ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރޭ ދެއްވީ ތަޤުރީރަކީ ރައީސަކު ދެއްވި އެންމެ ހީލަތްތެރި ތަޤުރީރު ކަމަށް ސަލަފް ޖަމިއްޔާގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަލަފްގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް މިހެން ވިދާޅުވީ ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް ޞާލިހް ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

"އަޅުގަނޑުގެ ހަޔާތުގައި ރާއްޖޭގެ ރައީސަކު މިހާ ހީލަތްތެރި ބަހުރުވަޔަކުން ތަޤުރީރު ދެއްވިކަމެއް އަދި މިހާތަނަށް ހަނދާނެއް ނުވޭ" އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގެ މައްސަލަ ހޫނުވެފައި ވަނިކޮށް، އަދި އެޖަމިއްޔާ އާއި މެދު ފިޔަވަޅު އެޅުން ލަސްވަމުން ދާތީ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ރައީސް ޞާލިހް ރޭ ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރާ ގޮތުގައި ދައްކާ ވާހަކައަކުން، ލިޔެލާ ލިޔެލުމަކުން، އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ އެއްކައުވަންތަކަމުގެ ޢަޤީދާ، އަޅުގަނޑުމެންނާ ވަކިކޮށްލެވޭ ވަރަށްވުރެ، އަޅުގަނޑުމެންގެ އީމާންތެރިކަން މާ ވަރުގަދަ ކަމަށެވެ.

ރައީސް ޞާލިހް އެހެން ވިދާޅުވީ އެމްޑީއެން އިން ނެރެފައިވާ ރިޕޯޓްގެ ސަބަބުން ކުރާނެ އަސަރެއް ނެތް ކަމަށް ވިސްނައި ދިނުމުގެ ގޮތުން ކަމަށް ބުނެ ބައެއް އިލްމުވެރިންނާއި، އާއްމުން މިއަދު މީސް މީޑިއާގައި ޚިޔާލުފާޅުކޮށްފައި ވެއެވެ.

ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް ޞާލިހް އިލްމުވެރިންނަށް އިޝާރާތްކޮށް ދެއްކެވި ވާހަކަފުޅަށް ވެސް ބައެއް އިލްމުވެރިން ވަނީ ފާޑުވިދާޅުވެފައެވެ.

އެމްޑީއެންގެ މައްސަލައިގައި ފިޔަވަޅު އެޅުން ލަސްވުމުން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވީނަމަވެސް ރައީސް ޞާލިހް ރޭ ވެސް ވިދާޅުވީ މި ޤައުމުގައި އިސްލާމްދީނަށް ފުރައްސާރަކޮށް، މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ކުޑައިމީސްވާގޮތަށް ވާހަކަ ދެއްކުމުގެ ފުރުޞަތު، މި ސަރުކާރުން ނުދޭނެކަމުގެ ޔަޤީންކަން، ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. ތޫ

    ތިކަހަލަ ވެރިޔެއް ނުލިބިގެން އުޅޭ އިލްމުވެރިން އުޅުނީ!
    ކުރެވުނު ހުވާ ފަސްދަށް ލާއިރު ކަންނޭނގެ ހަނދާން ވާނީ!
    ކޮންމެ މީހެއް މަރުވާނެ ހިސާބު ބެއްލެވޭނެ މި އެވަރުވެސް ނޭނގޭ ބަޔަކުތަ އިސްލާމީ ވެރިޔަކައް އަރުވާފަ ބޮޑު ހުވާކޮއްގެން މިހުރިހާ ފުރައްސާރަ ކުރުވާ ހަދަނީ!

    160
    5
  2. ޗާލު

    އަދިވެސް ކިޔާތި ދުޢާ ދެންނެވި ރައީސޯ. އަހަރަމެން ނުކިޔަވާ ތިއްބަސް މީހުންގެ ގޮތް ނިކަން ރަގަަޅަށް އިނގޭ. އިލްޔާސްއަށް ވަރަށް ވެދުން. ހަސަދަވެރިކަން ކުރިޔަށް ނެރުމުގެ ނަތީޖާ މިދަނ ހިތިކޮށް ފެންނަމުން.

