ގދ ތިނަދޫއަށް ބަނގުރާ އެތެރެ ކުރަން އުޅެނިކޮށް އިއްޔެ ރޭގެ ވަގުތެއްގައި ހައްޔަރުކުރި މީހަކުގެ ބަންދުގެ މުއްދަތު ޖަހަން ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ބުނެ އޭނާ ދޫކޮށްލައިފިއެވެ.

އެ މައްސަލަ ފުލުހަށް ހުށަހެޅި ފަރާތުން "ވަގުތު" އަށް މައުލޫމާތުދެމުން ބުނީ، އިއްޔެ ރޭ 7:00 ހާއިރު ގދ.ތިނަދޫއަށް ބަނގުރާ ފުޅިތައް އެތެރެ ކުރަން އުޅުނު ގދ. ފަރެސް މާތޮޑާ މީހަކު އިއްޔެ ރޭ ހައްޔަރުކޮށްފައ ވަނީ ތިނަދޫ ބަނދަރުގައި އޮތް ދޯންޏަކުންނެވެ.

އޭނާ ބަނގުރާ ފުޅިތައް އެތެރެ ކުރަން އުޅުނީ ސަފާރީއަކުންނެވެ. އެ ސަފާރީން ކަޅު ކުލައިގެ ދަބަހަކަށް ބަނގުރާ ފުޅިތައް އަޅައިގެން ދޯންޏެއްގައި ތިނަދޫ އަށް އެތެރެ ކުރަން އުޅެނިކޮށް އޭނާ ހައްޔަރުކޮށްފައި ވަނީ، އިއްޔެ ރޭ 7:10 ހާއިރުއެވެ.

އޭނާ ބަންދުގަައި ބަހައްޓައިގެން މައްސަލަ ކުރިއަށް ގެންދިއުމަށް އިއްޔެ ހެނދުނު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އޭނާ ވަނީ ދޫކޮށްލާފައެވެ.

ކޯޓުން އޭނާ ދޫކޮށްލުމާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަޅުބެ

    ސަރުކާރު ދޫކޮށްލާފައި ދިޔަ ދުވަހު ގެއިން ނެރެގެން ގެންދިޔަހާ ސާމާނުވެސް ފެނުނު، އެކަމަކު ވީކަމެއް ހަރާމް.

    22
  2. ސަޓޯ

    ޕިސްޕިސްޕިސް

  3. Anonymous

    މިއީ ބަނގުރަލާއި ލާދީނިއްޔަތުގެ ސަރުކާރެއް. އެހެންވީމަ އެފަދަ އެއްވެސް މީހަކު ހައްޔަރެއް ނުކުރާނެ. މިއީ ރަސޫލާ ދުޢާ ދެއްވިފަދަ ވެރިއެއްގެ ސަރުކާރެއް ކަމަށް ބައެއް ޖާހިލު ސޭކުން ބުނެފައިވަނީ.
    ބަލާބަލަ މިހާރުވެސް އެމްޑީޕީގެ ބޮޑުންގެ ގޭގޭގައި ހުންނާނެ ބަރިޖަހާފައި ތިޔަ ރާފުޅިތައް.

    11
  4. ކޮތަރު

    ރާފުޅިތަކުގަ ހަލާކުނުވެ ކިޔަން އެނގޭނެހެން އަސްލު ލޭބަލް ތައް ހުރިއްޔާ މިހާރު މައްސަލަ އަކަށް ނުވާނެ.

    6
    1