ޑިސްކޯ ކުރުމަށާއި މަޖާ ކުރުމަށް މި ސަރުކާރުން އެއްވެސް މިންވަރަކަށް ތަރުހީބު ނުދޭނެ ކަމަށް ވެރިކަން ކުރާ ޕީޕީއެމް އިން ބުނެފިއެވެ.

ރާއްޖޭގެ ޒުވާނުން މިއަދު ވަނީ "ޑިސްކޯ" ފަދަ މަޖާކުރުން ތަކުން މަހުރޫމުވެފައި ކަމަށް ކުރީގެ ރައީސް ނަޝީދު އިއްޔެ ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވައި "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމް ގެ ނައިބު ރައިސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބުދް ރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ނަޝީދަކީ ކުރިންވެސް އިސްލާމް ދީނާ ވަރަށް ދުރު ލާދީނީ ކަންކަމަށް ތަރުހީބު ދެއްވާ ބޭފުޅެއް ކަމަށެވެ.

"ނަޝީދު ކުރިންވެސް ވިދާޅުވެފައި ވަނީ ބިރަކާއި ނުލާ މަޖާ ކުރެވެންޖެހޭނެ ކަމަށް, އަދި އެ ފުރުސަތު ހޯދައިދޭނެ ކަމަށް, ނަމަވެސް މިއީ އިސްލާމީ މުޖުތަމައެއްގައި މިކަން އޮންނަން ވާނެ ގޮތް ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ކުރާ ހުރިހާ ކަމެއް ކުރާނީ އިސްލާމީ ރިވެތި އުސޫލުތަކަށް ބަލައިގެން ކަމަށާއި ޕީޕީއެމްގެ މެނިފެސްޓޯ ވެސް އެކުލަވާލާނީ އެގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން ޒުވާނުން ހަލާކުގެ ތެރެއަށް ގެންދަން, އަޅުގަނޑުމެން ބޭނުންވަނީ ޒުވާނުންނަކީ އެއީ ހަރުދަނާ ބަޔަކަށް ހަދަން ގައުމު ބިނާ ކުރާ ބަޔަކަށް ހަދަން" އަދުރޭ ވިދާޅުވިއެވެ.

އިއްޔެ އޯޑިއޯ މެސެޖް އަކާއި އެކު ކުރި ޓުވީޓްއެއްގައި ނަޝީދު ވިދާޅުވީ ރާއްޖޭގައި އުޅޭން ދަތިވެއްޖެ ކަމަށް ގަބޫލު ކުރެވޭ ޒުވާނުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

"ކިތަންމެ ޒުވާނެއްގެ ދިރިއުޅުން ވަރަށް އުނދަގޫވެއްޖެ. ރާއްޖޭގައި ވަކިން ހާއްސަކޮށް މާލޭގައި ނޫޅެވޭ ދަރަޖައަށް ކަންތައްތައް ހިނގައްޖެ. ޒުވާނުންނަށް ނޫޅެވޭ ދަރަޖައަށް ކަންތައްތައް ހިނގައްޖެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެ މީހަކު އެދޭ ގޮތަށް އެ މީހެއްގެ އާއިލާއާއެކު ރާއްޖޭގައި ދިރިއުޅެވެން ޖެހޭނެ ކަމަށާއި ބުރުގާ އެޅި ކުދިންނަށް ވެސް އަދި ބުރުގާ ނާޅާ ކުދިންނަށް ވެސް އުފުލާއި ރައްކާތެރިކަމާއެކު ރާއްޖޭގައި އުޅެވެންޖެހޭނެ ކަމަށެވެ.

"ބުރުގާ އެޅި ކުދިންނަށް ވެސް، އަދި ބުރުނާ ނާޅާ ކުދިންނަށް ވެސް އުފަލާއި ރައްކާތެރިކަމާއެކު އުޅެވޭނެ ރާއްޖެއެއް ހޯދުން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއްގެ އުންމީދުގައި ދައްކާ ކޮންމެ ވާހަކައަކީ ލާދީނީ ވާހަކައެއްގެ ގޮތުގައި މަރުކާޖެހިދާނެ ކަމުގެ ބިރުގައި ސިޔާސީ ލީޑަރުން ފަހަތަށް ޖެހިވަޑައިގެން ނުވާނެ ކަމަށެވެ.

