާހަކަ ދައްކާ މީހުންނަށް އަދަބު ދިނުމަކީ ލާއިންސާނީ ކަމެއް - އެމްޑީއެން އުވާލާ!: ޑރ. އިޔާޟް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ހުންނެވީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ދަށުގައި ތާށިވެފައި ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ހަމަހިނިއަންނަނީ
އިޔާޒް ސިޔާސީ ހުޅު ރޯކުރަން ދަރު އަޅަނީ