ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ މަގާމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ނުހޮވުމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިއްވަރުދެއްވައިފިއެވެ.

ރައީސް މައުމޫން ދިޔާނާ އަށް ހިތްވަރުދެއްވައި ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓުގައި އެމަނިކުފާނު ވިދާޅުވީ މީގެ ކުރިން ދިޔާނާ އާއި އެކު މަސައްކަތް ކުރައްވާފައި ވާނޭ ކަމަށާއި، ދިޔާނާ އަކީ އެކަމަނާގެ ދައުރުގައި ރައީސްގެފަރާތުން ރައްޔިތުންގެ މަޖިލީހަށް ކަނޑައެޅުއްވެވި މެންބަރެއް ކަމަށެވެ. އެހެން ކަމުން ދިޔާނާ އަކީ ގާބިލިއްޔަތުކަން ހުރި ކަނބަލެއް ކަމަށް އެމަނިކުފާނުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ. އަދި ފަނޑިޔާރުކަމަށް ހޮވިވަޑައި ނުގަތުމުން އެކަމާ ކަންބޮޑުވެވަޑައިނުގަންނަވާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ރައީސް މައުމޫންގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ދިޔާނާ ވަނީ މައުމޫން ކުރެެއްވި ޓްވީޓާއި ގުޅިގެން ޝުކުރު ދަންނަވައި ޓްވީޓެއް ކުރައްވާފައެވެ. ދިޔާނާ ވިދާޅުވެފައި ވަނީ ފަނޑިޔާރަކަށް ނުހޮވުމުން ހިތާމަކުރާ ކަމަށާއި އެހެން ނަަމަވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ރައީސް މައުމޫންގެ ފަރާތްފުޅުން ލިބިގެންދިޔަ އެއްބާރުލުމާއި އެހީތެރިކަމަށް ހިތުގެ އެެންމެ ފުންމިނުން ޝުކުރު ދަންނަވާ ކަަމަށް އެކަމަނާ ކުރެއްވި ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރުގެ އައްޔަން ކުރާށެވެ. ދިޔާނާ އާއި މަހާޒްގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވިއެވެ. އެ ދެބޭފުޅުންނަކީ ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް "ހައިލީ ރިކޮމެންޑް" ކުރާ ދެބޭފުޅުންނެވެ.

މަހާޒުގެ ނަން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އިއްތިފާގުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ، އެ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ދީދީ އެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ޓިނު ވަގު

  29 މިލިއަން ޖަހާބެރު މަޢާފު ކުރުމުގެ ރީތި މިސާލެއް!!! ޓަޓާސް ޓަސް!!!

  21
  2
 2. އަލި

  29 މިލިއަން ޖާބިރު ދިނީ ތިމަރަ މުސްތަފާ އަތަށް މުސަތަފާގޭގެ ސިޓިންގ ރޫމްގައި މިފައިސާ ހަވާލު ކުރީ ފާރިޝް މައުމޫނާ އެ ރޭ ފާރިޝް ބިރުން ރޫ ރޫ އެޅިކަމަށް ވަނީ މިއީ އެ މަންޒަރު ދުށް މީހެއްގެ ބަސް .... ފާރިޝްއަށް ނުކުރޭނެ މިކަން ދޮގު ކުރާކަށް

  10
  1
 3. އަލިބެ

  ދިޔާނާ ހީކުރީ ދީނައް ފުރައްސާރަ ކުރީމާ އެމްޑީޕީން ދިޔާނާ ހޮވާދޭނެކަމަށް. އެކަމް ހަނަ ފެނައް ތި ދިޔައީ

  17
 4. ޖާޒީރާ ބޯއީ

  ޖާބިރު ލަވާހާ ހަޅޭކަށް ނަޝީދު ބިރުން ދިޔާނާ ދޫކޮށްލީ.

  12
 5. ޅަބޭ

  ދިޔާނާ ފަނޑިޔާރުކަމައް ނުހޮވުނީ އޭނާގެ ފިރިމީހާއަކީ ޖަބިރުއައް ވީތީ އެކަނި.

  12
  3
 6. ނަޖްވާ

  ދެން ދިޔާނާ އަށްވެސް ވިސްނެންޖެހޭނެދޯ ތިން އަންހެނުންނެއް ފަނޑިޔާރުގެޔަކަށް ނުލާނެ ކަން! އަނެއްކާ އަނެއްކަމަކީ، މި ފާއިތުވި ދިހަވަރަކަށް އަހަރު ވަރަށް ސިޔާސީ ކަންކަމުގަ ދޯ ދިޔާނާ އަށް އުޅެވިފަހުރީ! ދެން އަދި އެކަން އެއްކިބާގަ ބާއްވާފަ، ފިރިމީހާގެ ނުފޫޒުން ކިހާ ވަރަކަށް މިނިވަންވާނެ ބާވެއޭވެސް، އެވެސް ހަމަ މީހުން އަހާނެ ލެޖިޓު ސުވާލެއް ދޯ!

