ކުރީގެ އަޑި ޕާކް ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހަދަމުންދާ ޕާކްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށާއި އެކަން މީޑިއާގެ ސަމާލުކަމަށް އައުމުން ކޮރަޕްޝަންގެ އަމަލުތައް ފޮރުވުމަށް ސިޓީ ކައުންސިލުން ލިޔެކިޔުމަށް ބަދަލު ގެންނަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.

ސިޓީ ކައުންސިލުން ކޮރަޕްޝަނަށް މަގުފަހިވާގޮތައް ކަންތައްތައްކޮށް ލިޔެކިޔުންތައް ބަދަލުކުރާ ކަމުގެ ތުހުމަތު ކޮށްފައި ވަނީ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ފަޒީން ވަނީ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރު އެވެ.

ދެބޭފުޅުން ރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވިދާޅުވީ ޕާކްގައި އިމާރާތްކުރާ ފާހާނާބަރީގެ މަސައްކަތް އަމީން ކޮންސްޓްްރަކްޝަނުން ކުރަނީ އެއްވެސް އެއްބަސްވުމަކާ ނުލައި، ރަސްމީކޮށް އެ މަސައްކަތް ހަވާލު ވެސް ނުކުރަނީސް ކަމަށެވެ. އަދި އެ ޕާކަށް ބޮޑެތި ހޭދަތަކެއް ސިޓީ ކައުންސިލުން ކޮށްފައި ވަނީ ކައުންސިލުން ފާސްނުކޮށް ކަމަށް ރޭ ވެސް ފަޒީން ވިދާޅުވިއެވެ.

ފަޒީން ވިދާޅުވީ، ޕާކްގެ މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލުކޮށްގެން ނިންމަމުން ދަނީ ކައުންސިލުން ފާސް ކުރުމެއް ނެތި ކަމަށެވެ. އަދި އެ މަސައްކަތްތައް ހަވާލުކޮށް ނިންމާފައިވަނީ ބިޑް ކޮމިޓީ އަށް ހުށަނާޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފައިސާ ހޯދަން ފިނޭންސް އަށް ސިޓީ ފޮނުވީމާ، އެ ކޮޅުން ޖަވާބުދެނީ ބިޑް ކޮމިޓީ އަށް ހުށަހަޅައިގެން އެ ޕްރޮޖެކްޓްތައް ހިންގަން. އެކަމަކު، ފިނޭންސް އަށް ސިޓީ ފޮނުވާއިރު މި އޮށްނަނީ އެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައި،" ފަޒީން ވިދާޅުވިއެވެ.

ފަޒީން ވިދާޅުވާ ގޮތުގައި، އެ މަސައްކަތްތަކާ ގުޅޭގޮތުން މާލޭގެ މޭޔަރު ޝިފާ މުހައްމަދާ ސުވާލު ކުރެއްވުމުން އެ ކަމަށް ބަޖެޓުން ހަރަދު ނުކުރާ ކަމަށް ކުރިން ވިދާޅުވި އެވެ. ނަމަވެސް ފަހުން އެކަމާ ގުޅޭގޮތުން ސުވާލު ދެންނެވުމުން އެކަމަށް ހަ މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށާއި އިތުރަށް 16 މިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ޝިފާއާ ވިދާޅުވި ކަމަށް ވެސް ފަޒީން ވިދާޅުވިއެވެ.

މިހާރު އެކަން ގަވައިދުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު، ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވައި އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފާސްކުރަން ހުށަހެޅި ކަމަށް ފަޒީން ވިދާޅުވި އެވެ. ޖުމްލަ 12 މެމްބަރުން ތިއްބަވާ ކައުންސިލްގެ ކޯރަމް ނުލިބިގެން އެ ބައްދަލުވުން ކެންސަލް ކުރުމަށް ފަހު، އިތުރު މެމްބަރުންނަށް ގުޅައި ގެނެސް ބައްދަލުވުން ބާއްވާފައިވާ ކަމަށް ފަޒީން ވިދާޅުވި އެވެ.

"އެޖެންޑާ ފޮނުވާފައި މިއޮތީ 21 ވަނަ ބައްދަލުވުމަށް. އެ ބައްދަލުވުމަށް ކޯރަމް ހަމަނުވެގެން ކެންސަލް ކުރި ކަމުގެ ލިޔުން މި އޮތީ. އަނެއްކާ 21 ވަނަ ބައްދަލުވުމުގެ ނަމުގައި ބޭއްވި ބައްދަލުވުމުގެ ހާޒިރީ މި އޮތީ. ކެންސަލް ކޮށްފައި ދެން އަނބުރާ އެ ބައްދަލުވުމެއް ނުބޭއްވޭނެ ނޫންތޯ؟" ފަޒީން ވިދާޅުވިއެވެ.

