ޓެކްސް މައްސަލާގައި ރާއްޖޭގެ ބޮޑެތި މަހުޖަނުންގެ ފަރާތުން ފެނިގެންދަނީ ކުޑަކުދިން ކިރުތަށްޓެއް ނުލިބިގެން ރޯހެން، ރޯ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު، މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއީލް މިގޮތަށް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ އާމްދަނީ އިން އިންކަމް ޓެކްސް ނެގުމާ ބެހޭގޮތުން ހުށެހެޅިފައިވާ ބިލުގެ ބަހުސް މަރުޙަލާގައި ވާހަކަފުޅު ދައްކަމުންނެވެ.

"މި ރާއްޖޭގައި އަޅުގަނޑުމެންނަށް ފެނިގެންދަނީ ބޮޑެތި މަހުޖަނުން ނުކުމެ، ކުޑަކުދިން ކިރުތަށްޓެއް ނުލިބިގެން ރޯހެން ރޯތަން. އެބަރޮއޭ ހަމަ އެގޮތަށް. އިތުރު ފައިސާކޮޅެއް ނިކަމެތި ރައްޔިތުންނަށް ދޭން ޖެހިދާނެތީ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޓެކްސް ނަގާ ވާހަކަ ދެއްކީމަ، ފެނުން ނަގާ ރޯމަހެއް ތެޅޭހެން ތެޅޭތަން ފެނިގެން މިދަނީ މަހުޖަނުން." މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ ދިވެހިރާއްޖެއާއި ކައިރި އަވައްޓެރި ޤައުމުތަކުގައިވެސް ޓެކްސްގެ ގޮތުގައި މަހުޖަނުން އަތުން ނަގަނީ ނިސްބަތުން މާ މަތީ ރޭޓެއް ކަމަށެވެ. ބިލު ހުށެހެޅިފައިވާ ގޮތުން އޭނާވެސް އެ ބިލާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ވިދާޅުވެ، މީކާއިލް ފާހަގަކުރެއްވީ ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިބަދައަކީ މެދު ފަންތީގެ ދިވެހިން ކަމަށްވީ ނަމަވެސް އެ ބިލުވެސް ހުށަހެޅިފައި އޮތީ ބޮޑެތި މަހުޖަނުންނަށް ރެކެވޭ ގޮތަށް ކަމަށެވެ. އަދި މެދުފަންތިއާއި، ނިކަމެތި ރައްޔިތުންނަށް ބުރަވާ ގޮތަށް ކަމަށް މީކާއީލް ފާހަގަކުރިއެވެ.

ބީޕީޓީ ގޮތުގައި ކުންފުންޔަކުން ދައްކާ އެއްޗެއް އެއީ ޑަބަލް ޓެކްސޭޝަން ގޮތުގައި ނަގާފައި، ޑިވިޑެންޑުންޓުގެ ގޮތުގައި ޓެކްސް ނުނަގަންޔާ އިންކަމް ޓެކްސްގެ ބޭނުމެއް ނެތް ކަމަށް މީކާއީލް ވިދާޅުވިއެވެ. މީކާއީލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތިބި ބޮޑެތި މަހުޖަނުން ފެނިގެންދަނީ އެގޮތަށް ފަރުމާވެފައި އޮތްއިރުވެސް އެކަމަށްވެސް ދެކޮޅު ހަދާތަން ކަމަށެވެ.

"އިންކަމް ޓެކްސް ބިލެއްގެ ވާޙަކަ އަމިއްލަ މަސްލަހަތުގައި އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކީމަ މިހާބޮޑު މަސްލަހަތު ފުށޫއެރުމެއް ނޯންނާނެ. މިއީ އެހެން ޤައުމެއް ނަމަ މުޒާހަރާ ކުރާނެ ރައްޔިތުންގެ މަޖިލިސް ދޮށުގައި. މިއީ ބޮޑު ޖޯކެއް." މީކާއީލް، މަހުޖަނުންނަށް ފާޑުވިދާޅުވަމުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ދޮންބެ

    ލާދީނީ އެމްޑީއެން އުވާލަން ގޮވާތީ ކުޑަކުއްޖަކު ކިރުތަށްޓެއް ނުލިބިގެން ރޯހެން ލާދީނީ ބައިގަނޑު އެބަރޮއޭ.

