ކުރީގެ އަޑި ޕާކް ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހަދަމުންދާ ޕާކްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށާއި އެކަން މީޑިއާގެ ސަމާލުކަމަށް އައުމުން ކޮރަޕްޝަންގެ އަމަލުތައް ފޮރުވުމަށް ސިޓީ ކައުންސިލުން ލިޔެކިޔުމަށް ބަދަލު ގެންނަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ވިދާޅުވުމުން މޭޔަރު ޝިފާ މުހައްމަދު އެކަން ދޮގުކުރައްވާ އެކައުންސިރުންގެ ބޮލުގައި ކައުންސިލްގެ މަސައްކަތައް ދަތިކުރާކަމުގެ އިލްޒާމް އަޅުވައިފިއެވެ.

ކައުންސިލަރުންގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން ޝިފާ ކުރެއްވި ޓްވީޓްތަކުގެ ތެރެއިން އެއް ޓްވީޓްގައި ވިދާޅުވީ ކައުންސިލް ހިންގުމަށް ދަތިކޮށް ހުއްޓުވުމަކަށް ގެނައުމަށް ތިން ކައުންސިލަރަކު ފެށުނީއްސުރެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

"ސިޓީ ކައުންސިލްގެ ބޮލުގައި ބޮޑެތި އިލްޒާމްތައް އަޅުވައި ލިޔުންތައް ބަދަލުކުރާ ވާހަކައާއި ވައްކަމުގެ އިމްޒާމްތައް އަޅުވަމުންދާތީ އެކަން ކުށްވެރިކުރަން." ޝިފާ ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ބައެއް ކައުންސިލަރުން ތުހުމަތުތަކެއް ކުރީ ޝިފާ ބޭރަށް ދިޔަ ވަގުތު ބަލާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކައުންސިލުން ފާސްނުކުރަނީސް ޕާކްގެ މަސައްކަތް ހަވާލު ކުރިކަމަށް ކައުންސިލަރުން ވިދާޅުވާ ވާހަކަ ދޮގު ކުރައްވާ ޝިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ބިޑް ކޮމެޓީއާއި ހަވާލުކުރި ކަމެއް އަދި އެވޯޑް ކުރިކަމެއް އެނގިފައެއް ނެތް. ދެން ކޮން ކޮރަޕްޝަނެއްތޯ؟ ހަވާލުކުރާނީ ވެސް ކޮމެޓީގެ ފަރާތުން ނޫންތޯ؟"

ސިޓީ ކައުންސިލުން ކޮރަޕްޝަނަށް މަގުފަހިވާގޮތައް ކަންތައްތައްކޮށް ލިޔެކިޔުންތައް ބަދަލުކުރާ ކަމުގެ ތުހުމަތު ކޮށްފައި ވަނީ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ފަޒީން ވަނީ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރު އެވެ.

ދެބޭފުޅުން ރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވިދާޅުވީ ޕާކްގައި އިމާރާތްކުރާ ފާހާނާބަރީގެ މަސައްކަތް އަމީން ކޮންސްޓްްރަކްޝަނުން ކުރަނީ އެއްވެސް އެއްބަސްވުމަކާ ނުލައި، ރަސްމީކޮށް އެ މަސައްކަތް ހަވާލު ވެސް ނުކުރަނީސް ކަމަށެވެ. އަދި އެ ޕާކަށް ބޮޑެތި ހޭދަތަކެއް ސިޓީ ކައުންސިލުން ކޮށްފައި ވަނީ ކައުންސިލުން ފާސްނުކޮށް ކަމަށް ރޭ ވެސް ފަޒީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އުދުހޭ

    ރުޅި ގަދަވާނެކަމެއްނެތް ކެވުނުވަރު ގިނަކަމުން ތިޔައުޅެނީ ތިފާޑަށް.