ފަޒީން ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލުން މީގެ ކުރިން ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަންކަން ފަޅާއެރުމުން ލިޔެ ކިޔުން "ގެއްލުވާލާފައި" ވެ އެވެ. އެގޮތުން، ބިޑް ޑޮކިއުމެންޓްތަކެއް މަދުވި މައްސަލައިގައި އިދާރީ ފިޔަވަޅުތައް ވެސް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިދާރީ ހިންގުމުގެ ބާރު އޮތް ބަޔަކަށް ޑޮކިއުމެންޓްތައް ބަދަލު ކުރުމަކީ ފަސޭހަ ކަމެއް. މީގެ ކުރިން ވެސް އެކަން ކޮށްފައި އެބަހުރި،" ފަޒީން ވިދާޅުވި އެވެ.

ފަޒީން ކުރައްވާ ތުހުމަތުތައް މާލޭގެ މޭޔަރު ޝިފާ މުހައްމަދު މީގެ ކުރިން ވަނީ ދޮގު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    ﷲ ތަޢާލާ ބަޔަކަށް ދެރަގޮތެއް މެދުވެރިކުރައްވަންވެއްޖެނަމަ އެކަމެއް މެދުވެރިކުވައްވާނެ. ދިވެހިން ދެކެމުން ދިޔަ ފާގަތި ދުވަސްތައް ދިވެހިންގެ ކިބައިން ނިގުޅައިގަތި، މިހާރު ވެރިކަމުގެ މިތިބަ މީހުންނާއި، ދިވެހި ރައްޔިތުންނާއި ގައުމަށް ހަސަދަވެރި އަވަށްޓެރި ގައުމުތަކުގެ ނުބައި ރޭވުމުން. ދިވެހިނގެ ހިތްތަކަށް ވިސްނައިދިން، ނުބައިވިސްނުމުން، މިހާތަނަށް ދިވެހިގައުމު ދުއް ގައުމިއްޔަތަށާއި ދީނަށް އެންމެ ލޯބިކުރި އަދި ދިވެހިރައްޔިތުންނަކީ، 7 ތަރީގެ ޚިދްމަތްލިބެން ޖެހޭނެކަމަށް ދެކި ސިއްހީ ހިދްމަތާއި ތައުލީމާއި، ތަމައްދުންގެ ހުރިހާ ދާއިރާއަކުން އެންމެ ފެންވަރުރަނގަޅު ޚިދްމަތް ހޯދައިދެއްވި ވެރިމީހާއާމެދު ނަފްރަތު އުފައްދާ ދިވެހިން އެމަނިކުފާނަށް ވަގަށް ގޮށްވާ އެކުރިނުބައިކަންތަކުގެ ނަތީޖާ މިއަދު ދިވެހިން މިދެކެނީ. މިއަދު ދީނާއި މިނިވަންކަން. މާދަމާ، އަޅުވެތިކަމާއި، ފަގީރުކަމާއި ހައިހޫނުކަން. އަދި ވަގުތު ފާއިތުނުވޭ. އަވަހަށް މިމުސީބާތުން ސަލާމަތްވާން މަސައްކަތްކުރަންވީ.

    40
  2. މަހޭ

    ޒީރޯ ޓޮލެރެއްސް ހަހަހަހަ

    26
    • Anonymous

      އޭނާ "ރައީސް ޔާމީން" ގެ ތެދުވެރިކަން ރައްޔިތުންނަށް އެނގި ހާމަވުންނޫންކަމެއް، އެކުރާ ޝަރީޢަތުން އެނގިގެން ނުދޭ. ތިހެން އަދި މަތިންދާ ކާޅެއް ގޮވާލާ ވާހަކައަކުން، ގިނަދިވެހިން މިހާރު ތިކަހަލަ ދޮގުގެ ޝިކާރައަކަށް ނުވާނެ.

