ނިމިދިޔަ ސަރުކާރުން ޏ. ފުވައްމުލަކުގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް އޭގެ ވެރިފަރާތާއި ހަވާލުކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ފަށައިފިއެވެ.

ނިމިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ފުވައްމުލަކުގައި ވަނީ 200 ފްލެޓް އިމާރާތް ކޮށްފައެވެ.

މި ފްލެޓްތައް ލިބުނު ފަރާތްތަކާއި ފްލެޓްތައް ހަވާލު ކުރަން ފަށާފައިވަނީ މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވިއެވެ،

މިހާރު ކުރެވެމުން އަންނަ މަސައްކަތަކީ ފްލެޓުތައް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް ޑައުންޕޭމަންޓު ދައްކާ ފްލެޓާ ހަވާލުކުރުމެވެ.

މި ފްލެޓުތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 19،000 ރުފިޔާ ދައްކަން ޖެހޭއިރު، ހައުސިން އިން ބުނިގޮތުގައި އިންސްޓޯލްމަންޓަށް ފައިސާ ދައްކާނަމަ ފްލެޓްތަކަށް ވަންނަން ފުރަތަމަ 9،500 ދެއްކުމަށް ފަހު، ބާކީ ބައި ދެވަނަ މަހުގެ ތެރޭގައި ދެއްކޭ ގޮތަށް ވަނީ ހަމަޖައްސާފައި ކަމަށެވެ.

ފުވައްމުލަކުން ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ދާނީ ނޮވެމްބަރ މަހުގެ ހަތަރު ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހަކު ހެދުނު 08:30 އިން ހަވީރު 16:30 އަށް ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

 1. މުފައްކިރު.

  ފްލެޓް ތަކުގެ މަހު ކުލި ޔާމީންގެ ވެރިކަމުގައި ހަމަޖެހުނު ގޮތް ( މަޢުލޫމާތު މީޑިޔާ )
  ޑައުންޕޭމަންޓް 18000 ( 3 މަހުން ދެއްކޭގޮތަށް) 18،000.00
  މަހުކުލި (25 އަހަރު) 2500 ( 300މަސް ދުވަހަށް ) 750،000.00
  ޖުމްލަ 768،000.00
  މިސަރުކާރުން
  ޑައުންޕޭމަންޓް 19،000.00 (2މަހުން ދެއްކޭގޮތަށް) 19،000.00
  މަހުކުލި (25 އަހަރު ) 3550.00 (300މަސް) 1،065،000.00
  ޖުމްލަ 1،084،000.00
  ޔާމީންގެ ވެރިކަމުގައި ކަޑައެޅުނު އަދަދަށްވުރެ އިތުރަށް ދައްކަންވާ 316،000.00