    67
    • ނިކް

      ދެން އެލްޖީއޭއިން މި ކައުންސިލަރުންނޭ ކިޔޭ ބައިގަނޑު ސަސްޕެންޑުކުރީމަ ރީނދޫ ބޮޑޭމެން ވައްވައްޖަހާނެ.. ޔާމީނޭ އަނިޔާއޭ ކިޔައިގެން.. އެހަމަ ރަނގަޅަށް ކުރިކަމެއް.. މި މީހުން ސައިޒުކުރެވެންޖެހޭ ހިތުހުރި ގޮތަކަށް ނޫޅެވޭނެ.. މިލަހަލަ މީހުން ވަކިކުރުމުގެ ބާރުވެސް ޤާނޫނުން ދޭންވީ

  2. ކައުސިލް

    ރުޅި މައިތިރިކުރޭ ކައުންސެލިން ހޯދާ

    50
  3. ފިނރުޓޭ

    ތި ޒަނމީރަނކީ ވަރަށް ކޮރަޕްސަން ވައްތަރަކަށް ހުންނަ މީހެއް! އަނެއްހެން މާ ބޮނޑު އެއްޗެއް ކިޔަވައިގެން ހުރި މީހެނެއްހެން ހިނއެއް ނުނވޭ! ހީނވަނީ ބައި އެނޅުމުނގަ ދަނތިތަކަކާ ދިމާވީނމަ ވެނގެން އުނޅޭ ގޮނތެއްހެން!

    20
    18
  4. ފުނަދޫ

    00000 ޓޮލެރެންސް ވަރައްފައްކާވާނެ ތިމާމެނައް ކާންނުލިބިގެން އަނގަހާވަނިކޮން ވެއްޓުނީ ކޮރަޕްސަން ހާޔަކައް ވެއްތުނުތަނުން ވިހެއީ ބޮޑުބޮޑުކޮރަޕްސަނެއް މިހާރު އެވިހޭމަ ހުރިހާ ލިޔެކިއުންތައްބަދަލުކުރަން އެއުޅެނީ

    20
  5. އެއްކަލައިއްސެ

    ޝި ފާ އަށް ބުނެލަން އޮތީ ދެންވެސް ލާރިކޮޅެއް ނެގެން އޮތިއްޔާމުންވެސް ނަގައްޗޭ މަގާމުން ވަކިވުމުގެ ކުރިން ރައްޔިތުން ދޮވެލަންވާނެޔޭ، ޑިމޮކްރަސީ ކުރި އެރުވޭނީ ތިވަރަކަށޭ.

    30
  6. ޖާބިރު

    ކައުންސިލުން ވައްކަން ކުރަމުން ކޮރަޕްޓް ހިންގަމުންދާތީ އެކަންކަން ހާމަ ކުރީމަ އެދެންވީ ކައުންސިލްގެ މަސައްކަތަށް ދަތިކުރުން ކަމަށް.
    އެހެންވީމާ ކައުންސިލްގެ މަސައްކަތަކީ ކޮރަޕްޝަން ހިންގައި މަންފާ ނެގުން ދެއްތޯ. މިވަރުގެ ބަޔަކު މިކިޔަނީ ޔާމީނު ވަގޭ.
    ތިން މަސްވީއިރު 32 ބިލިއަން ދަވައިލައި، ރިޒާވް ހުސްކޮށް ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށް އެވެސް ކައިހުސްކޮށް، އިންޑިޔާއިން ނެގި ލޯނުވެސް ކައިހުސްކޮށްފި. ރައްޔިތުންނަށް ލިބުނު ތަރައްޤީއެއްނެތް. ޤާނޫނު ހަދާ މަޖިލީސް އެމްޑީޕީގެ ބާރުގެ ދަށުގައި އޮވެ ބޭކާރު ޤަރާރާއި ކުއްލި މައްސަލަ ހުށަހަޅައި ކުރީ ސަރުކާރުގެ އަބުރު ކަތިލުމުގައި. ވެރިކަންހިންގާ ބާރުގެ މިނިސްޓަރުންނާއި ބޮޑުންނާއި ރައީސް ސެލްފީ ނެގުމާއި ބޭރު ގައުމުތަކަށް ޓްރިޕް ދިއުމުގައި. ޖުޑިޝަރީ އެމްޑީޕީގެ ބޮޑުންގެ ބާރުގެ ދަށަށް ގެނެސް ފަހަރަކު ޤާޟީއެއް ވަކިކުރުމުގައި.
    ތިން ބާރު އެއްކޮށް ލާދީނީ އެމްޑީއެންގެ ދަލުގައިޖެހި އެކަން ހިމާޔަތް ކުރުމުގައި. ރައްޔިތުން ކައިރިއަށް އައިސް ހެޔޮވެރިކަމޭ ގޮވާނެ އިންތިޚާބެއް ކައިރިވާއިރަށް. ކީއްކުރާނީ މިބައިމީހުންނަށް އެނގޭ ރައްޔިތުންނަކީ ވަރަށް ގަޅި ބައެއްކަން.

