ޑިޒައިން އެންޑް ބިލްޑް އުސޫލުން ސ. ހުޅުމީދޫ މިފްކޯ ބަނދަރުގެ ފުރަތަމަ ފިޔަވަހި ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ޕްލޭނިންގ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ސޮއިކޮށްފައިވަނީ، ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހެވެ.

300 ދުވހުގެ ތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލު ކުރެވުނު މި މަޝްރޫއަަށް 68.8 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

މި މަޝްރޫއުގެ ދަށުން އެރަށުގެ ބަނދަރު އަދި ނެރު ފުން ކުރުމަށް ހަމަޖެހިފައި ވެއެވެ.