ހދ. ނޮޅިވަރަމުގެ ކައުންސިލުން ދޫކޮށްފައިވާ ބަންޑާރަ ގޯތިތައް އަތުލައި އަލުން ގޯތި ދޫކުރުމަށް އެރަށުގެ މެޖިސްޓްރޭޓް ކޯޓުން ނޮޅިވަރަމު ކައުންސިލްގެ މައްޗަށް ހުކުމްކޮށްފިއެވެ.

ނޮޅިވަރަމުން ގޯތި ދޫކޮށްފައި ވަނީ 8 އަހަރު ފަހުންނެވެ. ކޯޓުން މިގޮތަށް ހުކުމް ކޮށްފައި ވަނީ އެރަށުގެ ކައުންސިލާއި ދެކޮޅަށް ތިން ފަރާތަކުން މައްސަލަ ހުށަހަޅުމާއި ގުޅިގެން އަލުން އެކަން ބެލުމަށް ފަހުއެެވެ.

ނޮޅިވަރަމު ކައުންސިލުގެ ރައީސް އަހުމަދު ރަޝީދު އާދަމް "ވަގުތު" އަށް ވިދާޅުވީ ނޮޅިވަރަމު ކޯޓުން އަލުން ގޯތި ދޫކުރުމަށް ހުކުމް ކޮށްފައި ވަނީ މީގެ ކުރިން ގޯތި ދޫކުރުމުގައި ހުރި މައްސަލަ ތަކަކާއި ގުޅިގެން ބައެއް ފަރާތްތަކުން ކޯޓަށް ހުށަހެޅި މައްސަލަ އަކާއި ގުޅިގެން ކަމަށާއި، މައްސަލަ ހުރީ ޕޮއިންޓް ދިނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ދޫކޮށްފައި ވާނީ 75 ގޯތި ކަމަށާއި އަދި ދެވަނަ ފަހަރަށް ހުޅުވައިލާއިރު އެއް ސްލޮޓް އުނިވުން ފަދަ ބަދަލެއް އައިސްފައި ހުރެދާނެ ކަމަށެވެ. އެހެން ކަމުން މިއަންނަ ހަފްތާ ތެރޭގައި އަލުން ގޯއްޗަށް އެދުމަށް ފުރުސަތު ހުޅުވައިލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަސްލު މައްސަލަ ދިމާވެފައި ހުރީ ކޮމެޓީ މަރުހަލާގައި ޕޮއިންޓް ދިނުމުގައި ޖެހިފައިވާ މައްސަލަ އަކުން. އެހެން ނަމަވެސް ކުޑަ ބަދަލަކާއި އެކު، މިދެންނެވީ ދެން 75 ސްލޮޓުގެ ތެރެއިން އެއް ސްލޮޓް އުނިވެފައި ހުރެދާނެ. އެބަދަލާއި އެކު އިރާދަ ކުރެއްވިއްޔާ އަންނަ ހަފްތާތެރޭގައި އަލުން ގޯއްޗަށް ފޯމުލުމުގެ ފުރުސަތު ހުޅުވައިލެވޭނެ" ރަޝީދު ވިދާޅުވިއެވެ.

މިމައްސަލަ އާއި ގުޅިގެން ކޯޓުން ކޮށްފައި ހުކުމުގައި ބުނެފައި ވަނީ ޕޮއިންޓް ދިނުމުގައި 2 ފަރާތެެއްގެ ކައިވެނީގެ މުއްދަތަށް ދޭން ޖެހޭ ޕޮއިންޓް ދީފައި ނުވާ ކަމަށެވެ. އެހެން ކަމުން އެދެފަރާތުންނާއި އަދި އެހެން ފަރާތަކުން ހުށަހަޅާފައިވާ މައްސަލަ ބެލުމަށްފަހުން ކޯޓުން ވަނީ އަލުން ގޯތި ދިނުމުގެ ހުރިހާ ކަމެއް ކުރުމަށް އެރަށުގެ ކައުންސިލަށް ހުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަވަރު ތިނަދޫ ބިގަރު ކައުންސިލް

    ހަވަރު ތިނަދޫގަ މިހާރު ދޫކުރަމުންދާ ފުލެޓުތަށް އެމީހުން އަތުން އަތުލާ އަލުން ދެވެންޖެހޭނެ އެއްވެސް ސަބަބެއް އޮވެގެން ނުވާނެއެވެ. ސަބަބަކީ ކައުންސިލުން އެ ފުލެޓުތަކަށް ޕޮއިންޓް ދީފައެހެރީ ކައުންސިލުގެ ތިމާގެ މީހުންނަށާއި ޕާޓީކުދިންނަށް އިސްކަން ދީގެންކަމަށްވާތީއެވެ. މިހާރު ދޫކުރަމުންދާ ފުލެޓުތަށް ނުލިބިގެން ޕޕ ކުދިންނާއި އެމްޑީޕީ ވިޔަސް ކައުންސިލާ ގާތް ގުޅުން ނުބާއްވާ މީހުން ތެޅޭނެކަން މި ބިގަރު ކައުންސިލަށްއެގެއެވެ. އަހަރުމެން ބޭނުންވާ ގޮތަށް ޕޮއިންޓްދީ ފުލެޓު ލިބުނު ހުރިހާ ފަރާތްތަކަށް މިފުރުސަތުގައި މަރުހަބާ ކިޔަމެވެ.

    • ފުލެޓު ކަށަވަރުވި އެމްޑިޕީ މީހެއް

      ދެން އަޅޭލަވަލަވަތިބޭ