ވަގަށް ނަގާފައިވާ އައިފޯން އެކްސް އެސް ބްރޭންޑުގެ ފޯނަކާއެކު ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

އެ މީހާ ހައްޔަރުކޮށްފައި ވަނީ، ހުޅުމާލެ މަގުމަތި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުން ކަމަށެވެ،

އެ މިހާ މަގުމަތިން ފެނިގެން ދަނިކޮށް އޭނާއާ މެދު ޝައްކު ކުރެވިގެން، އޭނާ ހުއްޓުވައި، ބަލާފާސް ކުރުމުގެ ތެރޭގައި އޭނާގެ އަތުން ވަގަށް ނަގާފައިވާ އައިފޯން އެކްސް-އެސް މެކްސް ފޯނެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ވަގަށް ނަގާފައިވަނިކޮށް ފެނުނު އެ ފޯނު، މިހާރު ފޯނުގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިފަހަކަށް އައިސް، ފުލުހުން ދަނީ އެމީހުންގެ ދުވަހުން ދުވަހުގެ އޮޕަރޭޝަންތަކުގެ ބައެއް މަޢުލޫމާތުތައް މީސްމީޑިއާ މެދުވެރިކޮށް ހިއްސާކުރަމުންނެވެ.