  3. މޯދީ

    ދުނިޔެ ދައުރުވާހާ ދުވަހަކު ފަލަސްތޫނާ އިޒްރާއީލް އެއްގަލަކަށް ނާރާނެ! އީރާނާ ސައޫދީ ހަނގުރާނައެއްނުކުރިޔަސް އަދާވާތްތެރިންގެ ގޮތުގަ ތިބޭނީ، ދިވެހިން އެކަކު އަނެކަކަށް ވަގަށްގޮވާލަ ގޮވާލަ ވެރުކަން ބަދަލުކުރަން ހަޅުތާލު ކިށްކިށް ތިބޭނީ!

    23
    2
  4. ބިންގޯ

    ތިޔަޕުރޮޖެކްޓުން ވަރަށް ބޮޑު މަންފާ އެއް ކޮންމެސް ބަޔަކަށް ކޮއްފި.

    23
  5. ކަޅު ފާނަ

    ތީ ފެއިލްވެފައިވާ އަންހެނެއް! ދެން ރައްޔިތުން ބަލައިނުގަންނާނެކަން އެނގޭތީ މިހާރު މީނާ އުޅެނީ ދާއިމީކޮށް ފައިސާ ލިބޭނެހެން މާލޭގެ ބިންތަކުގެ ނާޖާއިޒު ފައިދާ ނަގަން!

    26
  6. ކާޅު

    މާލޭގެ އާންމު ފާހާނާތައް ވެސް މީނާ ބޭނުންވާ ބަޔަކަށް ދޭން ރޭވި! 6 އަހަރުގެ މުއްދަތު އެގްރީމަންޓްގައި އޮތްވާ ޑީލެއް ހަދައިގެން އެތަންތަން ފޭރެން މި އުޅުނީ! އެކަން ވެސް މީނާގެ އަތަށް ގޮވީ!

    27
  7. މުހައްމަދު

    ސިފާ ތީ ފައްކާ ބޮޑު ވައްކަމުގައި ބައިވެރިވެފައިވާ (ވަގެކޭ-ނުބުޏަސް)ބައިވެރިވެފައިވާ މީހެއް. ފަތުރުވެރިން ގެ ބޮޑު މަރުކަޒީ އެޔާ ޕޯޓަށް ބަޔަކު ގެންގޮސް ސިޔާސީ މަންފާ ހޯދުމަށް މުޒާހަރާކޮއް، ފަތުރުވެރިން ބިރުވެރިކަމަކަށް ގެނައުމަށް މަސައްކަތްކޮއްފައިވާ މީހެއް. މިއަދު މީނަ ކޮއްފައިހުރި ނުރައްކާތެރި އަމަލްތައް ބަލަން ދިވެހި ދައުލަތުގެ އެއްމެހާ މުއައްސަސާތަކަށް ގޮވާލަން.

  8. ޚ

    މިވަގުތު ވެސް އެދަނީ އަޑީ ޕާރކުގެ ފާޚަނާ ތައް ރާނާމީހުން ރާރަމުން، އޭ.ސީ.ސީ.ގެ މީހުން ބައްލަވާލެއްވުމަށް ދުރުވޭ.

  9. މޮހޮނު

    މިއީޒީރޯ ޓޮލަރެންސް އޭ! އެޖެންޑާ ޖަޒީރާއޭ!ރައްޔިތުމީހާގެ ތަރައްގީއޭ!ސާފުމުނާފިގުންނޭ! ޙެޔޮކޮންމެގޮތެއްވިޔަސްވެރިކަމޭ!ދީނުގެ ހަލާކޭ!ގުންޑާވާލާއޭ!

  10. ލަބީބު

    މިއީ އެޑިޔުކޭޝަން މިނިސްޓްރީ ހިންގަން ދިން ބަޖެޓުން 55 މިލިޔން ރުފިޔާ ބަނޑުއަޅަލައިގެން ހުރި ވަގެއް! އޮޑިޓް ރިޕޯޓްތަކުން އެއޮތީ މިކަން ހާމަވެފަ!

  11. ސަންގުމަރުމަރު

    ސިޓީ ކައުންސިލަކީ ފެއިލް ވެފައިވާ ތަނެއް. އެތަނުގައި މިހާރު ތިބި ކައުންސިލަރުންތަކަކީ ދެއުޅިއެއް ނުވާ، އަދި އެމަޤާމުތަކަށް ކުފޫ ހަވެސް ނުވާ ބައެއް. ބޮޑުމުސާރަ ކައިގެން ކޮރަޕްޝަން ހިންގުން ނޫންކަމެއް އެމީހުން ނުކުރޭ.
    ވަރަށް ސަލާމް.