    178
    5
  3. ސަޓޯ

    ކަލޭގެ އަގީދާއެއް ނޫން ވަރުގަދައީ ކަލޭގެ ފިނޑިކަން ވަރުގަދައީ... ހިޔަޅު

    161
    4
  4. ލާލާ

    އައްޗީ ވެެރިކަން އެމްޑީޕީ ވެރިކަން

    166
    5
  5. އިސްތިއުފާ އިބުރާހިމު

    މިރައީސަކީ ރައްޔިތުން ހީކުރާވަރަށްވުރެ މާހީލަތްތެރި ރައީސެ.. މިރައީސް ކޮއްފަ ނުކުރާނެކަމެ ރައްޔިތަކު ހިތަށްވެސްނާރާނެ. އަދި ބަލަންތިބޭ މަކަރާ ހީލަތްއޮތީކުރިއަށް.. ރޭގެ ޖަލްސާގަތިބި އެއްމެން އަތްޖަހަންތިއްބެނުން.. ކިބޫގެ މަކަރުވެރިކަން ދަސްވިޔަސް އިބޫގެ މަކަރާ ހީލަތެ ދަހެއްނުވާނެ.. މިކަންނިންމަން ނުކުންނާކަށް ރައްޔިތުން ނުވޭތަ.. އިސްތިއުފާ އިބުރާހިމު...

    148
    4
  6. ސާޔާ

    ޔާމީނުގެ ވެރިކަމުގާ މޫނުބުރުގާއަޅައިގެން ކިޔަވައިދޭނަދިޔަޓީޗަރުން ވަޒީފާއިންވަކިކޮށް ގެޔަށް ފޮނުވާލުމުން އެކަމާ އިޙްތިޖާޖްކޮށްދިނުމަށްއެދި ސަލަފުން އެމްޑީޕީއަށް ފޮނުވި ސިޓީއަށްވުރެ ހީލަތްތެރި ސިޓީއެއް ނުދެކެން.

    31
    129
    • Anonymous

      ޕޯޑިއަމަށް އަރާ ދައްކަަ ވާހަކައަކީ ބުހުތާނު ދޮގުކަން ދިވެހި ރައްޔިތުން ދަނޭ. ހުވާއާ ހިލާފުވެ ވެެިކަމުން އަޒުލްވެފަހިރި މިއީ.

      94
      1
  7. ހިދާޔަތު

    ސަލަފުގައި އުޅެނީ އަދީބުގެ ބޯއީސްކަމާއި.. ޔާމީނުގެ އަހުލުވެރިންކަން ލީކުވި އޯޑިއޯ އިން އެނގެން އެބައޮތް.

    މިވާހަކަވެސް ދައްކަންވާނެ. މީވެސް ހީލަތްތެރި ބައިގަނޑެއް.
    ހަމަ އެހެންމެ މި ލާދީނީ ރިޕޯރޓުވެސް ކުއްވެރިކުރަން.

    18
    137
    • ވީޑިއޯއޯޑިއޯ

      ކޮން ވީޑިއޯ އޯޑިއޯއެއް؟ މީހުން ހިތުގަ ޝައްކު އުފައްދަން ނޫޅޭ މޮޅު ވާހަކަ ދައްކައިގެން

      57
      1
    • ސަންގުމަރުމަރު

      ކޮން ޢޮޑިއޯއެއް ކިޔާކަށް. އިސްލާމް ދީނަށް ނަޞްރު ނުދެވޭ މީހަކީ އެއްވެސް މީހެއް ނޫން. ކަލޭމެން ވެރިކަމަށް ގެނެސްފައި ތިތިބި ޔަހޫދީ ބައިގަނޑު ﷲ އިރާދަ ކުރެއްވިއްޔާ މިފަހަރު ބޭރުކުރާނަން.

      ﷲ އަށް ނަޞްރުދީ. ﷲ އަށް ނަޞްރުދީ. ﷲ އަށް ނަޞްރުދީ.

  8. ޢަބްދުއްލާ

    ރައީސް ރޭ ދެއްވީ ރައީސަކު ދެއްވި އެންމެ ހީލަތްތެރި ތަޤުރީރު - ސަލަފް ރައީސް

    49 މިނެޓް ކުރިން ( އޮކްޓޯބަރ 29, 2019 )

    ބަލަ ތިއީ ކާފަރު M D P އުޑެއް ބުޑެއް ނުދަންނާނެ. ދޫއޮޅިގެން ދާނީ ހަމަ

    ނުބައިމަގަށް. ޚަލީފާއެއް ނަބިއްޔެ ރަސޫލެއް ނޭގޭނެ. އެއީ މިނިވަން ފިކުރު ވީމަޔޯ؟

    125
    2
  9. އިއްލެ

    ސިޔާސީ ޕާޓީ އެއްތަ ސަލަފަކީ އަޅެ. ނިމިދިޔަ ސަރުކާރުގަ މި ޕާޓީ ނެތީބާ ވުޖޫދުގަ. މަވެސް އެންޑީއެން ރިޕޯޓާ ދެކޮޅު.

