ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު ވަނީ އިތުރަށް ބާރުގަދަވެ "ޑިޕްރެޝަނަކަށް" (ބާރުގަދަ ކޮޅިގަނޑަކަށް) ބަދަލުވެފައި ކަމަށާއި މިހާރު ކޮޅިގަނޑު ހުރީ ތުރާކުނުގެ އިރުން 370 ކިލޯ މީޓަރު ދުރުގައި ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.

ނަމަވެސް މި ކޮޅިގަނޑާއި ގުޅިފައިވާ ބޯ ވިއްސާރަވިލާތައް އަދިވެސް އުތުރާއި މެދު ރާއްޖެ ތެރޭގައި މައްޗަށް އަރަމުންދާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރަ އިން ވިދާޅުވިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މި ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ހުޅަނގު އުތުރަށް ދަތުރުކޮށް ރާޢްޖެ އާއި ދުރަށް ޖެހެމުން ދާނެ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރުމާއި އެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ވިލާގަނޑުގައި ވައި ގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުކަން ދިނުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ށަމާލުގގ

    ކޮޅިގަނޑު ތޫފާނަކަށް ބަދަލުވި ވާހަކަ އެއްވެސް ފަރާތަކުން ނުދައްކާ. ކީއްވެ. ތޫފާނުގެ ނަމަކީ ފައިވް.

    • XD

      ބިރުން..

    • އާމިނަތް

      އެހެން ނޫހެއްގަ އޮތް ތޫފާން ގެ ނަަމަކީ މަހާ އޭ