  14
  1
 7. މުސްކުޅިބެ

  ދުވަސް ކޮޅަކުން ދިޔާނާ ސިންގަލްވި ވާހަކަޔާ މައުމޫނާ އަޅުވާ ކިޔުމުގެ ވާހަކަތަކެއް ނުފެށިއްޖެއްޔާ ރަނގަޅު، ރާއްޖެ ވިއްޔާ މިއީ.

  10
 8. މޯދީ

  އެހާ ތިމާގެ ދެބެންގެ ދެދަރިން އަދި ފަހަރި ކޮއްކޮ ހިއްވަރުދޭންޖެހޭނެތާ! އަސްލު ރީތުކޮށް!

  14
 9. ޓަކަފިރޯށި

  ހިތާމަކުރިޔަސް ނުކުރިޔަސް ހެޔޮ ދިޔާނާމެންގެ ސިޔާސީ ތެޔޮ ހުސްވަނީ އެވެ. ތިޔަހީކުރާ ހިސާބަށް ނުދެވި އުޅެނިކޮން ދެންނިވިދާނެ އެވެ.

  15
 10. ދދދދދދ

  ލާދީނީއަކު ތަނެއްގަ ހުރިއްޔާ ހިތްވަރު ދޭނެ މިބޭ. ނުލަފާ މީހެއް.

  17
  1
 11. މުބީނު މާރނީ

  ސިފައިންގޭ ކައިރީ އިށީން ދެގެން ދިޔާނާ ކުރި ހަޑި ކަންތައް އައްނި ހަނދާން ނުނެތޭނެ. މިވަރު ދިޔާނާ އަށް ނޭންގުނީމާ ލޯޔަރ ކަމަށް ކުފޫ ހަމަ އެއް ނުވޭ! ހަމަ ސުމެއް!!!

  7
  1
 12. ޒާ

  ޖަހާބެރު ފައިސާތައް މާފުކުރީމާ އެބޭ ރަށަނީ

  8
  1
 13. ކަންނެލި އޮޑި

  ދިޔާނާ ނުހޮވުނީތީ ﷲ އަށް ޙަމްދު ކުރަން.

  17
  1
 14. މުބީނު މާރނީ

  ކުޑަމޫސަ ވެސް ދެން ގޯލް ނުޖެހޭ ވަރަށް އުމުރު ދިއުމުގެ ކުރިން ރީތި ގޮތުގައި އެއްކައިރިވީ. ދިޔާނާ ތި ހޭވީ ހަޑި. ދިޔާނާ އަށް އިނގެންޖެހޭނެ މިސްކިތު ޖެހި ވަކަރަށް ދިޔާނާ ވެއްޖެ ކަން. ޒުވާނުނުންނާއި ހަވާލު ކޮށްފަ އެއްކައިރު ވާންވީ ކަށް. ދެން ބުރާނީ އަސްކަނިން ވާރޭ ފެން. ދެން ވާނީ ފީ. މިހާރު ތިޔަވީ އެގޮތް!

 15. މާމަ

  އަނެއްކާ ދިޔާނާއަތުންލާރިގަދެބޭނުންވީދޯ ޖާބިރު ލާރިގަދު މާފްހޯ ދަންތިއިޅެނީ ތިގޮޅާ ވަރައް މަކަރުވާނެ

  5
  1
 16. ސަމިި

  ދުނިޔޭގަ ހުރިހާ މީހުން ރުއްސަން އުޅޭ މީހެއް މި މައުމޫނަކީ އެއީ ކޮންމެ އެްޗެއް ކިޔައިގެންވެސް.. އާޚިރުގަ އެންމެންގެ ފުރަސާރަ .

 17. ޢަލީހަބީބު

  ދިޔާނާ ސްޕްރީމް ކޯޓައް ލާންކަމުނުދަނީ ޖާބިރަކީ ވިޔަފާރި ވެރިޔަކައްވެފަ ދައުލަތައް ދައްކަން ޖެހޭބައި ނުދައްކަ ފަހުބަސް ބުނާތާކު އިނުމުން ކަމުނުދާނެތީ