ފުލުހުންނަށް ހާޒިރުކުރުމުގެ މަގްސަދަކީ މިހާރު ސިއާސީ މަޝްރަހުގައި ހިނގަމުންދާ ކަންކަމުގެ މިސްރާބު ބަދަލުކޮށްލުން ކަމަށް ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ފުލުހުން ވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ އާއި ގުޅިގެން ތަހުގީގަށް ރޭ 9:30 އަށް އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ޣައްސާން މިހެން ވިދާޅުވެފައި ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފަހު "ރާއްޖެޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެއިންޓަވިއު ވާހަކަ ދައްކަވަމުން ޣައްސާން ވަނީ މިހާތަނަށް ރައްޔިތުން ނުރުހޭ އެއްވެސް ކަމެއް ކޮށްފައި ނުވާނޭ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ޣައްސާން ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު ނޫސްވެރިންނާއި ބައްދަލު ކުރެއްވިއިރު ބޭބެ ފާރިޝް މައުމޫން ވެސް ހުންނެވިއެވެ. އެ ދެބޭފުުޅުންނަކީ ސިޔާސީ ގޮތުން ހިޔާލުތަފާތު ދެފަރާތެއް ކަމުން މިއީ އެތައް ދުވަހަކަށްފަހު އެދެބެއިން އެކީގައި ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.

"މިފުރުސަތުގައި އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަގީންކޮށް އަރުވަން ބޭނުން އަޅުގަނޑުގެ ފަރާތުން އިރާދަކުރެއްވިއްޔާ އެ ބޭފުޅުން ހިތްޕުޅުހަމަނުޖެހޭ ކަހަލަ އެއްވެސް އަމަލެއް ނުފެންނާނެ" އޭނާ ވިދާޅުވިއެވެ.

ގައްސާން މައުމޫން މިމޭރުމުން ވާހަކަދައްކަވާފައި ވަނީ މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާއި ގުޅިގެން ސިޔާސީ މަޝްރަހު ހޫނު ވެފައި ވަނިކޮށެވެ.

އަދި މިމައްސަލާ އާއި ގުޅިގެން ސަރުކާރުން އަދިވެސް އެދެވިގެންވާ ފިޔަވަޅެއް އަޅައިފައި ނުވާތީ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑު ކިޔާފައެވެ. އަދި މި ދަނޑިވަޅުގައި އެމްއެމްޕީއާރުސީ މައްސަލަ ފެންމަތިކޮށްފައި ވަނީ އެމްޑީއެން މައްސަލަ ހިންދާލުމަށް ކަމަށް އެފަރާތްތަކުން ތުހުމަތު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މިސަރުކާރުން ކުރަނީ ސިޔާސީ ސަރިޔަތް އެކަމަކު އެމްޑީ އެން ގެ ލަރިކައިގެން ތިބީ ރަނގަޅު މީހުން ޢައްސާނު! ހިތްވަރުކުރޭ

    27
    4
  2. ފ

    ޕީޕީއެމް ވަރުގަދަ ވަމުންާދާތީ މިސަރުކާރަށް ހަޖަމްކުރަން ދަތިވަނީ، އެއީ މި ވާގޮތަކީ

    33
    5
  3. ރަޝީދު

    ލާދީނީ ވާހަކަ ހުއްޓޭނެ އެއްގޮތެއްވެސް ނެތް.