ޓެކްސް ނަގާކަމަށް ބުނެ، ސަރުކާރުން މިއުޅެނީ ރައްޔިތުންގެ މުދަލުން ފޭރެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު، އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިޔާމް މިގޮތަށް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ އާމްދަނީ އިން އިންކަމް ޓެކްސް ނެގުމާ ބެހޭގޮތުން ހުށެހެޅިފައިވާ ބިލުގެ ބަހުސް މަރުޙަލާގައި ވާހަކަފުޅު ދައްކަމުންނެވެ.

"އަޅުގަނޑު ދެކޭގޮތުގައި މި ޓެކްސް ނަގާކަށް މިވަގުތަކު އަޅުގަނޑުމެން ބޭނުމެއް ނުވޭ. ޓެކްސް މިހާރުވެސް މިނަގަނީ ދިވެހި ރައްޔިތުން އަތުން ވަރަށް ބައިވަރު ފައިސާ އިނގޭތޯ.! މިއުޅެނީ ކީއްކުރަންތޯ. ދުނިޔޭގައި އެއްވެސް ޤައުމެއްގައި ޓެކްސް ނަގާނަމަ އެ ޓެކްސުން ކުރަނީ ކޮން ކަމެއްތޯ ރައްޔިތުންނަށް ބުނެދޭންޖެހޭ. މިއިން އެއްވެސް ކަމެއް ބުނެ ނުދީ ހިތަށް އަރާގޮތަށް ރައްޔިތުންގެ މުދަލުން ޓެކްސް ނެގުމަކީ އެއީ ފޭރިގަތުން." އިންކަމް ޓެކްސްގެ ބިލަށް ވާހަކަ ދައްކަމުން ސިޔާމް ވަރަށް ބޮޑަށް ކޯފާއިސްވެ ހުރެ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި އަންނަ ސަރުކާރުތަކުން ކޮންމެ ފަހަރަކުވެސް ރައްޔިތުންނަށް ފައިދާ ކުރާނެ ކަންތައްތައް ކުރާނެ ކަމުގެ ވަޢުދުވެގެން އައިސް، ފެނިގެންދަނީ ރައްޔިތުންގެ ބައިތުލްމާލު "ކާލާތަން" ކަމަށް ބަހުސް މަރުޙަލާގައި ވާހަކަދައްކަމުން ސިޔާމް ތުހުމަތުކުރެއްވިއެވެ. އަދި ރިހޭ ފައިމައްޗަށް އަނެއްކާ ފޮއެއް ވައްޓާލީމަ، ޤައުމުގެ ފަޔަށް ނުވަތަ ގަޔަށް ލިބޭނެ ގެއްލުން ވަރަށް ބޮޑު ކަމަށް މޯލްޑިވްސް ޑިމޮކްރެޓިކް އެލަޔަންސް، އެމްޑީއޭ ޕާޓީގެ ބާނީ ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ އިޤްތިސާދު ދަށަށް މިދަނީ. މިހެން މިކަން ދިމާވަނީ ރާއްޖޭގެ މާލިއްޔާތަށް ލިބޭ ފައިސާ ނުހަމަ ގޮތުގައި ބޭނުންކުރަމުންދާތީ. ކޮންމެ ސަރުކާރަކުންވެސް ޙިޔާނާތާއި ވައްކަމުގައި ބައިވެރިނުވާނަމޭ ކިޔާފަ އައިސް، ރައްޔިތުންގެ ފައިސާ ކޮޅު ނަހަމަ ގޮތުގައި ކާލާތަން ފެނިގެންދަނީ. މިއީ އަޅުގަނޑުމެންގެ ޓެކްސް ޕޭއަރުން ވަރަށް ރުޅިގަދަވާންޖެހޭ ކަމެއް. އަޅުގަނޑުމެން ވިޔަފާރިވެރިން ޓެކްސް ދައްކަނީ ރާއްޖޭގެ ރައްޔިތުންގެ އާމްދަނީ އާއި، އާއްމު ދިރިއުޅުން ތަރައްޤީކުރުމަށްޓަކައި. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަނީ ކޮންމެ ވެރިޔަކު އައިސް އެމީހަކު މުދަލަށް ހަދާތަން. ބޭނުންވާ ބަޔަކަށް ބަދަލުދޭތަން ފެނިގެން މިދަނީ." ސިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ތުބުޅި ސުޖާ