    29
  7. Anonymous

    ޝިފާ ކިތައްމެ ރުޅިގަދަވިޔަސް ތިޔަ ކަމަކީ ކޮރަޕްޝަންގެ ޢަމަލެއް. އަދި މިހާރު ތިޔަ އުޅެނީ އެކަން ފަޅާ އެރީމަ ލިޔެކިޔުންތައް ބަދަލުކޮށް ރަސްމީކުރަން. ތިޔައީވެސް ޚިޔާނާތުގެ ޢަމަލެއް. ޝިފާ ތިޔައީ ވަރަށް ކޮރަޕްޝަންގެ ފައިސާ ކާ މީހެއް. ފައިސާއެއް ލިބުނު ގޮތަކަށް ހޯދައިގެން ކާ މީހެއް،

    24
  8. އަހުމަދު ޝަފީގު

    އުކުޅަހުގައި އެޅި ކޮންވެންޝަން ސެންޓަރުވެސް ބިޑު ކުރުމަކާއި ނުލާ 28 ދުވަސް ތެރޭ އެތައް މިލިއަން ރުފިޔާ އަކަށް އަމީން ކޮންސްޓަރަކްޝަނަށް ދީގެން ކުރުވީ އެކަން ބަލާ ތަހުގީގު ކުރުމަށް އޭސީ ސީ އަށް ދަންނަވާލަން

    20
  9. ބިންގޯ

    މާލޭ މަގުތަކުގަ ދަވާދު ލައިފިންތަ. ކުރީ ސަރުކާރުން އޮތީ އަޑީ ޕާރކުގަ ޕާރކެއް ހަދަން ބިޑުނުކޮށް ބަޔަކާ ހަވާލު ކޮއްފަޔޭ ބުނޭ. އޭރުން އޯކޭ ވާނެ.

    18
  10. ހުސޭނުބޭ

    ވަގުން ނިކަން ރުޅިގަދަވާނެ!

    19
  11. ބަރުގޮނު

    ކޮންމެވެސް ޢިއްޒަތްތެރިޔަކު މާދަމާ ޤަރާރެއް ހުށަހަޅާނެ. ސިޓީ ކައުންސިލަކީ ޝިފާއޭ ، ޝިފާއަކީ ސިޓީ ކައުންސިލޭ ކިޔާފައި. ޤަރާރު ފާސްކުރާ މަޖްލިސްގައި މިހާރު އޮންނަނީ ޤަރާރު ހުށަހެޅުމާ ޤަރާރު ފާސްކުރުން.

