ޖިސްމާނީ ނުކިޅެންދުންތެރިކަމެއް ހުންނަ ކުއްޖަކަށް ސްކޭޓް ބޯޑް ދުއްވަން ދަސްކޮށްދިން މަންމައަކަށް އެތައް ބައެއްގެ ތައުރީފު އޮހިއްޖެއެވެ.

ސެރެބަލް ޕަލްސީ ހުރި އުމުރުން 7 އަހަރުގެ ޖޮއާގެ މަންމަ ވަނީ އޭނާއަށް ސްކޭޓް ކުރަން ދަސްކޮށްދިނުމުގެ ބޭނުމުގައި ވަރަށް އާދަޔާ ހިލާފު ތަފާތު ވައްތަރެއްގެ ސްކޭޓް ބޯޑަކުން އޭނާއަށް ދަސްކޮށްދީފައެވެ.

އެސްކޭޓް ބޯޑަކީ ދަގަނޑު ފްރޭމަކުން، އޭނާއަށް ކޮޅަށް ހުރެވޭނެ ގާބިލުކަން ދީފައިވާ ބޯޑެކެވެ. އަދި ޖޮއާ ސްކޭޓް ކުރަން ފެށުމުގެ ކުރިން އޭނާގެ މަންމަ ވަނީ އެ ބޯޑު ބޭނުން ކުރަންވާ ގޮތް އޭނާއަށް ކިޔާ ދީފައެވެ. ސަބަބަކީ އެއީ އާދައިގެ ބޯޑެއް ނޫންކަމުންނެވެ. ޖޮއާގެ މަންމަ ވަނީ އޭނާ ސްކޭޓް ކުރަން ފެށި ހިސާބުން ވީޑީއޯ ކޮށްފައެވެ. އަދި އެ ވީޑީއޯ އޭނާ ވަނީ މީސް މީޑީއާއަށް ލައިފައެވެ.

އޭނާ އެ ވީޑިއޯ މީސްމީޑިއާއަށް ލުމުން ގިނަ ބަޔަކު ވަނީ އޭނާއަށް ތައުރީފު ކޮށްފައެވެ. 18.5 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެ ވީޑީއޯ ބަލާފައެވެ. އަދި ގިނަ ފަރާތްތަކުން ބުނެފައިވަނީ އެއީ މައިވަންތަކުމުގެ އަސްލު ލޯބި ކަމަށެވެ. ޖޮއާއަށް ސްކޭޓް ކުރަން ދަސްވުމުން އޭނާގެ މަންމަ ހުރީ ވަރަށް އުފަލުންނެވެ.

ޖޮއާއަށް ޖެހިފައިވާ ބަލި އަކީ ދުނިޔޭޣެ މަދު ކުދިންނަށް ވިހައިގެން ގިނަ ދުވަސްތަކެއް ނުވެ ޖެހޭ ބައްޔެކެވެ. ޖިއާ މި ބަލީގެ ޝިކާރައަކަށް ވެފައިވަނީ އުމުރުން އެންމެ 7 މަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒީ

    މިތާންގަ ދުއްވާން އިނގެނީ ބައިސްކަލް ބޯޑް!