އެމްއެމްޕީއާރުސީ މައްސަލަ އާއި ގުޅިގެން ގުރައިދޫ ދާއިރާގެ މެންބަރ ޢައްސާން މައުމޫން ފުލުހަށް ހާޒިރުވި އިރު އޭނާގެ އަރިހުގައި ހާޒިރުވީ އެއްވެސް ސިޔާސީ ކަމަކާއި ގުޅުން ހުރެގެން ނޫން ކަމަށާއި އެކަން ކުރީ ހިތްވަރު ދިނުމަށް ކަމަށް ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫން ވިދާޅުވެއްޖެއެވެ.

ފާރިޝް މިގޮތަށް ވިދާޅުފައިވަނީ ޣައްސާނާއި ފާރިޝް އަކީ ސިޔާސީ ގޮތުން ހިޔާލު ތަފާތު ދެބޭފުޅުންނަށް ވެފައި އެމައްސަލައިގައި ޣައްސާން ފުލުހުންގެ އިދާރާ އަށް ހާޒިރުވި އިރު ފާރިޝް އެކުގައި ވަޑަައިގަތް މަންޒަރު ފެނި އެތައް ބައެއްގެ ސަމާލު ކަމަށް އެކަން އައުމާއި ގުޅިގެންނެވެ.

ފާރިޝް ވިދާޅުވީ ޣައްސާނާއި އެކު ފުލުހަށް ހާޒިރުވި ނަމަވެސް އޭނާ އަދިވެސް ހުންނެވީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އާއި އެކު ކަމަށެވެ.

ފުލުހުން ވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ އާއި ގުޅިގެން ތަހުގީގަށް ރޭ 9:30 އަށް އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. މި މައްސަލަ އާއި ގުޅިގެން އޭނާ ބުނެފައި ވަނީ ރައްޔިތުން ނުރުހޭ އެއްވެސް ކަމެއް މިހާތަނަށް ކޮށްފައި ނުވާނެ ކަމަށެވެ.

އަދި މި މައްސަލަ ފެންމަތި ކޮށްފައި ވަނީ މިހާރު ސިޔާސީ ދާއިރާގައި ހިނގަމުންދާ ކަންކަމުގެ މިސްރާބު ބަދަލުކުރުމަށް ކަމަށް ޣައްސާން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގލޅ

    ތިޔަހުރިހާ ކަންކަމަކީވެސް ކެނެރީގެ ނަސީދު އަޑީގައި ހުރެގެން ރާވާ މަޅިތަކެވެ އޭނާގެ އަތްދަށުން ސަލާމަތް ވާން
    ދިވެހިން ދަސްކުރަންވެފައިވާތާ ކިތަންންމެ ދުވަހެކެވެ

    28
  2. 1111

    ".. އޭނާ ބުނެފައި ވަނީ ރައްޔިތުން ނުރުހޭ އެއްވެސް ކަމެއް މިހާތަނަށް ކޮށްފައި ނުވާނެ ކަމަށެވެ."
    ހިތުން ވަރަށަ މޮޅުވާހަކައެއް. ރުހުން ހޯދަން ޖެހޭ ފަރާތުގެ ނުރުހުން ލިބުނަސް މި މީހުންނަށް އެންމެ ރަގަޅު! ރައްޔިތުން ނުރުހޭ އެއްވެސް ކަމެކޯ...
    ރައްޔިތުންގެ ރުހުން ހޯދަންދޯ ޚަލްޤު ކޮށްފަވަނީ!

  3. ޙާމާން

    މަމިއޮއް ބޭކާރު ވީ، ނެތި ގެއްލެނީ.،
    ދުނިޔެެއަށް ބޭ ޒާރުވީ،
    ދަލު ބޭރުން ޖެހެން މަދިޔައީ.ދުނިޔޭގަ އުޅެން ދަސްވެފައި ހުރީ އެހެން، އެއްތަނުން ދެން އެހެން ދިމާލަކަށް،ތިޔަ ކިޔާ މމޕރސ ކަމުގަ ސުވާލު ކުރަން ޙައްގީ .

  4. ޖާޒީރާ ބޯއީ

    މައްސަލައެއް ނުފެނޭ ފާރިސް ދިއުމަކުން، ބައްޕާ ފުޅަށް ވެސް ބައެއްފަހަރު އޮޅުންއަރާ އެކަމަކު ތިޔަ އާއިލާ އަލުން އެކުވާން ފެނޭ ރައީސް މައުމޫން އާއި ރައީސް ޔާމިން އޭރުން މިގައުމުގައި ދެން ލާދީނީ ބައިގަނޑަށް ޖާގައެއް ނުލިބޭނެ.

    11
  5. ކަހަނބު ވިތްޓޯ ޓޯ

    ޑީއެން އޭ ގެ ބަާރު ފެނޭތަ

  6. ޚާލި

    އޯ ކޭ. މިއޮތީ ހިތްވަރު ދިނުމުގެ އިނާމް. ގެންދޭ އަވަހަށް.