    15
    112
    • މުހައްމަދު

      ގއުމުގެ ކަންކަމާ ވާހަކަދައްކން ހުއްދަ އޮންނަނީ ޕާޓީތަކށް ޢެކނިތަ. މޑނ. ޓްރާންސުޕޭރަންސުޕޭރެންސީ. ޑިޓޭނީސް ނެޓުވޯކު މީ ޕާޓިތައްތަ

      57
      4
  10. Anonymous

    މީނަގެ ނަމަށް ކިޔަންވީ ހިޔަޅު. ނުބައިކަމުން އަރާހުރި އިންސާނެއް. ބުއްޅައަށްވުރެވެސް ނުބައިކަން ގަދަ.

    115
    6
  11. ޙައުލާ

    މިހާތަނަށް ގައުމު ދުއް އެންމެ ނުބައި އިންސާނާ.

    110
    7
  12. ޣގގގ

    ދައްޖާލު އެރުމުގެ ކުރިން އެންމެ ފަހުން ފެންނާނެ ކަމަކީ، މަކަރާ ހީލަތުން ފުރިފަ ތިބި ވެރިން ގައުމުތަކުގެ ރައްޔިތުން ގަޅި ހެއްދުން.

    119
    2
  13. އެކަމަކުދޯ

    ނަމުންސޯލިހު ކަމުންޖާހިލު!

    121
    5
  14. އަހްމަދު

    ތާށިވެފަ ފާޑެއްގެ މަނިކުފާނެއްގެ ފައިދަށުވެ

    110
    3
  15. ށަލީމް

    މީހަކު ދައްކާ ވާހަކައެއް އަޑުއަހާނެ ގޮތަކައް އަޑުއެހުމުގެފުރުސަތު ކޮންމެމީހަކައް ލިބިގެންވޭ އަދި މާނަ އޮޅުވާގެން ގައުމުގައި ފިތުނަ ނުއުފައްދާ ސޭހުންނައް ގަޮވާލަން ޒުވާނުންގެ ކުރިއެރުމައް ގައުމުގައި އަބަދު ދީން ކިޔާގެން ޖަރީމާހިންގުނމުގެ ފުރުސަތެއްނުދޭނަަން

    9
    124
    • Anonymous

      ހަމަހޭގަހުރެގެން ކޮމެންޓް ކޮށްބަލަ. މޑނ އުވާ ނުލާ މުސްލިމުންނަށް ފުރައްސާރަ އެކުރަނީ އެއީ ފިތުނަގެ އައްޕައަށް ހައްގު ކަމަކަށްވާތީތަ؟

      82
      2
  16. ބުރޯ

    ފުރައްސާރައަށް މިސަރުކާރުން ފުރުސަތު ނުދޭނެކަން އެގޭނީ އަވަހަށް އެމްޑިއެން އުވާލީމަދޯ އަޅުގަނޑުމެން މިތިބީ އެ ޖަމާއަތް އުވާލާ ރިޕޯޓް ނެރުނުފަރާތްތަކަށާ ރިޕޯޓަށް ހިތްވަރުދެމުންދާ ފަރާތްތަކަށް ފިޔަވަޅުއަޅާ އިސްލާމްދީނުގައިވާ އަދަބު ކަނޑައެޅުމުގެ އިންތިޒާރުގާ އަވަސްކުރައްވާ
    އިންތިޒާރަށްވަގުތެއްނެތް

    68
    1
  17. ކިނބޫ

    ދެންއެހެންވީއިރު އެމްޑީއެން އުވާލާށޭ ކީމަ އެއީ ފިތުނަ އުފެއްދުން ކަމަށް އީމާންތެރި ކިޔަނީ ކީއްވެއޯ! ބަޔަކު އެއްޗެކޭ ކިޔަސް ފިތުނައަކަށް ނުވެ އުޅޭހާ ވިސްނުން ތޫނު ބައެކޭ ތިމަންމެނަކީ ބުނެބަލަ. އެހެން ބުނާއިރަށް ހިފާ ހައްޔަރު ކުރަނީ ކީއްވެ؟ ކަރަކަރައިގަ ތެޅިތެޅިފަ އައިސް މިތާ ހުންނަ ދެތިން ދުވަހު ކޮން އައުގުރާނައެއްތަ ގޮވަނީ؟

    60
    2
  18. ގެރިމޯދީ

    މިހިރަ ނުލަފާ ކަލޭގެޔަށް ހަލާކުހުރި .

