ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރަށް ރުހުން ދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފި އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމަށް 50 މެމްބަރުން ހާޒިރުވެވަޑައިގެންނެވިިއިރު، މަހާޒަށް ރުހުން ދޭން ފެންނަ ކަމަށް 32 މެމްބަރުން ވޯޓު ދީފައި ވެއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން ސުޕްރީމް ކޯޓަށް މަހާޒް އައްޔަން ކުރަން ތްރީ ލައިން ވިޕެއް ނެރުނުއިރު، އެ މާގަމަށް އައްޔަން ކުރަން މަހާޒާއެކު މަޖިލީހަށް ފޮނުވާފައި ވަނީ، ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދުގެ ނަމެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަށް ހުށަހެޅުއްވި މަހާޒްގެ ނަމެވެ. އަދި އޭގެ ފަހުން އެ ކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލި ފުރުސަތުގައި ދިޔާނާ ކުުުރިމަތިލެއްވިއިރު،. މި ދެބޭފުޅުންގެ އިތުރުން, އެ މަގާމަށް ކުރިމަތި ލެއްވި އެހެން ބޭފުޅުންނާއި އިންޓަވިއުކޮށް އޭގެ ތެރެއިން ދިޔާނާ އާއި މަހާޒްގެ ނަން މަޖިލީހަށް ފޮނުވަން ޖޭއެސްސީން ރައީސަށް ލަފާ އެރުވީ އެންމެ ބޮޑަށް ރިކޮމެންޑް ކުރާ ބޭފުޅުންގެ ގޮތުގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ، އެ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ދީދީ އެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އެންދެރި

  ޖާބިރުގެ ޖީބައް ބާރު ބޮޑު ވާނެ އެވެ.

  10
 2. ޖާބެ

  ތިޔަ ވިގޮތުން ޖާބެ ރުޅި ގަދަވެ އަނެއްކާ މަޖިލީހުގައި ކޮސް ގޮވަން ފަށާނެ މީހާރު އަނގަ މަޑުން ލައިގެން އެހުރީ ދިޔާނާ އަށް ވާގޮތެއް ބަލަން ...މިއީ ރޭހެއް އަންނި މިފަހަރު ބަލިވެ ސޯލިހު ގަދަވީ 18 ވޯޓް 32 ވޯޓުން

 3. މޯދީ

  ޖާބިރު އަނެއްކާ 70 މިލިއަން އަންނިއަށް 40މިލިއަން ސޯލިހަށްދިން ކަމަށް ދައުވާކުރާނެ، ދުވަސްކިޅަކުން އަންނި ވާނީ ދިޔާނާގެ “ތިމާގެ” މީހަކަށް ސޯލިހު ވެދާން ޖާބިރާ ޓްވިންސަކަށްވެސް! ދެން މައްސަލަ ނިމިދާނެ!