    17
  12. ދޮންކަލޯ

    ރުޅިގަދަވާނެކަމެއްނެތް ނުކުރެވޭނެރަގަޅުއެއް ކަމެއްވެސް

    18
  13. ބިތުފަންގި

    ޝިފާ ލަދެއްނުގަންނާނެ އޮޑިޓު ރިޕޯޓުގައިވާގޮތުން އެޑިޔުކޭޝަނުގަ ހުންނަވާ ފެންފޮދަކާނުލާ54 މިލިއަން ދިރުވާލި މޭޔަރަކަށްހުރެ އާރާ ބާރާ ފައިސާ އަތްމަތިނުވެގެންތެޅިބޭލުމަށްފަހު ބައިކޮޅަށް ވެރިކަން ލިބުނީމާ އާރާ ބާރާ ފައިސާލިބުނީމާ ގަންނަ ގަނޑު އެބަ ފެނޭ ލާރިތައް ކެވުނު ގޮތަކަށްކަނީ ޤާނޫނެއް ޤަވާއިދެއް ހަމައެއްލަމައެއްނެތް ޕާކުހެދުމާ ޕާކިންޒޯނުހެދުމުގެ ނަމުގައި ބޭތިލްމާލު ދިރުވާލަނީ ތިޔަ އޮތީ އާރާ ބާރާ ފައިސާ ހިތުހުރިގޮތަކަށް ހަދަން ފުރުސަތުލިބިފަ ކުޅި ދައްކާލާތި ރީނދު ކުދިން ތިބޭނެ އަތްޖަހަން އަގުވައްޓަނީއޭކިޔާކަށް ލަދު ނުގަންނާތީ ހަމަ ހައިރާންވޭ އެހެންތާ ވާނީ ލަދުހަޔާތަކީ މުސްލިމުންގެ ކިބައިގަ ހުންނަ ސިފައެއް އެސިފަ ގައިގަ ނެތިއްޔާ ކުރާކަށް ވަކިކަމެއް ކިޔާކަށް ވަކި އެއްޗެއް ނޯންނާނެ ދެއިރު ދެދަޅަޔަށް މީދިޔާތަކަށްއަރާ ތިމަންނަމީ މާކންކަން ވާ މީހަކަށް ހެދިގެން ރައްޔިތުން ގުބޯހައްދާނެކަމެއްނެތް ރައްޔިތުންގެ މުދަލާ ފައިސާއަށް ހިތުހުރި ގޮތެއްހަދާކަށްނޫން އެމްޑީޕީއަށް ރައްޔިތުން ވެރިކަންދިނީކީ ވަރައް ސަލާމް

  14. ހައްވަ

    ތިޔައީ ފޭލްވެފަތިބިބައެއް އަބަދުއެއްބަޔަކަށް މެޖޯރިޓީދިނީމަ ވާގޮތްތީ ކުރިއަށް އޮތް އިންތިހާބަށް ރައްޔިތުންވި ސްނާ މިހާރުތިބިމީހުންނަށް ނޫނެކޭބުނެގެން ނޫނީ ކަންތަށްތަށް ހައްލެއް ނުވާނެ

  15. ޝްރޭ

    2008 ގެ ވެރި ކަމުގައި މި ޝިފާމެން ހިންގި ކޮރަޕްޝަންވެސް ބަލަން ޖެހޭނެ

  16. މުހައްމާ

    މިއީ ވަރަށް ކޮރަޕްޝަންބޮޑު އަންހެނެއް.

  17. އަހްމަދު

    މިހާރު މަގުތަކުގައި ކުލަ ލަމުންދާގޮތްވެސް އޭސީސީން ބަލަންޖެހޭ.

  18. އެބީސީ

    ޝިފާއަށް މައާފު ކުރޭ އެފަކީރަށް އެހެން ނުހަދާ އަޅޭ

  19. އަފީ

    ވަގުންގެ ސަރުކާރު! ރައްޔިތުންގެ ހަޒާނާ ހުސްކޮށްފި!

  20. އަޙްމަދު

    ޔާމީނު ނަންވާނީ. މީހުސް ޔާމީން