    61
    2
  19. ހ މ ޒ

    މި ސަރުކާރުން ވަޒީފާ ދީފައިވާ އެމް.ޑީ.އެން ގެ ރިޕޯޓާގުޅޭ އެންމެން ވަޒީފާތަކުން ވަކިކު ރޭ

    70
    1
  20. ސަގަފް

    .. ރާއްޖޭގެ ހުރިހާ ރަށަކައް ކެމްޕޭނު ކުރަން ދަތުރުކުރިއިރު ތިމަންނާމެން މިއުޅެނީ އެހެންދީންތަކައް ރާއްޖެ ހުޅުވާލަންށޭ ނުބުނީ ކީއްވެގެންތަ.؟ އަދި ކެމްޕޭނައް ޚަރަދުކުރަން ލާރި ދިނީ ކޮންގައުމުތަކަކުން ކީއްވެގެންތޯ ބުނެނުދެވެނީ ކީއްވެތަ.؟

    69
    2
  21. ޢިކުރާމު

    ޢިބޫނޫން ވެތިޔަކުނަމަ މިހާރު ތިބޭނީ ޗިލީސޯސް ލާފަ ހަންކޮޅުވެސް ބާލާ ނޮޅާލާފަތިޔަޝޭހުންގެ

    3
    44
    • ޢާންމުން

      ޢިބޫ މިހުންނަނީ ކިނބޫގެ ގޮތް ހިނިއާސް ދުރުގަ ބަލަން ހުންނަނީ

      20
  22. ނަގޫރޯޅި

    މިކަން މިސަރުކާރަށް ފަހިކޮއްދިނީތީ ހުރިހާ ސުކުރެއް އިމްރާން، އިލްޔާސް، ހުސެން ރަސީދް، އަބޫބަކުރު އަދި މޫސާ ޒަކަރިއްޔާ އަށް. މޭޑޭގަ އިމްރާން ކުރިކަންތަކާ ގޮވިގޮވެލީގެ ސަބަބުން އިމްރާނައް އަދަބު އައިމަ އެއީ އޭރުގެ ސަރުކާރުން އިމްރާނަށް އަނިޔާވެރިވިކަމަށް ވާނަމަ މިއަދު ހައްދުފަހަނަ އެޅި މީހުންނޭ ކިޔައިގެން މިސަރުކާރުން ހިފާ ހައްޔަރުކޮއް ބަންދުކުރަމުން ތިދާ ކޮންމެ މީހަކައް އަދި މުޅި ރައްޔިތުންނަޢް ތިދެވެނީ އަނީޔާ ނޫންދެން ކޯޗެއްބާ؟

    47
  23. Anonymous

    ހީލަތްތެރި މާނަ؟

    25
    1
  24. ޙަސަނުގެދަރި

    ބަލަ ބަޔަކު ލިޔާ ލިޔުމަކުން ހިތުގަ ބިންވަޅު ނެގިފަވާ ދީނުގެ ކަންތަކަށް ބަދަލެއް ނައްޔާ ރަސޫލާއަށް ފުރައްސާރަކުރަން ޖެހޭތަ ހޭދެބައިވެފަ ހުރި ބުރާންޗެއްތަ ތިޔައީ މުނާފިގުވިޔަސް ތިޔައީ ބޮޑުވަރު ތިޔަ އުޅެނީ ދޮންކުދިން ރުޅިއަތުވެދާތީ ބިރުން މިކަން ފެންމަތިވުމާއެކު ޖަރމަނުގެ މީހަކު ގޮވައިފިޔެއްނު އެ ޖަމިއްޔާ އުވާލެވިގެން ނުވާނެޔޭ

    40
  25. ތަރުޖަމާން

    ހީލަތްތެރީ ކަލޭމެން.. ރައީސް ސާލިޙް އެވިދާޅުވީ ބޭސްފަރުވާއަށް އިންޑިޔާއަށްދާތަނުން ފައްޅިއެއް ފެންނައިރަށް އެމީހެއްގެ އަޤީދާ ދޫވެގެންދާންޖެހޭނެހާ އީމާންތެރިކަން ދަށްބައެއްނޫނޭ ދިވެހިންނަކީއެއް.