"މުނިފޫހިފިލުވުމާއި އުފަލުގައި މަޖާކުރުމާއި އުޅުމުގެ ފުރުސަތުތައް ހޯދައި ދިނުމަކީ ވަކި ސިޔާސީ ޕާޓީއެއްގެ އެކަނި މަސައްކަތަކަށް ވެގެން ނުވާނެ. އުފާވެރި ދިރިއުޅުމެއްގެ އުންމީދުގައި ދައްކާ ކޮންމެ ވާހަކައަކީ ލާދީނީ ވާހަކައެއްގެ ގޮތުގައި މަރުކާޖެހިދާނެ ކަމުގެ ބިރުގައި ރާއްޖޭގެ ސިޔާސ ލީޑަރުން ފަހަށް ޖެހިވަޑައިގެން ނުވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދަކީ އޭނާގެ ވެރިކަމުގައި ޒުވާނުން ބާރުވެރިކުރުވުމުގެ ނަމުގައި ދެކޮޅު ނުޖެހޭ އެތަކެއް ވާހަކަ ތަކެއް ދެއްކެއްވި ބޭފުޅެކެވެ. ކުރިން މަސްތުވާތަކެތިން ސަލާމަތްވުމަށް އެހީވެދޭ ޓެލެފޯން ނަންބަރު އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ނަޝީދު ބުނެފައިވަނީ، “ކޮންމެހެން ބޭނުން، ބޮވެން ޖެހޭނެ. ބޯން އެބަޖެހޭ. ނުބޮއެއް އެކުދިންނެއް ސަލާމަތެއްނުވޭ. އަޅުގަނޑުމެންނަށް އެކަން ދެނެގަނެވެން ޖެހޭނެ،” ކަމަށާއި “އަޅުގަނޑުމެން މި ވިއުގަ އަދި ރާއްޖެ އަށް ބާރުގަދަ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވާއިރުގައި، އަޅުގަނޑުމެންނަށް އެނގޭ ޙަޤީޤަތްތަކެއް އެބަހުރޭ. އެއީ، އެ ކުދިންނާ އަޅާލަން ޖެހޭނެ” ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. Anonymous

  ތީ ޕާޓީއެއްނޫން މީހެއްގެ ޕާޓީ ފޭރިގަތުމަކީ އަދި ޕާޓީ އެއް އޮތުމެއްނޫން ކަލޭމެންނަށް ދ8ވަހަކުވެސް ސަލާމަތެއް ނެތް

 2. ކަނބުލޮ

  މިއީ މުސްލިމް ގައުމެއް އެވެސް ސަރުކާރަކުން މިއުޒިކްޝޯތަކާ ޑިސްކޯއާ މޯލްޑިވިއަން އައިޑޮލް ފަދަ ޕްރޮގްރާމްތައް ބޭއްވުމަކީ ރަނަގަޅު ކަމެއްނޫން. ހިތާމައަކީ ކުރީގެ ސަރުކާރުތަކުން ވެސްިއަދ މިސަރުކާރުންވެސް މިބާވަތުގެ ކަންތައްތައް ކުރަމުން ގެންދާކަން. ކޮންމެވެސް ނަމެއްގަ ކޮންމެވެސް މިއުޒިކް ޝޯއެއް ބާއްވާ. މާތް ﷲއަށް ބިރުވެތިވާ އެކަކުވެސް ތިތާކުނެއް.

 3. ކަމަނަ

  ޑިސްކޯ ވާނީ އަންނި އެކަނި

 4. މަ މިއު މަ

  އައްދޭ ދެން ވަރަށް ދީނީ ވަނީ މި މީހުން ލޮލް

 5. ނަޝީދު

  ހަވާ އެރުވުމާއި އާ އަހަރު ފާހަގަކުރުން މިފަދަ ލާދީނީ ކަންކަން ކުރަނީ ކޮންބައެއްތަ

 6. ނަސީދު

  އަޅެމީ މޮޔައެއްތަ މިހާރު ތިސޮރު ދައްކާވާހަކަ ޤަބޫލެއްނުކުރާނެ

 7. އަމިއްލަ މީހާ

  އާއަހަރު ފެށުނުއިރު މާލޭގެ ކާނިވާ ސަރަހައްދުގައި " ބޭއްވީ މައުލޫދު ކިއުންތޯ" އަދި ހުޅުމާލޭގައި އޮތީ ސަލަވާތް ފާތިހާ ކިޔެވުންތޯވެސް އޮޅުންފިލުވަންބޭނުންވޭ

 8. އެހެންތަ؟

  މިއަށްވުރެ ބޯގޮސް ގުރޫޕެއް މިދުނިޔޭގަ ވާނެބާ؟

 9. މަޖޫރީން

  އެހެންތަ! ތަމެން ތަރުހީބު ދޭނީ ވައްކަން ކުރުމާއި ، ހިޔާނާ ވުމާއި ، ފަސާދަ ކުރުން ، މީހުން ވަގަށް ނަގައި ގެއްލުވާލުން މިހެންގޮސް ނަންކިޔާނެކަމެއްނެތް.....

