ކުރީގެ އަޑި ޕާކް ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހަދަމުންދާ ޕާކްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަމުން ގެންދާ ކަމަށް ތުހުމަތު ކުރެވޭތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މާލޭ ސިޓީ ކައުންސިލަށް ވަދެއްޖެއެވެ.

އޭސީސީގެ ޓީމެއް ގެންދަނީ މާލޭ ސިޓީ ކައުންސިލް އިދާރާއަށް ވަދެ، ޕާކްގެ މައްސަކަތާއި ގުޅޭ ލިޔުންތައް ހޯދަމުން ކަމަށް މައުލޫމާތު ލިބެއެވެ.

ޕާކް ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހަދަމުންދާ ޕާކްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށާއި އެކަން މީޑިއާގެ ސަމާލުކަމަށް އައުމުން ކޮރަޕްޝަންގެ އަމަލުތައް ފޮރުވުމަށް ސިޓީ ކައުންސިލުން ލިޔެކިޔުމަށް ބަދަލު ގެންނަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ވިދާޅުވެއެވެ.

ނަމަވެސް މޭޔަރު ޝިފާ މުހައްމަދު ވަނީ އެކަން ދޮގުކުރައްވާ އެކައުންސިރުންގެ ބޮލުގައި ކައުންސިލްގެ މަސައްކަތައް ދަތިކުރާކަމުގެ އިލްޒާމް އަޅުވައިފިއެވެ.

ކައުންސިލަރުންގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން ޝިފާ ކުރެއްވި ޓްވީޓްތަކުގެ ތެރެއިން އެއް ޓްވީޓްގައި ވިދާޅުވީ ކައުންސިލް ހިންގުމަށް ދަތިކޮށް ހުއްޓުވުމަކަށް ގެނައުމަށް ތިން ކައުންސިލަރަކު ފެށުނީއްސުރެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

"ސިޓީ ކައުންސިލްގެ ބޮލުގައި ބޮޑެތި އިލްޒާމްތައް އަޅުވައި ލިޔުންތައް ބަދަލުކުރާ ވާހަކައާއި ވައްކަމުގެ އިމްޒާމްތައް އަޅުވަމުންދާތީ އެކަން ކުށްވެރިކުރަން." ޝިފާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ކޮރަޕްޝަނަށް މަގުފަހިވާގޮތައް ކަންތައްތައްކޮށް ލިޔެކިޔުންތައް ބަދަލުކުރާ ކަމުގެ ތުހުމަތު ކޮށްފައި ވަނީ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ފަޒީން ވަނީ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރު އެވެ.

ދެބޭފުޅުން ރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވިދާޅުވީ ޕާކްގައި އިމާރާތްކުރާ ފާހާނާބަރީގެ މަސައްކަތް އަމީން ކޮންސްޓްްރަކްޝަނުން ކުރަނީ އެއްވެސް އެއްބަސްވުމަކާ ނުލައި، ރަސްމީކޮށް އެ މަސައްކަތް ހަވާލު ވެސް ނުކުރަނީސް ކަމަށެވެ. އަދި އެ ޕާކަށް ބޮޑެތި ހޭދަތަކެއް ސިޓީ ކައުންސިލުން ކޮށްފައި ވަނީ ކައުންސިލުން ފާސްނުކޮށް ކަމަށް ރޭ ވެސް ފަޒީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. علي وحيد

  މުޅި ދައުލަތުގެ ތެރެއިން މިސަރުކާރުން ހިންގި ކަރަޕްޝަނުގެ ޖަރީމާ 40 ބިލިޔަން ރުފިޔާ އަށް ވުރެ ބޮޑުވާނެ ދެން އުޅެންޖެހޭނީ މި ހާލެއްގައި

  16
  1
 2. ޢަބްދުއްލާ

  އޭސީސީން މާލޭ ސިޓީ ކައުންސިލް އިދާރާ އަށް ވަދެއްޖެ

  7 ސިކުންތު ކުރިން ( އޮކްޓޯބަރ 30, 2019 )

  ތީދެން ކީއްކުރަން ކުރާ ކަމެއް . ތިގޮއްޔެ އެޑުވިކޭޝަން މިނިސްރީ ގައިހުރެ ކުރިކަންތައް

  ނައިންބެ އޮޑިޓްރިޕޯޓްގައި އޮއްވަ ތިމަގާމަށް ހޮވީ . ތީރައްޔިތުން ބޭޭނުން ވެގެން އެރައްޔިތުން

  ނަށް އެގޮއްޔެ ދޭ ޚިދުމަތެއް.

 3. ބިންގޯ

  ކޮންމެސް އެއްޗެއް ފެންނާނެ. އެކަމަކު ފޮރުވާނެ.

 4. ސލ

  ތިއައީ ދަޅަ ދެއްކުމަށް ޖަހާ މަޅިއެކެވެ ތިޔަހުރިހާ ލިޔެކިއުން މިހާރުހުންނާނީ ބަދލުލުކޮށް ނިންމާފައެވެ ވަގު
  މޑޕ އަކީ މަކަރުދަނެގެން ވައްކަންކުރަން އުޅޭބައެކެވެ.

  15
 5. ކަދުރުކަޅުދައްތަ

  ފޭކު ފޭކު ފޭކު. ސަފަރުކަތްދައަށް ގުޅާފަ އެބަދަމޭ ކިޔާފަ މީހުނަށް ކަން ދައްކަން.
  އެމްޑީއެން އުވާލާ އެމްޑީއެން އުވާލާ
  އެމްޑީއެން އުވާލާ އެމްޑީއެން އުވާލާ
  އެމްޑީއެން އުވާލާ އެމްޑީއެން އުވާލާ
  އެމްޑީއެން އުވާލާ އެމްޑީއެން އުވާލާ

  13
 6. ބޭން ޝިފާ

  ދެން އަނެއްކާވެސް އެއާޕޯޓްގައި މުޒާހަރާކޮށްލާ. އޭރުން ހުރިހާ ކަމެއް ފުރިހަމަ ވީ