    4
    37
  26. ކޮރަލް

    އިސްލާމް ދީނައް ފުރައްސާރަ ކުރުމަށް ފުރުސަތު ނުދިނުމަކީ ދީނައް ފުރައްސާރަ ކުރި ޖަމްއިއްޔާ އުވާ ލުމެވެ.

    44
    1
  27. Anonymous

    އޮޓަމެޓިކުން މަގާމުން ވަކިވެފައި ހުރި މީހެއް އެއީ. ގާނޫނު އަސާސީ ޖަދުވަލު 1 ގައިވާ ރައީސުލްޖުމްހޫރިއްޔާގެ ހުވާ. އޭގައި އެންމެ ފުރަތަމަ އޮންނާނީ، އިސްލާމް ދީންނަށް ނަސްރުދީ އެދީން ނެގެހެއްޓުމަށާ ގައުމަށާއި ރައްޔިތުންނަށް ވަފާތެރިވުމަށް ކުރާ ހުވާ. މިހާރު އެހުރީ ހުވާއުވާލާފަ. ގާނޫނޫނު އަސާސީއާ ހިލާފުވުމުން މިހާރު އެހުރީ މަގާމުގެ ޝަރުޠު އުނިވެފައި. އަދި ހުވައާ ހިލާފު، މަގާމު ގެއްލިފައި.

    27
  28. މަރިޔަމް

    ????ސާބަސް ދިވެހިރައްޔިތުންނަށް ތިމާގެ އުފަންބިމުން ތިމާގެ ދީން ފޮހެލެވިގެންދާއިރުވެސް ތިތިބެނީ މަގޭ އިބޫއޭ މަގޭ ޔާމީނޭކިޔަން.ތި އިބޫއެއްވެސް އެހާރަނގަޅުނަމަ ބޭކާރު ވާހަކަ ނުދައްކާ ވެއްޖެއްނު އިސްލާމްދީނަށް ފުރައްސާރަކުރާ ބައިގަނޑު ހައްޔަރުކޮށް އަދަބުދޭން.ތެދުތެދަށް ބުނަން އޮތީ އެންމެ ވާހަކައެއް ތިސިޔާސީ މީހުންނޭ ކިޔާފަނެތް ރަނގަޅު އެއްވެސް މީހެއް ރަނގަޅު ރައީސެއްވެސްނެތް އަދި ރަނގަޅު މެމްބަރެއްވެސްނެތް.އިސްލާމްދީންގެ ދިފާއުގައި އެއްކަމެއްވެސް ތިމީހުން ނުކުރާނެ.ދިވެހި ރައްޔިތުންނަށް ބުނެލަން އޮތީ މިއަދު މިމީހުންގައި ފަހަތުން އަހަރެމެންގެ ޕާޓީއޭ ގޮވަމުން ދުވިދާނޭ އެކަމަކު ޤިޔާމަތްދުވަހުން ސުވާލު ކުރެވުނީމަވެސް ބުނާނީ ހަމަ ތިގޮތަންހޭ؟

    24
  29. ބީޖީ

    ހީލަތްތެރި ނުވެ އަންނި ހުއްޓާ ވެރި ކަމުގައި ހުރެވޭނެތޯ؟
    ވިސްނާލައްވާ ޕާރޓީ ޓި ކެޓް ހޯދިގޮތް. ވިސްނާލައްވާ ދައުލަތުގެ މާލިއްޔަތު ގާތް މީހުނަށް ބަދަލޭ ކިޔާފަ ބަހާލާގޮތް.
    ވިސްނާލައްވާ އިދި ކޮޅުވާންތިބި ގާސިމުމެން ހައްދާލާގޮތް.