    72
    3
  2. ޑައެލޯގް

    މީކާ ތިބުނާ ޓެކްސެއް ގާސިމް، ޕާޓީބޮޑުން، މިނިސްޓަރުން ޕާޓީގެ އެމް. ޕީ އަތަކުން ނުނެގޭނެ، ނަގާނީ މެދުފަންތީގެ ޕާޓީއަށް ނިސްބަތްނުވާ މީހުންގެ އަތުން، ދެން އިރުކޮޅަކުން މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކުރަން ފާސްކުރާނީ ތިޔަ ޓެކްސް ނަގައިގެން

    37
  3. ކަނަމަނަ

    މެމްބަރު މީކާެއީލް އައް ސޭޓަކް އޮފައެއް ދޭންބުނާއިރައް އަގަމަޑުވެދާނެ

    35
  4. ޢަފްލާ

    މީ ކިރު ސަރުކާރު ކަލޯމެން ކިރުޕެކެޓް ގެނެސް ސްކޯލުގަ ހުންނަ ގުދަންތަކައްލާ ބެހެއްޓީމަ ޕެކެޓްތައް ރޮބިސްވަނީ ފިނިހޫނުމިންބހުންނަނީ 30 ޑިގްރީސަލްސް ނުވަތަ 60 ޑިގްރީއައް މިޕެޓްތައްބޯންވެސް ނުވާނެ ސިއްހީ މައްސަލައެއް ދިމާވާނީ ބުނެފައއއް ނޫން އެކަމަކު އެމްޑީޕީ މީހުން ކޮއްފިއްޔާ އޯކޭ ވާނެ

    38
  5. ލޮލޭ

    މި ދެން މާ ވެފަ އުޅޭ ސޮރެއް. އަންނި އަށް ވާން އުޅެނި. އެ ފާޑަށް ވާހަކަ ދެއްކުން ވެސް ހުންނަނީ. ކަޑަ ގޮލައެއް

    36
  6. ބިންގޯ

    އެމް.ޑީ.އެން. އާދެކޮޅަށް މުޒާހަރާ ކުރާތީ ދެފަޔަށް ހިނިއަރައިގެން ބަޔަކު އެބަތެޅިބާލާ. ރާއްޖޭގެ ހުރިހާ ރައްޔަތުން ހިމެނޭގޮތައް އެމް.ޑީ.އެން. އާ ދެކޮޅަށް އެއްވެސްބަޔަކު މުޒާހަރާ ނުކުރަން ބަޔަކުއެބަގޮވާ އަދި ހަރުކަށި އިންޒާރުތައްވެސް ބަޔަކު އެބަދޭ.

    32
  7. ޖަހާންގީރު

    މަރުގެ ޙުކުމް ތަންފީޒުކޮށްފާނެތީވެސް ލާދީނީ ސޮރަކު ބޯޑެއް ހިފާޢްޓައިގެން ހުރެ ހޭރުނު

    32
    1
  8. Anonymous

    އާއި. މޭކާބޭ...އުޅޭ ފާޑެއް. އަމުދަކުން މަ ނޫޅެން ތީނައަކާހެދި.

    23
    1
  9. ގާސިމް

    ޓެކްސްގެ ގާނޫނު އުވާލުން ރަނގަޅު...އެކަކުއަތުންވެސް ނުހައްގުން ލާރިނަގާނެކަމެއްނެތް..

    22
    1
  10. އަންތަރީސް

    މިލާރިނުނެގިގެން ރޮނީ ކަލޭމެން. ކަލޭމެންބުނެދީބަލަ ޓެކްސްފައިސާއިން ރައްޔިތުންނައްކޮއްދޭކަމެއް. ޓެކްސްފައިސާކޮޅު އެކީގަ ހަރަދުކުރަނީ ސަރުކާރުމުވައްޒަފުންގެ މުސާރަދީފަ ބާކީހުންނަ ފައިސާކޮޅުއެކީގަ ބަހާހަނީ ސިޔށސީމީހުންނައް. ޑުބާއި އެންބަސީގަ މިއަހަރުކުރީގަ ހުރީ އެއްމެމީހެއް މިހާރު އެބަތިބި 8 މީހުން. މިގައުމުގައުޅޭ ނިކަމެތި ރައްޔިތުންދޭ ޓެކްސްފައިސާއިން ނުޖެހޭ ބޭރުގެއުޅޭ ކަލޭމެންގެ އާއިލާމީހުންނަށާއި ދިވެހި އެހެންމީހުންނައް ބޭސްފަރުވާކޮއްދޭކައް. ޢެއީ މިގައުމުގަތިބި ދިވެހިރައްޔިތުންގެ ފައިސާ. އެމީހުން ދިވެހިދައުލަތައްދޭ އެއްމެފައިސާ ފޮއްޗެއްވެސް ނޮއޮންނާނެ.