 10. ސެންސްލެސް

  ދަ ރާއްޖެތެރޭ މަސްވެރިން މަހަށް ދަނީ އެއީ ސަރުކާރުން ބުނެގެން އެމެން އަދާ ކުރާ ސަރުކާރު ވަޒީފާ އެއް ނޫނޭ އަދި ކުޑާ ކޮށް ސައިޒު އޮޅިގެން މަސްވެރިންނަށް އުޅޭހެން ހާދަ ބޮޑަށް ހީވެއޭ މަސްވެރިން ބާނާ ހުރިހާ މަހެއް ކިރަން ނުޖެހެއޭ މިފްކޯ އިން އެހެންވެއްޖެނަމަ މިފްކޯ އިން އަންގާ އަދަަދަށޭ ތަމެން މަަސްބާނަން ޖެހޭނީ ކަނޑުގެ ރޯދި ލިބެއޭ ކިޔާ ހޭދެބައި ވެގެން ދެއްވާ ނިއުމަތް އޯވަރ ޔޫޒް ކުރާ އުސޫލުން ނުޖެހެއޭ ނުކިރޭ ވަރަށް އެއް ދުވަހުން މަސްބާނައިގެން މިލިއަނަރުންނަށް ވާން ދަ ރާއްޖެތެރެ މަސްވެރިން. މީ ދެން ވަރަށް ސެންސް މޭކް ނުުކުރާ ކަމެކޭ ދަ ރާއްޖެތެރޭ މަސްވެރިން މިކުރަނީ އައި ޖަސްޓް ވޯންޓް ޔޫ ޓު ނޯ ދިސް އިޒް ސެންސްލެސް އިޓްސް ސަމްތިންގް އައި ކާންޓް ބިލީވް އެޓް އެނީ ރޭޓް..

 11. އަލްޖިބުރީލު

  މި ސަރުކާރު މިއޮތީ ނިމިފަ. ވީ ވޯންޓު ނެކްސްޓު ސަރުކާރު. ވީ ވިލްގެޓް ޑިސްކޯކުރުމުގެ ފުރުސަތު އިން ނެކްސްޓު ސަރުކާރު އިންށާ اللہ

  • މަހަށްދޭބަލަ

   މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ ރަންރީނދޫ ޓްވިޓަރޭ ދެން. މަހަށް ދޭބަލަ

 12. ހަހާ

  ކުރީ ސަރުކާރުތަކަށްވުރެ ބޮޑަށް މިހާރު ތިކަންތައް ހިނގާތަން ފެނެއެވެ.

 13. މުހައްމަދު

  1ޖެނުއރީ ދުވަހުގެރޭ ކާނިވާސްޓޭޖްގައި ކީރިތި ޤުރުއާން ޚަތިމްކުރުން އޮންނާނެ ކޮންމެ އހަރަކުވެސް ،، އެއީ ވަރަށްމާތް ކަމެއް ،، އެކަންވާނެ ކޮންމެހެންވެސް ދިރުވާ އާލާކުރަން ހަހަހާ .......

 14. ރީޒަން

  ޑިސްކޯ ކުރުމަށާއި މަޖާ ކުރުމަށް މި ސަރުކާރުން ތަރުހީބު ނުދޭނަން ކަމަށް ޕީޕީއެމް އިން ބުނުމުން މިހާރު ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް އަންޑަރސްޓޭންޑް ވެއްޖެ އެއް ނޫންތޭ މަމެން ލާރޖް ކޮށް މިތިބީ ދީން ދިފާއު ކުރުުމުގައޭ އަދި އިސްލާމީ ރިވެތި އުސޫލުގެ މަތީގައި ކަމަށް. ތަމެން ތެޔޮ ބިޑި ބުއިމާއި ދަތް ބަނޑުގައި އާއި އަދި ތިިއްތި ކޮޅުގައި ޓަޓޫ ކުރަހައިގެން ޑިސްކޯ ކުރި ނަމަވެސް މަމެން ނޫޅެމޭ އެގޮތަށް އުޅެން ތަމެން ހެދުމުގައި ވެސް ދުވަނީ މުޅިން ފެގް ވަހޭ ދޯ. މަމެން ޕިންކީން މީ ދަ ޕާރފެކްޓް ޕާރޓީ އޭ ރާއްޖޭގައި ވެރިކަން ކުރަން އައި ޖަސްޓް ވޮނާ ޔޫ ޓު ނޯ އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަންސް ފޯރ ޔޫ ޓު ޖޮއިން ޕިންކީސް އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަންސް ފޯރ ޔޫ ޓު ޖޮއިން އަސް އައި ފައުންޑް އައުޓް ދަ ރީޒަން ފޯރ ދިސް އެން ދަ ރީޒަން ޔޫ އެން ދަ ރީޒަން އިޒް ޔޫ އެން ދަ ރީޒަން އިޒް ޔޫ އެން ދަ ރީޒަން އިޒް ޔޫ އެން ދަ ރީޒަން އިޒް ޔޫ ކަމޯން ސްޓޭންޑް އަޕް ޕުޓް ޔުއަރ ހޭންޑްސް އިން ދި އެއަރ އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް..