އެމްޑީޕީގެ ހަރުގޭގައި ކަންކުރާ އުސޫލުން ރައްޔިތުންގެ މަޖިލީސް އިދާރާގައި ކަންކަން ހިންގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަލީހުގައި ކޯފާ އިސް ކުރައްވައިފިއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ 59 ވަނަ ޖަލްސާގައި އާމްދަނީން ޓެކްސް ނެގުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ގާނޫނޫ އަސާސީގައި ފާހަގަކުރައްވާފައިވާ ފަދައިން ފަނޑިޔާރުން އައްޔަން ކުރާނީ އެމްޑީޕީ ހަރުގޭގައި ކަންކުރާ އުސޫލުން ނޫން ކަމަށާއި ދިވެހި ރާއްޖޭގެ ގާނޫނުގައި ވަރަށް ސާފުކޮށް ބުނެފައިވާނެ ކަމަށް ފަނޑިޔާރަކު އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

"ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް އޮންނަނީ ރައްޔިތުންގެ މަޖިލީހުންކަމަށް ދިވެހި ރާއްޖޭގެ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރާނީ" ޖާބިރު ވިދާޅުވިއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ބިލާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ އެމްޑީޕީގެ ހަރުގެއަކަށް ހަދައިގެން ނުވާނެ ކަމަށާއި އެމަޖިލީހުގައި ކަންކަން ކުރަންވާނީ ގާނޫނު އަސާސީގެ ސަގާފަތާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީއަށް އަށް ރައްޔިތުން ވޯޓު ދިނީ ހިތު ހުރިހާ ގޮތަކަށް ކަންކަން ކުރުމަށް ނޫން ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންނަށް މިގޮވާލަނީ މިއަދުން މިއަދަށް، އެމްޑީޕީ އަށް ދީފައިވާ މެޖޯރިޓީއާއި ދޭތެރޭ ވިސްނާ، ދެން ކުރިއަށް އޮތް އިންތިހާބުތަކުގައި އެމްޑީޕީއާ ދޭތެރޭ އަމަލުކުރުމަށްޓަކާ ކުޑަކޮށް ވިސްނާށޭ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީސް ހިންގަން ޖެހޭނީ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ކަމަށާއި އެ މަސައްކަތް ކުރަން ޖެހޭނީ އެމްޑީޕީގެ މެމްބަރުން އެމްޑީޕީ ހަރުގޭގައި މަސައްކަތް ކުރާ އުސޫލުން ނޫން ކަމަށެވެ. އަދި ރައީސް އޮފީހުން ފޮނުވާ ކޮންމެ އެއްޗެއްގައި "ރަބާ ސްޓޭމްޕް" ޖެހުމަކީ މަޖިލީހުން ކުރަންޖެހޭ ކަމެއް ނޫން ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

"މި މަޖިލިސް ހިނގަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ އުސޫލުންނޭ. އެމްޑީޕީގެ ހަރުގެ ހިންގާނީ އެމްޑީޕީގެ އޮފީހުންނޭ. މި ތަނުގައި އެމްޑީޕީގެ ހަރުގެ އުސޫލުން ކަންތައް ކުރުން ހުއްދައެއް ނޫން" ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހުވަދޫ ޑޮކް

  ޖާބިރު ބުރޯއަށް ލަނޑެއް ދިނީތާ !! ?

 2. 532%

  ކަލޭކިތަންމެރުޅިއަޔަސް ކަލޭގެއަންހެނުންނައް ފަނޑިޔާރުކަމެއްނުދެވޭނެ މަޑުންތިހުރީފަނޑިޔާރުކަންދޭނެކަމައްދޯ ކުރިންކަންވީގޮތްވެސްއެނގޭނެ

 3. ދިޔާނާ

  މަޖިލިސް ތެރޭ ކެސީނޯއެއް އަޅަންވީނުން ތީނުން ނުވެފަ އޮތް ކަމަކީ

 4. އަނާރާ

  ބަލަ ޖާބޭ، މަޖިލީހަކީ އެމްޑީޕީ ހަރުގެ، އެމްޑީޕީ ހަރުގެއަކީވެސް މަޖިލިސް، އެކަންތައްތައް ބަދަލުކުރާކަންޏުނޭ ވެރިކަމަށްއައީ، ޖާބޭމެންވެސް ލާރިގަނޑުދިނީ އަމިއްލަޔަށް ސަލާމަތްނުވެގެން، މިހާރު ތިހިރީ ސަލާމަތްކޮށްފަ ދެންވެސް މަޑުންހުރޭ!