ބޯކޮށް ވަރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުުތުރުގެ ހުރިހާ ރަށަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން ޅ އަތޮޅާއި ހަމައަށެވެ.

މެޓް އޮފީހުން ނެރުނު ސަމާލުގައި ވަނީ، މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުގެ ސަމާލުގައި ވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ކުރިއަށް ލަފާކޮޮށް މެޓް އޮފީހުން ބުނެފައި ވަނީ، ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާ ކަަމަށެވެ.

އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ އެހެން ހިސާބު ތަކުގެ ކަނޑުުތައް އާދައިގެ ވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް ބުނެފައި ވެއެވެ.

މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް އުދަ އަރާފާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލުވެސް ނެރެފައެވެ.

އަދި މެޓް އޮފީހުން ވަނީ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލު އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިދަ ދަނޑި

    ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެ ފުލުފުލުން ސަމާލު ނެރުނަސް ސްކޫލް ކިޔެވުން ބަންދު ނުކުރާތި.. އެޑިއުކޭޝަން މިނިސްޓްރީ ވަންނާނެ ވަންނަން ނުޖެހޭ ހުރިހާ ތަނަކަށް، ކުރަން ޖެހޭ ކަންތައް ނުކުރެވުނަސް..