    3
    1
  11. ހުޅުދޫ ގޮލަމަރިޔާ

    ކުޑަކުދިން ކިރުތަށި ނުލިބިގެން ނުއެއް ރޮއި. ކުޑަކުދިންނަށް ކިރުތަށި ދެނީ ގަދަކަމުން. ނޭނގޭ ވާހަކަ ނުދައްކާ

    6
    1
  12. އޮޅުވާލުން

    ސިޔާސީބޭނުމުގަ މަހުޖަނުން ކަންބޮޑުވަނީ އޭ ކިޔަސް މަޖްލިސްގަ ތިބޭ ބަޔަކު ކަންބޮޑުވެގެން މަޖްލިސްގަ އެވާހަކަދައްކާނީ. މަސްވެރިޔާ އަދި ދަނޑުވެރިޔާ އަތުންވެސް އިންކަމްޓެކްސް ނެގޭނެ. އެމީހުން ތިބިލާދޭތެރޭ ކަންބޮޑުވެގެން އެވާހަކަ ދައްކާ އެކަމަކު މިހާރު މިއޮތް ސަރުކާރަކީ އަދި މަޖްލިސްގެ އެމްޑީޕީ މެމްބަރުންނަކީ ރައްޔަތުން ދައްކާވާހަކައެއް އަޑުއަހާނެ ރައްޔަތުން ކަންބޮޑުވާ ކަންކަމަށް އަޅާލާނެ ބައެއްނޫންކަން ރައްޔަތުންނަށް ރަގަޅަށް އެގޭ. އިންޑިޔާ މީހަކުބުނާއެއްޗެއް އަޑު އަހާފާނެ. ތިނަގާ ޓެކްހުގެ ފައިދާ ރާއްޖޭގެ ރައްޔަތުންނަކަށް ނުކުރާނެ. މިވަރުގެ ކަރެޕް ސަރުކާރެއް އަދި ދުވަހަކުވެސް ރާއްޖެ އަކަށްނާދެ.

  13. މީގޮނު

    ޜައްޔިތުން އަތުން ހިތުހުރި ވަރަކަށް ފައިސާނަގައިގެން މިވެރިންގެ އަންބޮޑި ބޮޑުވާއިރު ލަދުކޮބާ! މަސްކޮޅަށް އެއްޗެއް ނުލިބޭތާގައި ދަރިން ސްކޫލަށް ގެންދަންވީ ކިލާގަޑުން!އަހަރުވީއިރު ކޮބާ ވީކަމެއް! ސައްލާގައި ރޭދުވާލު! މަމެން ވާރޭގައި، އަވީގައި،ހަތަރުދަމު އުޅެފަ އައިސް ގުއިފެނުން ފެންވަރައިގެން، އުޅެންވީތަ؟

    6
    1
  14. އަސްލު19

    ތިޔަބުނާ ޓެކުސްއެއްނުދައްކާނެ ތީގެން އެކަކުވެސް ހަމަދައްކަންޖެހޭނީ އާއްމު ރައްޔިތުން މިހާރުވެސް ޖީއެސްޓީވެސްނަގނީވެސްނަގަނީ ހަމައެގޮތަކައްނު ދެންކޮންޓޓެކުހެކޭކިޔާކައް ތިއުޅެނީ އެމްޑީއެންއޭކިޔާތީ އެއަޑުކަނޑުވާލަންވެގެން އެއަޑެއްނުކެނޑުވޭނެ#ބޭން އެމްޑީއެން

    4
    1
  15. މާނު

    ދޮން ކަލޯ ކަލޭ އަދި ވަރަށް ޅަ...

    6
    1
  16. Anonymous

    މީކައިލް އަތުން ޓެކްސް ނަގަން ޖެހޭ...
    60000

    7
    1