ސައިކަލެއްގައި ދިޔަ ދެ މީހަކު ބޭންކް އޮފް މޯލްޑިވްސް ކައިރީ ހުންނަ މަނީ އެކްސްޗޭންޖް ހިދުމަތް ދޭ ފިހާރައެއްގެ ބިއްލޫރިގަނޑު ރޭ ތަޅާލައިފިއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ، ސައިކަލެއްގައި ދިޔަ ދެ މީހަކު ބޮޑުތަކުރުފާނު މަގުގައި ހުންނަ މަނީ އެކްސްޗޭންޖް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދިން މައްސަލަ ފުލުހުންނަށް ހުށަހެޅިފައި ވަނޫ ރޭ ދަންވަރު 2:28 އެހާކަންހާއިރު ކަމަށެވެ.

ފުލުހުން ބުނީ ބިއްލޫރިގަނޑު ތަޅާލީ ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށާއި މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވާ ކަމަށެވެ. އެ ފިހާރައަށް ގެއްލުން ދިނުމަށްފަހު އެއްވެސް އެއްޗެއް ވަގަށް ނަގާފައިވާ ކަމަކަށް ސާފެއް ނުވެއެވެ.

ފަހަކަށް އައިސް މާލޭގައި ފޭރުމާއި ވައްކަން ކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެންދެރި

    ފިހާރައިގެ މައްސަލަ ބަލަން ވީ އެވެ .

  2. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ގައުމު މައިތިރި ނުކުރެވެންޏާ އިސްތިއުފާ ދީފަ ގިސް ގޭގަ ތިބެބަލަ! މީގެކުރިން މިކަހަލަ ކަންކަންވީމަ އަޑުއަރުވަނީވެސް، މަޖީދީމަގު ކުޑަކޮށްފަ ދުވަނީވެސް، އިސްތިއުފާއަށްވެސް ގޮވަނީ، ފެއިލްވަނީ ރައީސް ޔާމީނު! މިވެރިކަމުގަ އެއްވެސް ވެރިއަކު ފެއިލްއެއްވެސްނުވޭ! އިސްތިއުފާވެސް ދޭކަށްނުޖެހޭ! އިސްލާކުވާންޖެހެނީ ރައްޔިތުން! ބަ ާއެއްނުމީދެން!!!