    16
  30. މިވެސް ގޮތެއް

    މޭޑޭގަ އިމްރާން ކުރިކަންތަކާ ގޮވިގޮވެލީގެ ސަބަބުން އިމްރާނައް އަދަބު އައިމަ އެއީ އޭރުގެ ސަރުކާރުން އިމްރާނަށް އަނިޔާވެރިވިކަމަށް ވާނަމަ މިއަދު ހައްދުފަހަނަ އެޅި މީހުންނޭ ކިޔައިގެން މިސަރުކާރުން ހިފާ ހައްޔަރުކޮއް ބަންދުކުރަމުން ތިދާ ކޮންމެ މީހަކައް އަދި މުޅި ރައްޔިތުންނަޢް ތިދެވެނީ އަނީޔާ ނޫންދެން ކޯޗެއްބާ؟

    6
    1
  31. ޖާބިރު

    ރައީސް ދީން ހިމާޔަތް ކުރަނީ ރައްޔިތުން ކުރިމައްޗަށް އަރާ ވާހަކައެއް ދައްކަން ޖެހިއްޖެއްޔާ ހަމަ އެކަނި ދައްކާ ވާހަކައިން. ޢަމަލުން ދަނީ ލާދީނިއްޔަތު ފަތުރާ އެކަމާއި ދެކޮޅު މީހުންނަށް އަނިޔާދެމުން.

  32. Anonymous

    ހީލަތް ވާނެ ވަރު ވިސްނާލާ. ވެރިކަން ލިބުނުއިރަށް ބޮޑު ބަޖެޓްއެއް ފާސްކޮށް ރިޒާވުންވެސް އިންޑިޔާއިންވެސް ފައިސާ ނަގައިގެން ގާތް މީހުންނަށް ބަދަލޭ ކިޔައި ބަހައި ހުސްކޮށްފި. ވޯޓްލީ ރައްޔިތުން ތިބޭނެ ދެން ކިނބުލެއްހެން އަނގަހުޅުވިފައި އަތްޖަހަން.
    ނަމުން ސޯލިހު ކަމުން ޖާހިލު

  33. އިންސާނާ

    މިބޭފުޅާ ވެރިކަމައްގެންނަންވެގެން އުޅުއްވިދުއަސްވަރު އިލްމުވެރިން ވިދާޅުވި މީދުއާދެންނެވިގެންވާ ބޭފުޅެއްކަމައް ދެންމިއަދު މިކިއަނީ ކީކޭ ގަބޫލުކުރަންވަނީ ކޮންދުއަހަކު ކާކު ދެއްކިވާހަކައެއް ދެންވެސް ބުނެބަލަ ކޮބާ ހަގީގަތަކީ

  34. ކޮތަރު

    އަމިއްލައަށް ކަރުމަޅި ބަނދެ ކަރަށް މަހައިގެންތިބެ ކޮންހާ ވާހަކައެއް ދައްކާކަށް. މިބައިގަނޑު ވެރިކަމަށް ގެންނަން، ގިނަ ދިވެހިންގެ ސިކުނޑިތަކާ ކުޅުނީ ދީނީ ޢިލްމުވެރިންގެ ތާޖް އަޅައިގެން ތިބި އަމިއްލައެދުންބޮޑު މަދުބައެއް.

  35. ޝާމީ

    އިބްރާހީމް މުޙައްމަދު ޞާލިޙު އަކީ މިދިވެހިރާއްޖޭގައި ތިބި 4 ލައްކަ އެއް ރައްޔިތުންގެ ޒިންމާ ބޮލުގައި އަޅުވައިގެން ވެރިކަމުގެ ހުވާކުރެއްވި ބޭފުޅެއް. ރާއްޖޭގެ ރައްޔިތުންގެ ތެރެިން ތިމަންނައަށް ތާއީދު ކުރިމީހުންނާ ތިމަންނައަށް ތާއީދު ނުކުރާމީހުންގެ ވެސްރައީސް ކަން ދަނެގެން ވެރިކަމަށް އައި ބޭފުޅެއް.އެކަމަކު މިފެންނަ މަންޒަރަކީ ވަކި މަންޒަރެއް. ކަންކުރަނީ ވަކި ބަޔަކު ބުނާ ގޮތަށް. އަޑު އަހަނީ ޕާޓީކުލައިގެ މީހުންގެ ވާހަކަ. ފެންނަނީ ޕާޓީ މީހުން އެކަނި.އެނޫން އެހެން އެއްވެސް ބަޔަކު ދައްކާ އެއްވެސް ބަޔެއްގެ އަޑެއް ނޭހޭ.އެހން ކަމށް ވަންޏާ ކުރި ކުރި ހުވަޔާ ޚިލާފް ނޫންތަ؟