ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރް އައްޔަން ކުރަން ރައްުޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަހާޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރަށް އައްޔަން ކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 55 މެމްބަރުންގެ އިއްތިފަަގުންނެވެ.

މަހާޒު އާއިއެކު ތަޅުމަށް ކުރީގެ ބަންޑާރަ ނައިބް ފާޠިމަތު ދިޔާނާ ސަޢީދުގެ ނަންފުޅުވެސް މަޖިލީހަށް ހުށަހަޅާފައިވެއެވެ. ނަމަވެސް މަޖިލިސް ގަވާއިދު ހަމަޖެހިފައިވާގޮތުން ފުރަތަމަ ވޯޓަށް އަހާ ފަރާތަށް މެމްބަރުންގެ އަގުލަބިއްޔަތު ލިބިއްޖެނަމަ އިތުރުބޭފުޅަކަށް ވޯޓަށް އަހާކަށް ނުޖެހޭނެއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން ސުޕްރީމް ކޯޓަށް މަހާޒް އައްޔަން ކުރަން ތްރީ ލައިން ވިޕެއް ނެރުނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަށް ހުށަހެޅުއްވި މަހާޒްގެ ނަމެވެ. ދިޔާނާ އެ މަގާމަށް ކުރިމަތިލެއްވީ އެ ކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލި ފުރުސަތުގައެވެ.

މި ދެބޭފުޅުންގެ އިތުރުން, އެ މަގާމަށް ކުރިމަތި ލެއްވި އެހެން ބޭފުޅުންނާއި އިންޓަވިއުކޮށް އޭގެ ތެރެއިން ދިޔާނާ އާއި މަހާޒްގެ ނަން މަޖިލީހަށް ފޮނުވަން ޖޭއެސްސީން ރައީސަށް ލަފާ އެރުވީ އެންމެ ބޮޑަށް ރިކޮމެންޑް ކުރާ ބޭފުޅުންގެ ގޮތުގައެގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ، އެ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ދީދީ އެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކިޔުންތެރިޔާ

    އަލްހަމްދުލިއްލާހް. ދިޔާނާކަހަލަ ލާދީނީ މީހުން އަދިވެސް ބަލިކުރައްވާ ފަޟީހަތްކޮށް ނެތިކުރައްވައިފާނދޭވެ. އެމްޑީއެން ރިޕޯޓުގެ ސަބަބުން ދިވެހިންނަށް ލިބުނު ހަމައެކަނި ފައިދާއަކީފިލައިގެންއުޅުނު މިފަދަ ލާދީނީ ޝައިތާނުން ފާޅުވެ ، އެބައިމީހުންގެ ޕްލޭންތައްބޭޒާރުވުމެވެ.

    23
    1
  2. ލަބީބު

    ކޮބައި ދިޔާނާ! ހީވޭތަ ކަމެއްހެން؟ ކޮބައި ޖާބިރު! ހީވޭތަ ކަމެއްހެން؟ އަދިވެސް ހަމަ މި ސަރުކާރުގެ ފަސްބާގައި ދޫލަން ތިބޭނީތަ؟

    20
    1
  3. ޢަބްދުއްލާ

    ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް މަހާޒް އައްޔަން ކުރަން ފާސްކޮށްފި

    23 މިނެޓް ކުރިން ( އޮކްޓޯބަރ 30, 2019 )

    ♦ السورة ورقم الآية: آل عمران (54)

    لآية: ﴿ وَمَكَرُوا وَمَكَرَ اللَّهُ وَاللَّهُ خَيْرُ الْمَاكِرِينَ ﴾.

    ﴿ سَنَسْتَدْرِجُهُمْ مِنْ حَيْثُ لَا يَعْلَمُونَ ﴾ [الْأَعْرَافِ: 182]

    تَعَالَى: ﴿ اللَّهُ يَسْتَهْزِئُ بِهِمْ ﴾ [الْبَقَرَةِ: 15] ،

    ﴿ وَهُوَ خادِعُهُمْ ﴾ [النِّسَاءِ: 142]

    ޖާބިރަށް ފިސާރި ބޮޑު ބޮޅެއް.

    ދެން އަނެއްކާވެސް ކޮސް ތިކަލޭޭގެ ގޮވުން އިތުރުވީ.

    މިފަރު ކާށިދޫގަ ސަރުކާރު ހަދަން ގަރާރެއް ލާނެ މިނިވަން ފިކުރުގެ ދަށުން.

    19
  4. ޓަކަފިރޯށި

    ހެހެ ދިޔާނާ މާމިނިވަން ފިކުރުވެގެން ހިތުން އެމް ޑީ.ޕީ ބޮލަށް ޗިޕެއްޖަހާފަ ގޮނޑިޔަށް ސަވާރުވާން ދޯމިއުޅުނީ ކެކެކެ...

    26
  5. ކިރްތިކް

    ޖާބޭ އަދި ސޯބޭ، ދެބެއިންނަކީ އެއްމާ މަނޑު ދެބެންކަމަށް ބުނީތީ މަޢާފް ކޮށްލާ!

  6. މަކަލޯ

    ކުޑަކުއްޖެއްނުތިޔާ