    ރައްޔިތުންފެލައިގެން ރަށްރައް ނަގައިގެން އޭގެ މަންފާހޯދަނީ ތިބޭފުޅާނޫންތޯ؟ ދިވެހި މުއައްޒަފުންނަށް ކުޑަމުސާރައެއްދީ ސާވިސްޗާޖް ދެއަދަދުގެ ނަންމްބަރެއްގައި ތިބޭފުޅާގެ ރިސޯޓްތަކުގައި ތިހިފަހައްޓަނީ މީރައްޔިތުންފެލުން ނޫނީ އުލުބޭންދުންނޫންތޯ

  2. ކިނބޫ

    ސިޔާމު ޫ ޫ ޫ ރަނގަޅަށޭ އެހަދަނީ. ލާދީނީ ސަރުކާރު ގެންނަން ވާގިވެރި ވީމެއްނު.

    36
    5
  3. ގލ

    އިތުރު އެއްވެސް ޓެކްހެއް ނެގިގެންނުވާނެއެވެ ޓެކްސް ނަގަން އުޅެނީ މޑޕ ވެރިކަމަށް އައުމަށް އެކިފަރާތްތަކުން ނެގިފައިސާތައް އަދާކުރުމަށެވެ ރައްޔިތުންނަށް އެއްވެސްކަމެއް ކުރާކަށް ނޫނެވެ.

    31
    3
  4. ބަހާރު މޫސުން

    ސިޔާމް ހީކުރީ ވެރިކަން ބަދަލްވީމައި ތިމަންނަ މެންނަށް ވަރައްރަގަޅު ވާނެކަމަށް ދެންލަލަލާ
    ސިޔާމޫ ކަލޭމެނަށް ވަރައް ރަގަލުދޯ މިހާރު ދެންހަޅޭށްލަވާނެ ކަމެއްނެށް މިހާރުތިއޮތީ ރަގަޅައް
    ބޮޑިބޮވިފައި ދެންތިބޭ ސުކުރިޢްޔާ ސިޔާމް

    4
    1
  5. ބަހާދުރު

    ކަލޯސިޔާމް ދެންހޯއްގޮވާނެކަމެއްނެށް ތިޔައޮތީ ރަގަޅައް ލައްޓި އައިނަށްއެރިފައި ދެންހުރޭ
    އަގަމަޑުންލައިގެން ކަލޭމެނަށް މިހާރު ރަގަނޅުކަމުން ތިޔައުޅެނީ ވާހަކަ ނުދަޢްކާ ހުރޭ

    5
    1
  6. ނިހާން09

    ފު ރަތަމަ ތަންކޮޅެއް ފަ ރުވާ ބަހައްޓައިގެން މަޖިލީހަށް ދޭބަލަ،

  7. އަހްމަދު

    ޝިޔާމްގެ ވާހަކަ ރަނަގަޅު. އެކަމަކު ޝިޔާމްވެސް އެބަ ހައްގުނޫން ސަރުކާރުގެ ފައިސާނަގާ. މިބުނިބަހީ: މަޖިލިސްގެ ޖަލްސާތަކަށް ބަރާަބަރަށް ހާޒިރު ނުވެ ބަރާބަރަށް މުސާރަ ނަންގަވާ ވާހަކަ. އަޅެމީ ރަނގަޅުވާހަކައެއްތޯ؟ މިކަންސާފުކޮށްލާދެއްވާ.